މާލެ އިތުރަށް ތޮއްޖެއްސޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ނުބަލަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި އެ މައްސަލަ ނުބަލަން ނިންމައި، އިސްލާހުތަކެއް ގެންނަން އަންގާފައިވާ ކަން "ވަގުތު" އަށް ވަނީ އެނގިފައެވެ.

މި ގޮތުން ބޮންޑެއަށް އިންތިގާލީ އިންސާފުގެ އޮފީހުން އަންގާފައި އޮތް ކަމަކީ، މާލޭގެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭ މައްސަލައަކަށް ވާތީ، އެ މައްސަލާގައި ފާހަގަ ކޮށްފައިވާ ގެދޮރުގެ މައުލޫމާތުތަކަކާއި ލިޔެކިއުންތަކަކާއެކު މައްސަލަ ހުށަހެޅުމަށެވެ.

އިންތިގާލީ އިންސާފު އޮފީހުގެ ޕަބްލިކް ރިލޭޝަން އޮފިސަރު އައިޝަތު ފަތުހީ ވެސް "ވަގުތު" އަށް މައުލޫމާތު ދެއްވި ގޮތުގައި، ބޮންޑެ ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ބަލަން ނިންމީ އެންމެ ދެ މައްސަލައެކެވެ.

އެއް މައްސަލައަކީ ފެބްރުއަރީ 7، 20212 ގައި ފުލުހުންނާއި އެމްއެންޑީއެފްގެ ބަޔަކު ޓީވީއެމްގެ ތެރެއަށް ވަދެ އެ ޓީވީ ސްޓޭޝަންގެ ފީޑް ބަދަލު ކުރި މައްސަލައެވެ. އަނެއް މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަން ބަދަލުކޮށްލި ހާދިސާގެ ހަގީގަތް ހޯދުމުގެ މައްސަލައެވެ.

މައުމޫނާއި ޔާމީނަށް ތުހުމަތުކޮށް ބޮންޑެ ހުށަހެޅުއްވި މައްސަލަ

ބޮންޑެ ހުށަހެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވާ އެއް ކަމަކީ 1979 ވަނަ އަހަރު މާލޭގެ ދެކުނު ފަރާތުން ބިން ހިއްކަން ފެށުމުގެ މަޝްރޫއު އިފްތިތާހް ކުރައްވަމުން އެއީ ނިކަމެތި ރައްޔިތުންނަށް ގެދޮރު ދޭން ކުރާ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވުމެވެ.

އެހެންވިޔަސް 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އެ ރައްޔިތުން ތިބީ އެ ހަލާތުގައި ކަމަށާއި މާލޭގެ ދެކުނު ސަރަހައްދު ބިން ހިއްކުމަށް ފަހު އަދި ފަހުން ހުޅުމާލޭގެ ބިން ހިއްކުމަށް ފަހު ވެސް ބިންތައް ބަހާފައިވަނީ ރައީސްގެ އަރިސް ބޭފުޅުންނާއި ވަޒީރުންނާއި ކަތީބުންނާއި އަތޮޅުވެރިންނާއި ފަނޑިޔާރުންނާއި ވިޔަފާވެރިންނަށް ކަމަށް ބޮންޑެ ތުހުމަތު ކުރައްވާފައިވެއެވެ.

މައުމޫންގެ ވެރިކަމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މައްސަލައަށް ހައްލު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ބޮންޑެ ފާހަގަ ކުރައްވާފައިވެއެވެ. މި ގޮތުން މާލެ ރައްޔިތުންނަށް 800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބިމާއި ގޯތި އެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ކަމާއި ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް މާލެ ތޮއްޖެހުން ހައްލު ކުރަން މަސައްކަތް ކުރި ކަން ފާހަގަ ކުރައްވާފައިވެއެވެ.

އެހެންވިޔަސް މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސަތުތައް ބައްޓަން ކުރީ އަނެއްކާ ވެސް މާލެ ސަރަހައްދަށް މުޅި ރާއްޖޭގެ އާބާދީ އެއްފަސްކޮށް ތޮއްޖެއްސުމުގެ ވިސްނުމަކަށެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ތަނުގައި އިމާރާތްކުރި ޓަވަރުތަކުގެ އެޕާޓްމަންޓެއް އުޅެނީ އެންމެ 450 އަކަފޫޓުގެ ބިން ކަމާއި އެ ތަނުގެ ކުލި ވެސް ބޮޑު ކަން ބޮންޑެ ފާހަގަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހްމަދު

    ބޮންޑާ ދާއިރާގެރައްޔިތުންނައް ދޯކާދީގެން ވޯޓުހޯދައިގެން ގޮނޑިކާމިއާބުކުރިމައްސަލަބަލަންވީނު

