ރާއްޖޭގައި އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި ދަމަހައްޓާނަމަ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނޑަށް ޖެހޭނޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތައް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު މިދިޔަ ދެމަހެއްހާ ދުވަސްތެރޭގައި ދައުލަތައް 74 މިލިއަން ރުފިޔާ ވަނީ ގާސިމްގެ ވިލާ ޓްރެވަލްސް އިން ވަނީ ދައުލަތައް ދައްކާފައެވެ. މީގެ އިތުރުން ވިލާގެ އެކި ކުންފުނިތަކަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް ދައްކަން ޖެހޭ 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) މިހާރު ވެސް ނުދައްކާ އެބައޮތެވެ.

ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހުގޭ "ވީޓީވީ" އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އެހެން އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު، ފަތުރުވެރިން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތަކުގެ 50 އިންސައްތަ މިހާރު ދަށްވެއްޖެ ކަމަށެވެ. ރާއްޖޭގައި އަގު ބޮޑުކޮށް ވިއްކާ ރިސޯޓްތަކާއި، މެދުފަންތީގެ ރިސޯޓްތައްވެސް މިހާރު ހުސްވުމާ ގާތަށް ހިނގައްޖެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މާޗްމަހުގެ ތެރޭގައި ފެންނާނެ ރާއްޖޭގެ އޮކިއުޕަންސީ ދަށްވެފައި އޮންނަވަރު، ބަލަން ތިއްބަވާ. ނަތީޖާއަކަށް ވާނީ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހިގެން ދިއުން. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ރައްޔިތުންނަށް ފެންނާނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މިކަން މިގޮތަށް މިހިނގަނީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައި އޮތީމަ ކަމަށާއި، މިއީ ނިމެއް އޮތްކަމެއް ނޫންކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތެއް ރާއްޖޭގައި ހަގީގަތުގައި ނުވެސް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.

"ކުރުކޮށް ދަންނަވާނަމަ ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމަތެއް ނެތް. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ފެންނާނެ" ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީނު ހިންގަވާފައިވާ ކަމަށް އަމިއްލަފުޅަށް އިޢްތިރާފު ވެފައިވާ ޚިޔާނާތްތައް ތަހްގީގު ކުރުމަށްވެސް ގާސިމް ފުލުހުންނަށް ގޮވާލެއްވިއެވެ.

ގާސިމް ވިދާޅުވީ، ސަރުކާރުން އޭނާ އާއި ބެހޭގޮތުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އޭނާ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެއީ ރޯ ދޮގު ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އޭނާގެ ދަރިފުޅުވެސް ވަނީ ފްރޭމް ކޮށްފައި ކަމަށެވެ.

"އެމީހުން އެ ތުހުމަތުކުރާ އެއްވެސް ކަމެއް އަޅުގަނޑުގެ ދަރިފުޅު ކޮށްފައެއް ނޯންނާނެ. އެއީ އޭނާ ފްރޭމްކުރަން ކޮށްގެން އުޅޭ ކަމެއް. އެކަމަކު އޭނާގެ ކުށެއް ނެތްކަން ދިވެހި ރައްޔިތުންނަށް ސާބިތުވެގެން ދާނެ" ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

 1. ޙުސެން

  މިކަލޭގެ އަހަރެމެންގެ ރިޒުގު ބަންދު ކުރަނިއްޔޯ

  • ބުރޯ

   ނޯވޮރީސް ޗައިނާއިސް ހިޔާ ފޯދަ ރެސްކިއު އެހެން ނޫނަސް ގާސިމްގެ ލާރިގަޑު ދިވެހިންނަށް ބަހާލީމަ ނިމުނީ ދޯ

 2. ޕޮގުބާ

  ރާއްޖެ ބަނޑަށް ޖެހުނަސް ކަލޭހުންނާނީ ކައި ފުރައިގެންނެއްނު ކަލޭތިއުޅެނީ ރާއޖެ ހަލާކު ކުރަނވީޔަ

 3. ޣާދިރު

  .ތިޔަހެންވިެްޔާ އަވަހައް ދިވެހި ރައްޔަތުންނައް ދައްކަން އެބުނާ ފައިސާތައް ދައްކާ ދިވެހި ގައުމު ބަޑައް ޖެހުމުން ސަލާމަތް ކުރޭ. ގާސިމް ގެ އިހުލާސްތެރިކަން ދިވެހިރައްޔަތުންނައް އަވަހައް ދައްކާ..

