ކޮޕް-26 ގެ ސަމިޓަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ފުރާވަޑައިގަތުމުގެ ކުރިން އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ މައި މަރުކަޒުގައި ގަހެއް އިންދަވައިފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތަކީ ޔޫއެން ޑޭ ފާހަގަ ކުރުމަށް އދ. ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެިން ޝާހިދު އިންދެވި ގަހެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ހަރަކާތަށް ފަހު މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވައުދުވެވަޑައިގެންފައެވެ.

ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި، ސްވިޓްޒަލެންޑްގެ އީ.ޓީ.އެޗް ޒިއުރިކް ޔުނިވާސިޓީއިން ހެދި ދިރާސާއެއްގައިބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ކެޕްޗަރ ކުރެވޭނެ ކަން ވަނީ ހޯދައިފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު އިންދެވި ގަސް ކައިރީ ބެހެއްޓި ހަނދާނީ ފިލައެއް

މިއީ 1960 ވަނަ އަހަރުން ފެށިގެން އިންސާނުންގެ ސަބަބުން ޖައްވަށް ދޫވި ކާބަންގެ ދެބައިކުޅަ އެއްބައި ކަމަށާއި، ނިމިދިޔަ ހަފްތާގައި މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނު ފުރަތަމަ މޫސުމީ ބަދަލުތަކާ ބެހޭ ބަހުސް ވެސް އދ. ގެ އާންމު މަޖިލީހުގައި ބާއްވައިފައެވެ.

މި ބަހުސްގައި 17 ޤައުމެއްގެ ވެރިން (ރައީސުން ނުވަތަ ބޮޑުވަޒީރުން) އަދި 2 ޤައުމެއްގެ ނައިބު ރައީސުން އަދި 27 ޤައުމެއްގެ ޚާރިޖީ ވަޒީރުން، އަދި 14 ޤައުމެއްގެ ސަފީރުން ވާހަކަފުޅު ދައްކާވާފައިވެއެވެ. އަދި ހަ ގައުމަކުން ވަނީ ސަރަހައްދީ ގައުމުތަކުގެ ފަރާތުން ވެސް ވާހަކަ ދައްކައިފައެވެ.

ކޮޕް-26 ގެ ސަމިޓްގައި ޝާހިދުގެ އިތުރުން، ރާއްޖޭން ބައިވެރިވެވަޑައިގަންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި އެންވަޔަރަމަންޓް މިނިސްޓަރު މަރިޔަމް ޝައުނާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮޔެގަހެއް

    ތިވާނީ ބޮޔެގަހަކައް އެއީ ބައެއްގެ މާތް ގަހެއްވީމާ އެމީހުންގެ މީހެއް އިންދާނީ އެމީހުންނައް ބޭނުންކުރެވޭ ގަހެއްނު؟

  2. ޢަހު

    ޢނެއްކާ މަރުޖުއާނާ ގަހެއްތަ؟

  3. ރޯނު އެދުރު

    އަޅެ ދެން ތިތަނުގަ މަހެއްވެސް ކަނޑާލިނަމަ، ނޫނީ ހުނިކޮޅެއްވެސް ގާނާލިނަމަ، އޭރުންތާ ދިވެހި ވަންތަ ކަމަކަށްވެސް ވާނީ.

  4. ޖޫޖޫކަލޯ

    ޣަރްޤަދް ގަހެއްތަ އަނެއްކާ؟

  5. Anonymous

    ގަހުގެނަންވެސް ޖަހާލިނަމަ

  6. ސސ

    މަސްވެރިކަން ދޫކޮށްލާފަ ދަޑުވެރިކަން ކުރަން ފެށީތޯ ؟

  7. ރިއަލް

    މީ އަރަތެއް ކަހަލަ ކަމެއް ހަމަ... އެ އީ ފޮރިން މިނިސްޓަރ ތޯ ހަމަ....

  8. ވާނުވާ.

    ކުރިކަމެއްކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތަކުންނެއްނޫން. އެކަންކުރީ ކާކު ކޮން ހައިސިއްޔަތަކުންކަށް ފޮޓޯއިން ފެންނަ ފިލާގައިވެސް ލިެޔެފައި އެބައޮތް. ނޫސްވެރިން މިޔަށްވުރެ ޒިންމާދާރު ވާންވެއްޖެ. އދ ގެ ރައީސް ޖަސްލާއަށް ދާން ފެންވަރައިފި. ގެއިން ނުކތުމުގެ ކުރިން ދޮރުހުޅުވައިފި. މިއީ މުހިންމު ޚަބަރުތަކެއްނޫން.