  2. Anonymous

    ނޫނެކޭ ތިޔަ މައްސަލަ ބަލަންޖެހޭނެ، މިސަރުކާރުން ނުބަލާނެކަމަށް ބުނި މައްސަލައެއްވިއްޔާ އޮންނާނީ މާދަމާ ބަލާގޮތަށް ހަމަޖައްސާފަ، ދެން މާދަމާ ނޫސްތަކުގެ ފަލަސުރުޚީއަށް އަރުވާލާނެ މައްސަލަ ބަލަން ފަށައިފީމޭ، ދިއުޅިއެއްނުވާ ސަރުކާރުގެ ދިއުޅިއެއްނުވާ މުވައްސަސާތަކަށް ރައްޔިތުން އިތުބާރުކުރާނެތަ...##

  3. Anonymous

    މާލެޭ ރއްޔަތުން ބިކަކުރީ ބެއްޔާ ދިވެހިރައްޔަތުން މާލެ އަރަން ކުޑސިޓީހެދީ ބެއްޔާ މާލެބިންބަހާހުސްކުރީ ބެއްޔާ ތީމުގެއައްސަލާންޖަހަން މަޖުބޫރުކުރީ ބެއްޔާ ދިވެހިރައްޔަތުން މާލެ ހިޖުރަކުރަން މަޖުބޫރު ކުރީބެއްޔާ

    14
    5
  4. ޢަދުރޭ

    ބޮންޑަ އިބްރާހިިމް\\ އެއީ ނަފްސާނީ ބައްޔެއް ތަޙައްމަލް ކުރަމުންދާ މީހެއް . ކައްވަޅަށް ބޯ ބާބާނައިގެން ކާބަފައިން ކޮއްފަ އޮތޯ ކޮންކަމެއްތޯ ބަލާއިރު މިހާރު މިވަގުތު ރައްޔިތުންނަށް ލިބެމުން ދާ ހިތްދަތިކަން މި މަރުމޯލަކަށް ނުފެނެ

  5. Anonymous

    ޔާމީނު އެކަނި ނަމަ ތިކަން ކުރާނެ. މައުމޫނުއަކީ މިހާރު މިމީހުންގެ ޕްރޮޕަގެންޑާ އަށް ކުރިމަތިވާ ގޮންޖެހުން ފޫބައްދާދޭން ހުރި މީހަކަށްވާތީ މައުމޫނު ހުރުމުން އަޅާނުލީ. މާލެ މާލެއަކަށް ހެދީ އެމީހުން. މާލެއާއި ރާއްޖޭގެ ތަރައްޤީގައި ރޯކުރީ ކެރަފާ ނަޝިދު އިސްވެ ހުރެ. މީ ހަގީގަތް.

    6
    2
  6. ކުޑޫބެ

    ތިމައްސަލަ ނުބަލަންނިންމީ މައުމޫނު ވައިޖަހައިފައި ބަހައްޓަން ބޭނުންވާތީ އެންމްޑީޕީއަށް ތާއިދުކޮށް ޔާމީނު ހައްގުން ކަމަކާނުލައި ބަންދުގައި ބަހައްޓަން މައުމޫނު އެއްބަސްވީމާ ޔާމީނު އަށް އަދަބުދޭނެ ތިކަމަށްވެސް ތީ ކޮންބަޔެއް

    4
    1
  7. ހަސަދު

    މާލެ ހަލާކު ކޮށްލީ މަައުމޫން. މާލޭ މީހުން ލައްވާ މާލެ ހިއްކީ ކަލޭމެންގެ ދަރިންނަށް ހުރިބިނޭ ކިޔާފާ. އެތަނުމް މާލޭ މީހަކަށް ލިބުނު އެއްވެސް އެއްޗެއް ނެތް. ދެން ހުޅުމާލެ ހިއްކީ ވެސް އެބޭނުމުގާ. ގޯތި ވިއްކީ އާންމު މާލޭގެ މީހަކަށް އެކަށޭނެ އަގެއްގަ އެއްނޫން. މާލޮ ތޮއްޖެއްސީ ޔާމީން.

    2
    1
  8. ކެޔޮޅު

    މާލެއަށް ކޮންމެހުކުރުވަހަކު އަރާ ރަންނަމާރި މަށްސަލަ ކަލޭމެން ނުބަލަން ތިއުޅެނީ ކީއްވެ އެމަށްސަލަބަލާބަލަ.

    3
    1
  9. ޕަކަލޯލޯ

    ފެބްރުއަރީ 7، 20212 ގައި ފުލުހުންނާއި އެމްއެންޑީއެފްގެ ބަޔަކު ޓީވީއެމްގެ ތެރެއަށް ވަދެ އެ ޓީވީ ސްޓޭޝަންގެ ފީޑް ބަދަލު ކުރި މައްސަލަ ނުބަލަން ނިންމީ ކޮން ސަބަބަކާއި ހުރެ ތޯ؟ އެއީ މައްސަލަ އަކަށް ނުވަނީތޯ؟

  10. ކޮއްޔާ

    ބޮންޑޭ އަކީ ފަރުވާއަށް ބޭނުންޖެހިފައިވާ ގަމާރެއް )))