ދިވެހިރާޢްޖެއާއި ޗައިނާއާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް ދިވެރި ސަރުކާރުން ބުނެފިއެވެ.

ރާޢްޖެއާ ޗައިނާއާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް ހާމަކޮށްވައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ޗައިނާގެ ޒިންހުއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއްގައުމަކީ ޗައިނާ ކަމަށް ވުމާއެކު ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު ދަތުރުތައް އިތުރުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އެއާބަސް އޭ 380 ގެ ބޯޓުތަކުގައި. ޗައިނާގެ ސިޓީތަކާއެކު މަޝްވަރާ ކުރަމުން މިދަނީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންވެސް މިފަދަ ބޯޓުތަކުގައި އައުމުގެ ކަންތަކާ. އޭރުން ޓްރާންސިޓް ކުރާކަށް ނުޖެހޭނެ. ޑައިރެކްޓް ފްލައިޓުތައް ނެތްނަމަ ފަތުރުވެރިންނަށް އޭގެ ސަބަބުން ދަތިތައް ކުރިމަތިވޭ. މި އަހަރު ނިމުމުގެ ކުރިން ވައިޑް ބޮޑީ އެއާ ކްރާފްޓުތައް ރާއްޖޭގެ އެއާޕޯޓަށް ޖެއްސޭނެ،" ޒަމީރު ވިދާޅުވިއެވެ.

ޒިން ހުވާ ނޫސް އަށް މިނިސްޓަރު މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ ޗައިނާގެ ސަރުކާރުގެ ބޮޑު އެހީ އަކާއިއެކު މިހާރު ހަދަމުން އަންނަ ޗައިންނާ މޯލްޑިވްސް ފުރެންޑް ޝިޕް ބުރިޖް ނިމުމުންވެސް އޭގެ ޒަރީއާއިން އިތުރަށް އިޝްތިހާރު ވެގެން ދާނެކަމަށެވެ.

ޗައިނާގެ ފަތުރުވެރިންގެ މެދުގައި ރާޢްޖެއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ. ހާއްސަކޮށް ހަނީީމޫން ހޭދަކުރުމަށް ރާޢްޖެ އަންނަ ފަތުރުވެރިން ގިނަކަން ފާހަގަކޮށްލެއެވެ.