 4. ޙަސަދަ

  ޢިދިކޮޅޮމީހުން ދެއްކި އެއްވެސް ވާހަކައެއް މިހާތަނަށް އަދި ދިމަލެއް ނުވޭ. ޤާސިމޫ ތިހާ މޮޅިއްޔާ މީގެ އެއްމަސް ފަސްވެސް ތިބިބަޔަކަށް ފެނިގެންދާނެ. ޤާސިމޫ ކަލޭތަ އަޅުން ބަނޑަށް ޖައްސާ ރިޒްޤާ ހަވާލުވެހުރީ.

 5. ފާއިޒް

  ރާއްޖެ ބަނޑަކަށް ނުޖެހޭނެ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކާފަ ހަޅޭނުލަވަ ވެރިކަމާހެދި ނިތެޅި މަޑުން ހުރިނަމަ...

 6. ގައްދާރޭ

  މަހެއްހާ ދުވަސް ތެރޭގައި ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް މާމިގިލީ ވެލިގާނަގާ މީހުންގެ ކުޑަ އާބާދީ އަކުން އައިސް ފައި ހުރި ކަނޑުކޮސް ކޮރަޕްޓް ލޯރޑަކު ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ. ގާސިމް މުއްސަނދިވީ ވެސް އިއްލިބެ މެން ދުވަސް ވަރު އެެސްޓީއޯ އިން ކްރެޑިޓަށް އެތައް މިލިއަން ލީޓަރު ޑީސަލް އޭނާ އަށް ވިއްކަން ދިނުމުން ނޫންތޭ. އެއީ މަމެންނަށް އޮޅިފައި އޮންނަ އެއްޗެއް ނޫނޭ ނޫނޭ ނޫނޭ. ތަމެން ބުރުމާ ގާސިމް ބުނީމާ މިގައުމު ބަނޑަށް ޖެހެނީ މީ ތަމެންގެ އަމާބަފާ ގެ މިލްކިއްޔާތެއްތޭ ގަމާރާ ހޭބަލިވެގެން ތިޔާ އުޅެނީ ތިޔާ ކަމެއް ނުވާނެއޭ މިގައުމުގައި މިހާރު އޮތް ވެރިކަން ވެސް ތަމެންނަށް ވައްޓާ ނުލެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ ހަމަ މަހަށް ދާން ޖެހޭނީ. މަހަށް މަހަށް މަހަށް ދޭބަލަ.

 7. ޡޯޔާ

  ގާސިމް ކަލޭ އެންމެ އަވަހައް ދަރަނިވެރި ވާނީ.ކަލޭ ދެން އެއްބަސް ވޭ ކަލޭތީ ބަގާވާތް ކުރާމީހެއްކަމައް. ކަލޭ އައް މޑޕ އަކުން ހެވެއް ނޭދޭނެ. ލާރިކޮޅު ކަލޭ އަތުން ހުސްވީމަ އެނގޭނެ ކޮންބައެއްކަން އަސްލު ހެޔޮއެދެނީ

 8. ރަސީދު

  އެހެން ވީމައަވަހައް ގާސިމު އާވެރިކަން ހަވާލު ކޮއް ދިވެހިން ނައް ގާސިމުގެ ރިސޯޓު ތަކުން ލިބޭފަދަ ބޮޑުމުސާރަ ތަކާ އިނާޔަތް ލިނޭގޮތް ހަދަން ވީ

 9. ?މަހުޖަނު

  ހާދަ މަތީގަ އުޅޭ މީހެކޭ

 10. މުހައްމަދު ފިކުރީ

  ދެން އަޅެ މަމެން ހައްޔަރު ނުކުރަނީ ތުހުމަތު ނުކުރަނީ ފަހެ ކީއްވެ؟ ކައޭމެން ހައްޔަރު ކުރާހެން.......

