ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ފުރަތަމަ މިސްކިތް "މަސްޖިދް ޢަމީލް ޖަލީލް" ހުޅުވައިފިއެވެ.

މިއަދު ހުކުރު ނަމާދަށް އެ މިސްކިތް ހުޅުވާދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ، 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ގޯތި ތެރެއާއެކު 700 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ފުރަތަމަ މިސްކިތް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކާ ކައިރީގައި ހުންނަ މިސްކިތުގައި ފިރިހެނުންނަށް ނަމާދު ކުރަން ހާއްސަ ބަޔަކާއި އަންހެނުންނަށް ނަމާދު ކުރަން ހާއްސަ ބައެއް ހަދާފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ފުރަތަމަ މިސްކިތް ހުޅުވާދެެއްވީ މިނިސްޓަރ އިމްރާން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަދި މިސްކިތުގައި ލައިބްރަރީއަކާއި ކަލާސްރޫމް ބައެއް ހިމެނެއެވެ.

މި މިސްކިތް ޑިޒައިންކުރީ "އިންސައިޑް ޕްލަސް"ކިޔާ ކުންފުންޏަކުންނެވެ. އަދި މިސްކިތް އިމާރާތް ކުރީ "ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީ"އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަކިކުރޭ

    ރައީސް އިބޫ އެއީ ގައުމަށް ގައްދާރުވެފައިވާ ރައީސެކޭ އޭނާ މަގާމުން ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

    14
    1
  2. މެޒީ

    ްއާބާދީބޮޑް ތަނަކަށް އެކަށީގެންނުވޭ

  3. Anonymous

    500 މީހުންގެ މިސްކިތެއް ތިތާ އަޅައިގެން މީހުން ގިނަވީމަ ވަގުތީ ޓެންޓް ތަކެއްދޯ ޖަހާނީ.

  4. ރީތި މޫސަ

    މިމިސްކިތުގެ ބިންގާ އެޅީ ކޮންތާރީޚެއްގަތޯ؟ މިސްކިތް ބިނާކޮށްދެއްވިފަރާތަށް ހެޔޮރަޙްމަތް ލައްވާށީ! އާމީން

    10
  5. ސްނޭޕް

    ޝުކުރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް