"ވަގުތު" އަށް ނޫސްވެރިން ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާންގައި ބުނެފައި ވަނީ ފުލްޓައިމްކޮށް ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ ނޫސްވެރިންނައި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް އިންޓާންޝިޕްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް -/10000 ރުފިޔާ އާއި -/20000 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭނެ. އަލަށް ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެލަވަންސަކާއި އެކު ތިން މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ލިބިގެންދާނެ. އެއަށްފަހު މަސައްކަތައް ފަރުވާތެރިނަމަ އަޅުގަނޑުމެން ވަޒީފާ ހަމަޖައްސައިދޭނަން." ވަގުތުގެ އޮފިޝަލް ވިދާޅުވިއެވެ.

ނޫސްވެރިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށެވެ. "ވަގުތު" އާއި ގުޅިގެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ބޭނުންވާ ފަރާތްތަކުން ސީވީ ފޮނުވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު 7907173 ނަމްބަރު ފޯނުން ލިބޭނެއެވެ.

"ވަގުތު" އަކީ އެންމެ ގިނަ ބަޔަކު ވަންނަ ރާއްޖޭގެ ވެބްސައިޓެވެ. "ވަގުތު" އަށް ދުވާލަކު ވަންނަ މީހުންގެ އަދަދު ދެލައްކަ އާއި ކައިރި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީޓޫ

    މާލެއިން ބޭރުގައި ހުރެގެން ލިޔެވޭނަމަ ބޭނުން

  2. ުފެންފުޅި

    އެހެންތަ ތި ކަމާ އެއްނު އުޅެންވީ.

    2
    1
  3. އައިފޯން 13

    އަހަން ނަގާބެލަ

  4. ކުޑޭ

    ވަޤުތު އައްނޫސްވެރިން ހޯދަން އިޢުލާން ކޮއްފި ސުވާލަކީ އައްނޫސްވެރިންތޯ ބޭނުމީ ނުވަތަ ވަގުތުއައް ނޫސްވެރިން ބޭނުންވީތޯ