މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބްރިޖް އަންނަ މަސް ނިމުމުގެކުރިން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރު މިހެން ވިދާޅުވީ އެ މިނިސްޓްރީގައި މިއަދު ބޭއްވި ހާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މާލެ އާއި ހުޅުލެއާއި ދެމެދު އަޅަމުންދާ ބްރިޖް މިހިނގާ ޖުލައި މަހުގެ ނުވަވަނަ ދުވަހު ގުޅާލެވިގެންދާނެ ކަމަށާއި މިއީ ދިވެހި ތާރީޚްގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއް ކަމަށެވެ.

"ޖުލައި 9 ގައި މާލެއާ ހުޅުލެއާ ފިޒިކަލް ލިންކަކުން ގުޅިގެން ދާނެ. ވަރަށް ތާރީޚީ ހާސިލުވުމެއް މި ހާސިލުވަނީ. އެއީ ރާއްޖޭގެ ތާރީޚްގައި ރަން އަކުރުން ލިޔެވިގެންދާނެ ދުވަހެއް" ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެއަށްފަހު ދެން އޮންނާނީ ބްރިޖުގެ ޑެކު މަތީގައި ތާރު އެޅުމާއި ވެހިކަލް ދަތުރުތަކަށް ލޭންތައް ހެދުމާއި ލައިޓު ޖެހުން ފަދަ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ކަމަށާއި ނަމަވެސް ބްރިޖުގެ ހުރިހާ ކަމެއް ވެސް އަންނަނީ ޝެޑިއުލަށް ވުރެ ބާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ބްރިޖް ހުޅުވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީން އިރާދަކުރެއްވިއްޔާ އޮގަސްޓު މަސް ނިމުމުގެ ކުރީގައި ބްރިޖު ހުޅުވޭނެ" މުއިއްޒު ވިދާޅުވިއެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައްޑޫ ތަކުރު

    ޗައިނާގަ ވެސް ބައިވަރު ބުރިޖު އެބަހުރި. އަހަރަމެންނާ ކޮންކަމެއް.

    • ބޯގޯސް

      ކަޑަވޭދޯ. ހަހަހަ

    • Anonymous

      ކަލޭ ދޭ ޗައިނާއަށް ބުރިޖަށް އަރަން

  2. ސަޅި

    މިޔޭ މި ރައީސްގެ ސަޅި ކަމަކީ. ބުނެފިއްޔާ ކުރާނެ. ކުރިން ހުރި ބައިސާ ކަނޑާ ރައީސް ހެނެއްނޫން.

  3. ޓިނޭ

    އަހަންނަކަށް ނުފެނޭ ތި ދެ ލޭނު އަޅާހާ ފުޅާމިނެއް

  4. ބޮއްބޮ

    މިހުންނަނީ އިދިކޮޅު ފޭލިއަރުން ޙަސަދައިން ހުޅުފަޅައިގެން ދާކަހަލަ ކަންކަން. އެކަމަކު ކީއްކުރާނީ ޙަގީގަތްވިއްޔަ ޖެހޭނީ ގަބޫލު ކުރަންތާ.

  5. ނައީމާ

    ކީއްކުރާނީ ލޯ ނުހުންނަ މީހަކަށް އެއްމެ ލައިނެއް އަޅާވަރުގެ ތަންކޮޅެއްވެސް ނުފެންނާނެ

  6. މާމަ

    ރީދޫ ހުންޖެހިފައި ތިބޭކުދިން ވ މޭކަރާނެ ދޯ ކީއްކުރާނީ ބުއްޅަބޭ ނޭޅޭނޭ ބުނި ބުރިޖް އަހަރެމެންގެ ރައީސް ހަގީގަތަކައްހައްދަވައި ދެއްވައިފި”ޔޫ އަރ އަވަރ ޕްރެޒިޑެންޓް 2018 ޔަގީން އިންޝާ ﷲ

  7. ބަާނި

    ރައީސް ޔާމީން ވަރެއް ނޯންނާނެ ބުނިކޮންމެ ކަމެއް ހަމަ ވަގުތުން ވަގުތައް މިއްޔޭ ރައީސް އަކީ ބިރުން އިސްތިއުފާ ދިން ރައިސް އަށް ކުރެވޭނެ ކަމަކީ ދީނައް ފުރައްސާރަ ކުރުން އެކަނި އެހެން ކަމެއް ނުކުރެވޭނެ .

  8. ބުރާންތި

    ކޮންތާކު އޮތް ބުރިޖެއްހޭ؟ ހުޅުލެޔާ މާލެޔާ ދޭތެރޭ ކޯޒުވޭ ފާލަމެއް އަޅާ އޮތް ތަން ފެންނަނީ އިންޑިޔާ ކޯރުތައް މަތިން ވެސް ތީގެ ކޯޒުވޭ ފާލަން ބައިވަރު އަޅާފަ ހުރޭ އެޔައް ބުރިޖު ކިޔަނީ މުއީޒު އެކަނި ދުނިޔޭގެ އެހެން އެން މެން އެޔަކައް ބުރިޖެއް ނުކިޔާ.