މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލަށް ފޯމުލާ ފަރާތްތަކަށްވެސް ފުރުޞަތު ލިބޭ ގޮތަށް، ހިޔާ މަޝްރޫއުގެ ދަށުން ދަފްރަރު ކެޓަގަރީން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2018 ޖުލައި 11 ވާ ބުދަ ދުވަހު ހުޅުވާލައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހައުސިންގް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިނަ ބައެއްގެ އެދުމާއި އެކު މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާ ދަފްތަރު ކެޓެގަރީގެ ދަށުން ސަރުކާރުގެ ހިޔާ މަޝްރޫއުގެ ފެލެޓްތަކަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

އަދި މާލޭގެ ދަފްތަރު އަޕްޑޭޓް ނުކުރާތާ 8 ވަރަކަށް އަހަރުވެފައިވާއިރު އެންމެ ފަހުން ދަފްތަރު އަޕްޑޭޓް ކުރެވިފައިވަނީ 2009 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ދަފްތަރުގެ މައްސަލައިގައި އިހްމާލްވަނީ މާލޭ ސިޓީ ކައުންސިލްކަން ފާހަގަ ކުރަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ހައުސިންގް މިނިސްޓްރީއިން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ މާލޭގެ ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

އަދި ދަފްތަރުގައި ރަޖިސްޓްރީވުމަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި ވޯޓާސް ލިސްޓަށް ބަދަލު އަންނަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

" ރައީސް ޔާމީންގެ އެންމެ ބޮޑު އަމާޒަކީ މާލޭގެ ހުރިހާ ރައްޔިތުންނަށް ހުޅުމާލޭގައި ގާއިމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ލިބުން. އަދި އަޅުގަނޑުމެން ދަފްތަރުގައި ޖެހުމުގެ ފުރިސަތު ހުޅުވާލަން ނިންމާފައި މިވަނީ ފްލެޓްގެ ފޯމު ހުށައެޅުމުގެ އެއްވެސް ކެޓަގަރީއަކަށް ނުފެތޭ ގިނަ އަދަދެެއްގެ ބަޔަކު ތިބުމުން އެ ފަރާތްތަކަށް ދަފްތަރުގައި ޖެހިގެން އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެކަމަށް ހާއްސަ ފޯމެއް ދޫކުރާއިރު އެ ފޯމު ފުރުއްވުމުން ދަފްތަރުގައި ޖެހުން ކަމުގެ ސްލިޕްކޮޅެއް ދެވިގެންދާނެ ކަމަށާއި އެ ސްލިޕްކޮޅު ބޭނުންކޮށްގެން ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދަފްތަރުގައި ޖެހުނު ނަމަވެސް ދަފްތަރު އަޕްޑޭޓް ވާނީ އިންތިހާބުގެ ފަހުން ކަމަށާއި އެހެންކަމުން އައިޑީ ކާޑަށްވެސް އަދި އެނޫން އެއްވެސް އެއްޗަކަށް އިންތިހާބުގެ ކުރިން ބަދަލު ގެންނަން ނުޖެހޭނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  މުއިއްޒު ކާރިން ވަރައް އަދަބު ވެރިކަ.ާއެކު އެދެނީ ކޮން ދުވަހަކުންތޯ ބ. ކުޑަރިކިލުގެ ބަނދަރު ހަދާދޭން ފަށާނީ

 2. Anonymous

  ވަކި ބަޔަކަށް ފުރުސަތު ދޭން ކުރި ވިޔާނުދާ އަމަލެއް ތިއީ. ވވވ ނުބައިކޮށް ތިކަންތަށް ކުރަނީ. ﷲ ތައާލާ ތިޔަބައިމީހުނަށް ތިކަންކަމުގެ ހިތިރަހަ ދައްކަވާނެ. މަގޭވޯޓް ޖޭ.ޕީއަށް. މަ ދެން ކެމްޕޭން ކުރާނީވެސް ޖޭޕީއަށް ވޯޓް ހޯދަދޭން. މިޒާތުގެ އަމަލުތަށް ކުރަންޏާ ރައީސްއާއެކު ނުހުރެވޭނެ

 3. Anonymous

  ތިޔަ ދަފްތަރު ހުޅުވާލީވެސް ތިމީހުން ބޭނުންވާ ބަޔަކަށް ފުރުސަތު ދޭންކަން އެނގުނު. އަދި ޕޮއިންޓް ދޭ އުސޫލުވެސް ބަދަލުކުރާނެ. ބަލަންތިބޭ. 40 ހާ ވޯޓު ރ.ޔާމީނަށް ގެއްލުނީ ކަމަށް ބަލާ.

  • ހާތްތެރީ

   40 އެއްހާ ވޯޓު ގެއްލޭއިރު 80 އެއްހާވޯޓު އިތުރުވާނެ އިންޝާﷲ.

