އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިން ސްކޫލް ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓުން ތަން ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

މޯލްޑިވިއަންއިން އައްޑޫގައި ފްލައިން ސްކޫލް ހިންގަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: މޯލްޑިވިއަން

ތިން އަހަރު ދުވަހަށް ސޮއި ކުރި މިއެއްބަސްވުމުގެ ދަށުން އައްޑޫ އެއަރޕޯޓްގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިޓް ޓްރެއިނިން ސްކޫލްގެ ބޭނުމަށް ކުއްޔަށް ހިފާނެއެވެ.

އައިލަންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޖޮއިންޓް ވެންޗަރއެއްގެ ދަށުން ހިންގާ ފްލައިޓް ސްކޫލްގެ ކިޔެވުން މިއަހަރު ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ފަށައިގަންނައިރު، ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާހެދި ޕައިލެޓް ޓްރޭނިންގް މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުންވަނީ ހަމަޖައްސާ ދެއްވާފައެވެ.

މޯލްޑިވިއަނުން ފްލައިން ސްކޫލް ހިންގާއިރު، ޕައިލެޓުން ތަމްރީނު ކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައް ވެސް ސްކޫލުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޥަސީމާގެޖުހާ

    ތިނޫންތަނެއް ނުފެނުނީ ގައިމު ހަނިމާދޫގަ ތިކަންކުރިނަމަހަރަދުގެ ގޮތުން މާބޮޑައްވެސް ކުޑަވީސް ތިތާކު ތިކަމެއްނުވާނެ ޔަގީންހަމަނުވާނެ