ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރު އަނބުރާ ގެންދާނެ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ޕްރިންޓްއިން ބުނެފައިވާ ގޮތުގައި ދެ ހެލިކަޕްޓަރު 10 ދުވަހުގެ ތެރޭގައި އިންޑިއާއަށް ގެންދާނެއެވެ.

ދެ ހެލިކަޕްޓަރު އަނބުރާ ގެންދަން ނިންމާފައި މިވަނީ ހެލިކަޕްޓަރުތައް ގެންދަން ރާއްޖެއިން ދީފައިވާ މުހުލަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވަނިކޮށެވެ.

އޭނާ ވިދާޅުވީ ހެލިކަޕްޓަރުތައް ގެންދިޔަ ނަމަވެސް ހާއްސަ އިގްތިސާދީ ޒޯނުގެ ޕެޓްރޯލު ކުރުމާއި ސަވައިލެންސް ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ހެލިކަޕްޓަރުތައް އަނބުރާ ގެންދަން ދިން މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު އެކަމާއި ގުޅިގެން އިންޑިއާއިން ވެސް އަދި ރާއްޖެއިން ވެސް މިހާތަނަށް އައި އިރު އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓާރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫގައެވެ. ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ލ އަތޮޅުގައެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ އިރު ރާއްޖެއިން ބުނެފައިވަނީ ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވަނީ ރާއްޖެއިން ޑޯނިއާ ފްލައިޓެއް ބޭނުންވާތީއެވެ. އިންޑިއާއިން ވަނީ ޑޯނިއާ ފްލައިޓެއް ދޭނެ ކަމަށް ކުރިން ބުނެފައެވެ.

މީގެ ކުރިން ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ގެންދަން އެންގި މައްސަލާގައި އިންޑިއާއިން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާކޮއްފައެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖެވެ. ދަ ހިންދޫއިން ބުނެފައިވާ ގޮތުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާއިން ދެން އަމަލު ކުރާނެ ގޮތްތަކަކާ މެދުއެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރާއްޖެ އިން ބޭނުން ވަނީ ހެލިކޮޕްޓަރު ދުއްވުމުގައި އެއްވެސް ވަރަކަށް ދިވެހި ސިފައިން ބައިވެރި ނުކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޞީ

    ބަރާބަރު!

  2. ބަފާ

    ސަހާދެއް ގަޓުއެބަހުރި، އިންޑިޔާވީމަ ހުރިހާކަމެއްވާކަށް ނުޖެހޭ!

  3. ދުވަސްސދް

    ށސަޅި ނިންމުމެއް

  4. ރާއްޖެ

    ތި ނުގެންދާނެ އިންޑިއާއިން. ކޮންމެވެސް ބަހަނާއެއް ދައްކާފަ ތި ބާއްވާނެ. އެމްޑީޕީ ވެރިކަމެއްގަ އެމީހުން ބޭނުން ސަކަރާތެއް މިތާނގަ ޖަހާނެ.

  5. އަސްރަފް

    އިންޑިޔާގެ ނިއްމުން ވަރަށް ރަގަޅު އެކަމަށް މަރުޙަބާ ކިޔަން1 އަދި ހެލި ކޮޕްޓަރާއިއެކު ސިފައިންވެސް ގެންދަންޖެހޭނެ، މިކަމާއި ގުޅިގެން ނުސީދާ ފިޔަވަޅެއް އަޅާފާނެކަމަށް ވިސްނައި ތިބުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން،

  6. ފޭސް

    ސުޝްމާ ޖީ ކޭންވީ ޓޯލްކް އެބައުޓް ދިސްމެޓާ. ބިކޯޒް އައި ވޯންޓް އަ ވަން ހެލިކޮޕްޓަރ ވެރީ އާޖެންޓްލީ. ޔޫނޯ މާލެ ޓްރެފިކް އިޒް ވެރީ ބޭޑް. މުއިއްޒް ޑުއިން އޭނަ ބޭނުން އެއްޗެއް މަގުތަކަށް. ވެރީ ޑިފިކަލްޓް ޓު ޓޭކިން މައި ކިޑްސް ޓު ސްކޫލް. މަ ޕެޓްރޯލް ވެސް އަޅާފާނަން.