 4. އިޒަން

  ފޯރމް ލެވުނަސް ލިބޭނީ ކޮން އެއްޗެއްތޯ؟ ދަފްތަރުގަ ޖެހިގެން 5 އަހަރުވީމާ ނޫނީ ޕޮއިންޓް ދެއްވާ އުޞޫލު ނެތް އިރު އެބަޔަށް 1 ޕޮއިންޓްވެސް ނުލިބޭނެ ،

 5. ޒައިނާ

  މިނިސްޓަރ މުއިއްޒަށް ދަންނަވަން. ތިއީ ހަމަ އެކަނި ރައީސް ޔާމީނަށް ވޯޓްލާތޯ ކުރައްވާ ކަމަކަށް ނުހައްދަވާ، މިއަދު ދަފްތަރުގަ ޖެހިގެން އެބަޔަށް ލިބޭނެ އެއްވެސް ޕޮއިންޓެއް ނެތް ، އެހެންވީމާ ޕޮއިންޓް ދެއްވާ އުޞޫލަށް އިސްލާޙެއް ނާންނަންޏާ ފްލެޓް ނުލިބޭނެކަން ޔަޤީންވޭ، އެއީ ދަފްތަރުގެ ބަޔަށް އެންމެ ޕޮއިންޓެއްވެސް ނުލިބޭނެތީ. އަޅުގަނޑުމެން މުޅި ޢުމުރު މިހޭދަކުރަނީ ދަރިންނާއެކު މާލޭގަ ވަރަށްޙާލުގަ. އުންމީދު ކުރަނީ ރަނގަޅު ގޮތެއް ހައްދަވައި ދެއްވާނެ ކަމަށް.

 6. މަގުފޭރޭ މުއީޒު

  ކޮންމެސްކަހަލަ ނުބައެއް މީގަ އެބައުޅޭ...ވަކިބަޔަކައް ދޭންވގެން ރާވާ މަކަރުވެރި ރޭވުން

 7. ޑޯންވޮނާ

  ފްލެޓަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިފަހަރު ފްލެޓަށް އެދި ފޯރމް ލާ ހުރިހާ ފަރާތް ތަަކަށް ފްލެޓްސް ތައް ދޭނެ ކަމަށް އަދި މަމެން އުއްމީދު ކުރަމޭ ދަފްތަރުގައި 1 ލައްކަ މީހުން މިމަހު ޖައްސާ އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ގޮތް ހަދާ އަދި ދަފްތަރު އެންމެން ވޯޓް ލާން މާލޭގައި އާއި ހުޅުމާލޭގައި އާއި ވިލިގިލީގައި ވަކި ފޮށި ތަކެއް ހުންނަ ގޮތަށް ސަރުކާރުން ހައްދަވާނެ ކަމަށް އިންތިޚާބާއި ބެހޭ ގާނޫނަށް އެބަދަލު ގެނެސްގެން ނަމަވެސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް ޑޯން ވޮނާ ފޯލް ދިސްޓައިމް ޑޯން ވޮނާ ފޯލް ދިސް ޓައިމް...

 8. ވެންއިޓް

  ދަފްތަރު ހުޅުވައިލީ ފްލެޓަށް އެދުމުގެ ހައްގު ގެއްލުނަނުދޭން ކަމަށް ހައުސިންގް މިނިސްޓަރު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިފަހަރު ރިޔާސީ އިންތިޚާބުގައި ގޭމް ޗޭންޖް ކުރާނީ އެއީ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާމީހުންނާއި މިހާރު ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނޭ ދަފްތަރުގައި 2 ލައްކަ ރަޖިސްޓްރީ ކުރުމަށް ފަހު އެ އެންމެންނަށް ފްލެޓްސް މާލެ ސަރަަހައްދުން 2020 ގެ ކުރިން ދޭނެ ކަމުގެ ލިޔުން ސަރުކާރުން އެ އެންމެންނާއި ހަވާލު ކޮށް ހަދާ އަދި ދަފްތަރު އެންމެން ވޯޓް ލާން ޖެހޭނީ ވަކި ފޮއްޓަކަށް ކަމަށް ކަނޑައެޅުމުން ދެން މަމެންނަށް ޔަގީނޭ ދަފްތަރު އެންމެން މަމެންނަށް ވޯޓް ދޭނެ ކަމަށް. ވޯޓް ކަރުދާހުގައި ޖަހާނީ އެމީހާ ވޯޓް ލާން ރަޖިސްޓްރީގައި އިންނަ ސީރިއަލް ނަމްބަރު ލިޔެލާނީއޭ ވޯޓް ކަރުދާސް ކޮޅު ދިއްކުރަން ތިބޭ މޭޒުގައި ތިބޭ ކުދިން އެއިރުން އެކަން ހުންނާނީ ރަނގަޅަށޭ ވެން އިޓް ކަމްސް ޓު އެއިޓީން މޫން ސީންގް ރޭސް ޑޯން ބީ ބްލައިންޑް އޮން އިޓް ވެން އިޓް ކަމްސް ޓު ޔޫ ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...