 11. ޑިމޮކްރަޓިސްޓް

  ކަލެޔަށް ބޮޑަށް ތިކަން އެނގޭނީ#### އެއީ ކަލޭމެން ދޯ ތިއުޅެނީ ރާއްޖެ ބަނޑަށް ޖައްސާލަން ދޮންމީހުން އުނގުޔެރެޔަށް ވެއްޓިގަނެގެން#### ހަނދާންކުރާތި އަހަރެމެނަށް ތިހާލުޖައްސާފަ ކަލޭގެ ވިޔަފާރީގަ ކަލެޔަށް ހުރެވޭތޯ#### ވަރަށް ސާފުބަހުން މިބުނަނީ ވިޔަފާރި ފުނޑާލާނަން އެހިސާބަށް ގޮސްސިއްޔާ####

 12. ލޮލް

  ދެން ހުރިހަ ދެރައެއް ވަަނީ ގާސިމް އާ އަންނި ބުނެގެން މުޒާހަރާ އަށް ދާ މީހުންނާ އެމީހުންގެ މައިން ަފައިންންކަށްނު

 13. ގައްބަޅޭ

  ކަލޭ ތިހެން ކިޔާތާ ކިތައް އަހަރު މިހާރު!

 14. އަތޮޅުން

  ރާއްޖެއަށް ދިމާވެފައިވާ މުސީބާތުގެ ސަބަބަކީ
  ގާސިމެވެ ރާއްޖެ ބަނޑަށްޖެހުނަސް އަދި
  އެހެން ދަތިތަކާއި މައްސަލަތައް ދިމާވިއަސް
  އެކަންކަމުގެ ޒިއްމާ ނަގަންޖެހޭ އެންމެ އިސް
  ފަރާތަކީ ގާސިމެވެ ރާއްޖޭގައި އުފެދޭ ހުރިހާ
  ފިތުނަފަސާދައެއްގެ މުގުލުގައި ހުންނަނީ
  ގާސިމެވެ ގާސމިމަށް މިކަންކަން ކުރެވެނީ
  އޭނައަށް ލިިބިފައިވާ މުއްސަނދިކަކަމުންނެވެ

  • ދޮންދައްތަ

   ޤާސިމް ތިއީ އަހަރެން ކުރިން ވަރަށް ޤަދަރު ކުރި މީހެއް. ޢެކަމަކު މި ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކޮންމެ ވެރިކަމެއްްގާ ތިކުރާ މަސައްކަތް ހަރު އަޑުން ކުށްވެރި ކުރަން. ދީނާ ޤައުމުގެ ޙައްޤުގައި އިޚއލާސްތެރި ވޭ.