  7. ވިސްނާ

    ހެލިކޮޕްޓަރ ދުއްވުމުގައި ދިވެހިސިފައިންބައިވެރި ނުކުރުމަކީއޭގައި
    ކޮންމެވެސް އެހެންކަމެއް އުޅޭކަމަށް ޝައްކުއުފެދޭކަމެއް މުސްކުޅިބަހުގަބުނޭ އެދުމެއްނެތި
    ވެދުމެއްނުކުރާނެކަމަށް މިއީ އެޒާތުގެކަމެއްކަމުގައިވާނަމަ އަވަހަށް ގެންދިއުން ރަގަޅު

  8. އދ.

    މާލަސްވެއްޖެ ޔިކަންކުރަން ސުކުރިޔާ ދިވެހިގައުމު

  9. މުހައްމަދު

    ރަނގަޅު ނިންމުމެއް... ރާއްޖޭގެ ސިފައިނަށްވެސް ކަންކަން ދަސްކޮށްދީގެންދޯ ލުއިތަކެއް ލިބޭނީ.
    ހަދިޔާ ކޮށްފަ އަބުރާ ގެންދަނީ.... " ދީފާ އަތުލާ، ފީފާ ކަޅުކޮއްކޮ" ތަ އިންޑިޔާ އަކީ... ތީ ހަދިޔާ ކޮށްފައި ހުރި އެއްވެއް ކަމަކަށް ގަބޫލެއް ނުކުރަން. ތީ އެމީހުންގެ ބޭނުމަށް އެމީހުން ގެނެސް ދުއްވާ އެއްޗެއް. އަވަހަށް ތިޔަ ގެންދޭ..

  10. ޝާނާ

    ފޮނުވާލާ އިންޑިޔާ މީހުން ބޭނުންހާ ގޮތެއް ހެދިގެންނުވާނެ ދިވެހިރާއްޖެ މީ އިންޑިޔާ އައްބަރީސާވެގެން އުޅޭބައެއްނޫން އެއީ މާކުރި މައުމޫނު ޒަމާނުގަ ކަންކަން ކުރާ ގޮތަކަށް ނޫން މި ރައީސްކަންކަން ކުރާނީ ވަރަށް ވެދުން އިންޑިޔާ އައް ހަހަ

  11. ބުްޅަބޭ

    ދިވެހިރާއްޖޭގައި މިފަހަކަށް އުފެދުނު އެއްމެ ވަރުގަދަ ލީޑަރ ގެރި އިންޑިޔާއަށް ސަޖިދަ ނުޖެހި ފުރަތަމަ ލީޑަރ، ގައުމުގެ ޝަރަފާއި ގަދަރު އުފުލާލި ލީޑަރ، ފަހުން އަންނަންތިބި ލީޑަރުންނަށްވެސް މިސާލުދެއްކެވި ލީޑަރ، އަވަށްޓެރި އެހެން ގައުމުތަކަށްވެސް ގެރި އިންޑިޔާގެ އަސްލު ސޫރަ ދައްކާލި ލީދަރ، ޔާމީނު އަބްދުލްގައްޔޫމު.

  12. އަބްދުއްލާ

    މިއީ ދިއްފުށިމާދޫ ބޭހަކަށް ހަދަން 2009 ގަ ބަޔަކު އުލެނިކޮށް އޭރު އިދިކޮޅުމީހުނާހެދި އެކަން ނުވީމަ އުފެއްދި ނުރަސްމީ މިލިޓްރީ މަރުކަޒު . މިކަންވެސް ތިޔަ ނިމުނީދޯ . ކަންކަން ހައްލުކުރަންވާނި ދެފަރާތ ހަމަހަމވާއުސޫލަކުން . އިންޑިޔާގަ ކުރިން ދޭގޮތަށް އުނދަގޫނުކޮށް ވިސާހަމަޖައްސާނަމަ ރާއްޖޭގަވެސް ފަސޭހަކަމާއެކު ވިސާހަމަޖައްސަންވާނެ.

