ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފައްދަވަފާއިވާ އެމްއާރްއެމްގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާ ކުރައްވައިފިއެވެ.

ރައީސް މިހާރު ދުބާއިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ރައީސް މައުމޫނާއި ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް، މިއަދު އެމަނިކުފާނާއި ބައްދަލުކުރައްވައި މިހާރުގެ ހާލަތާއި، އެމްއާރްއެމްގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ފުުރުސަތު ދެއްވީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރައީސް ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ ބައިވެރިވެވަޑައިގަންނަވާއިރު، އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނާއިވެސް ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ސްކޮޓްލޭންޑަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދިވެހިގައުމު މިފެންވަރައްދުއްވާލި ބެއްޔާ މިހާރު ކަން ބޮޑުވުމަކީ ވެރިކަން ނުލިބިގެން ވާ ކަންބޮޑުވުން

    8
    2
  2. Anonymous

    ރ.މައުމޫނު، މަނިކުފާނަކީ މިގައުމުގަ އެއްމެ ދިގުމުއްދަތަކަށް ވެރިކަންކުރެއްވި ބޭފުޅާ، ދެން ބުއްދިވެރި އެއްމެ ނައިސްގޮތަކީ ބޭކާރު ކަންތައްތަކަށް ސިކުނޑީގެ ޕްރެޝަރ ބޮޑުނުކޮށް ވީހާވެސް ގިނައިން އަޅުކަންކަތީގައި ހަމަޖެހިގެން އުމުރުގެ ބާކީދުވަސްތައް ހޭދަކޮށްލުމެވެ.

  3. ދަރަނި ދަންތުރަ

    އިތުރަށް މިގައުމު އިންޑިޔާގެ އަޅުވެތިކަމުގެ ތެރެޔަށްވަޢްޓާލެވޭނެ ރޭވުމެއް ތިޔަ ދެ ގައްދާރުން ތިޔަރާވަނީ

  4. މަސްއޫދު

    ލިބޭ ބައިވަރު މަދުވީދޯ!މި މައުމޫނަކީ މިހާރު ރައޔިތުން ބުރައަކަށްވެއްޖޭ! ތިރީސްއަހަުވަންދެކަށް ރައްޔިތުންގެ ފައިސާ ބަޑުއަޅާފައި އަދިވެސް ބޭނުންވަނީ ރައްޔިތުންގެ ޓެކުސް ފައިސާއިން ކައިބޮއި އުޅޭން ދިހަވަނަ ބުރީގައި މި ނަޖޫމީކަލޭގެ ތަރިޔތަކަށް ފާރަވެރިވާން އޮތީމައި ރަގަޅުވާނެ!

  5. ފިޔާ

    މިހުރިހާވެސް ކަމަކީ ނިމިދިޔަ އަނިޔާވެރި ސަރުކާރުގެ ނުބާނުލަފާކަން. ޙެޔޮވެރިކަމެއް ކުރަންނޭގުނުކަން.

    1
    1