  13. ރަޝީދު

    މަރުބާ! ރައީސްޔާމީން.ގަޓުހުންނަންޖެހޭެނެ. ނަމުގައި ރާއްޖެއަށް ހަދިޔާކޮށްފައި ކަމުގައި ޖަސޫސްކުރުމަށް ބޭނުންކުރާ ވަސީލަތެއް އޮތުމަށް ވުރެނެތުން މާރަނގަޅެވެ.

  14. Anonymous

    "ހެލިކަޕްޓަރުތައް ގެންދިޔަ ނަމަވެސް ހާއްސަ އިގްތިސާދީ ޒޯނުގެ ޕެޓްރޯލު ކުރުމާއި ސަވައިލެންސް ކުރުން ކުރިއަށް ގެންދިއުމުގެ" ނަމުގައި 50 ހެއްހާ ސިފައިން ތިބޭނަމަ، އެމް.ޑީ.ޕީ ގެ މެނިފެސްޓޯ އެކޭ ތަފާތެއް ނެތެވެ.
    ޢެމް.ޑީ.ޕީ އިންވެސް އެމް.އެން.ޑީ.އެފް

  15. ޜިޒާ

    "ހެލިކަޕްޓަރުތައް ގެންދިޔަ ނަމަވެސް ހާއްސަ އިގްތިސާދީ ޒޯނުގެ ޕެޓްރޯލު ކުރުމާއި ސަވައިލެންސް ކުރުން ކުރިއަށް ގެންދިއުމުގެ" ނަމުގައި 50 ހެއްހާ ސިފައިން ތިބޭނަމަ، އެމް.ޑީ.ޕީ ގެ މެނިފެސްޓޯ އެކޭ ތަފާތެއް ނެތެވެ.
    ޢެމް.ޑީ.ޕީ އިންވެސް އެމް.އެން.ޑީ.އެފް އުވާލައި ބޭރުގެ ސިފައިން ބޭނުން ކުރާނެ ފަދަ އިޝާރާތެއް ވަނީ ދީފައެވެ. ޢަދި ނުވިތާކަށް އަވައްޓެރި ޤައުމެއްގެ ޤައުމީ ދިދައިގައި ހިމެނޭ ނިޝާނެއް އެވަނީ މެނިފެސްޓޯގައި ބޭނުންކޮށްފައެވެ.

  16. ކެސިނޯ

    ޖާސޫސު ކުރަން ހެލިކޮޕުޓަރ ބާއްވާނެ ކަމެއް ނެއް ތިހެދީ ރަނގަޅައް މުޑުދާރު އިންޑިޔާގެ އެއްވެސް އެއްޗެއް މިގައުމުގަ ނުބޭއްވުމަށާ އިންދިރާގާންދީ ހޮސްޕިޓަލުގެނަންވެސް ބަދަލުކުރުމަށް ރައީސް ޔާމީންގެ އަރިއަހުން އެދެން.

  17. އަބްދުއްލާ

    ޖުހާ ގެވިއްކާލިހެން ދިން ދެހެލިކޮޕްޓަރު. ޖުހާ ގެ ވިއްކާލުމަށް ފަހު ބުނީ މިހިރަ މޮހޮރު ނުވިއްކަމެ ވީމާ މޮހޮރުގާ އެއްޗެއް އެޅުވިޔަސް އެއީ ގެ ގަތްމީހުނާ ބެހިގެންވާނެކަމެއްނޫން އިންޑިޔާ އިން ދިން ހެލިކޮޕްޓަރަކަށް ދިވެހި ސިފައިންނަށް ކައިރި ނުވެވޭ އެ ދުއްވަންވެސް އެއިންމީހަކަށް ފުރުސަތެއްނުދޭ ދިވެހިގައުމަށް ދީދިވެހި ގައުމުގެ އެއްޗަކަށްވީއިރު ވެސް އޭގަ އަތްލުމުގެ ހުއްދަ ދިވެހި ސިފައިންނަކަށް ނުލިބޭ . ވީމާ ޖުހާގެ ގެވިއްކާލުންފަދަކަމެއްނޫންތަ މިއީ