 15. މަހަށްދޭބަލަ

  ރާއްޖެއާ މެދު ގޮވާލާ ގޮވާލުންތައް ތަކުރާރު ކުރަމުން ދާނަން ކަމަށް އިންޑިއާ އިން ބުނަމުން ދާނަމަ ދެން ރާއްޖޭގެ ރިސޯރޓްސް ތަކުން އިންޑިއާ މީހުންނަށް ވޯކް ވިސާ ދިނުމުގައި ސްޕެޝަލީ މެދު ފަންތިއާއި އަދި މަތީ ފަންތީގެ މަގާމް ތަކުގައި ތިބޭ އިންޑިއާ މީހުންނަށް އެމަގާމް ތަަކަށް އާދެވޭނީ އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް އެމީހެއްގެ ސެރޓިފިކެޓްސް ހުށައަޅާ އެޕްރޫވް ވުމުން ކަމަށް ވުން އެއީ ރިޒަރވޭޝަން އެއްގެ ގޮތުގައި ހަދަންވީއޭ އަދި އިންޑިއާ ގެ އެެއްވެސް ކޮންޓްރެކްޓަރ އަކަށް އަދި ލަންކާ ގެ އެއްވެސް ކޮންޓްރެކްޓަރ އަކަށް ސަރުކާރުގެ ކޮންޓްރެކްޓެއް ވެސް އަދި ސަބްކޮންޓްރެކްޓް އެއް ވެސް ނުދޭ ގޮތަށް ޕޮލިސީސް ތައް ފޯރމިއުލޭޓް ކުރަންވީއޭ. އިންޑިއާ ވެސް ޖެހޭނެ ޕްރައިސް ޕޭބެކް ކުރަން. ނައު އިޓްސް ޕޭބެކް ޓައިމް. މަމެން ޕިންކީން ނާއި އިންޑިއާ އަށް ނުކުޅެވޭނެއޭ އިންޑިއާ މަހަށް ދޭބަލަ. މަަހަށް މަހަށް މަހަށް ދޭބަލަ.

 16. ދޮންމަނިކުބޭބެ

  ދައުލަތައް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ދޮގުހެދުމަށްފަހު. މިދިޔަ ދެމަހެއްހާ ދުވަސްތެރޭގައި ދައުލަތައް 74 މިލިއަން ރުފިޔާ ވަނީ ގާސިމްގެ ވިލާ ޓްރެވަލްސް އިން ދައުލަތައް ދައްކާފަ. އެހެންވީމާ ޤާސިމުމެން ހަދާ ދޮގު ރައްިތުންނަށް އެގޭ. ކުރިއަށް އޮތް މަސްތަކުގައި ރާއްޖެ ބަނޑަށް ޖެހޭނެކަމަށް ޤާސިމު ބުންޏަސް އަހަރުމެން ހާހެއްނުވޭ. ވިލާގެ އެކި ކުންފުނިތަކަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް ދައްކަން ޖެހޭ 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) މިހާރު ވެސް ނުދައްކާ އޮތުމުން ޤާސިމުގެ ބައެއް ރިސޯޓުތައް ސަރުކާރަށް ނެގުމަށްފަހު ވިައްކާލާފަ ދަރަނިފައިސާ ކަނޑަފަ ބާކީހުރިއެއްޗެސް ޤާސިމަށް ދިނީމާ އެކަން ނިމުނީ. ވެރީ ސިމްޕަލް.

 17. އަޙްމަދު

  ހެހޭ: މިދެންކާކު ރާއްޖެ ބަނޑަށް ޖައްސަން.
  ތަނަކު ހުރި ބޮޑުޖާހިލެތް.

 18. ހުސޭނުބޭ

  ޤާސިމަކީ ރައްޔިތުންނަށް ނުހަނު އޯގާތެރި ރައްޔިތުންނަށް ދިމާވާ މިއްސަލަތައް ޙައްލުކޮށްދިނުމަށް ޖެހިލުމެއްނެތި މަސައްކަތްކުރައްވާ ބޭކަލެކެވެ. ވީމާ ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހުމުން ސަލާމަތްކޮށްދެއްވުމަށް އެދި ޤާސިމްގެ ރިސޯޓްތައް ވިއްކާލާ އެތަކެތިން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ގަނެދިނުމަށް ދަންނަވަމެވެ............... ކަންޖޫސް ކަލޭގެޔާ........ކަލެއަށް މިކަން ކުރަން ކެރޭނެތަ؟

 19. ވިސްނާ މީހާ

  މިދިޔަ އަހަރުގެ ރޯދަ އިނާޔަތް ދެއްވިންތޯ ހުރިހާ ސްޓާފުންނަށް؟ ސާރވިސް ޗާރޖް އސްލު ލިބެންޖެހޭ ވަރަށް ދެއްވަންތޯ؟

 20. ލަފާ

  އަހަރުމެނަށް ކެއްކުރެވޭނެ ކެއްނުކުރެވޭނީ މުއްސަދިން އެމީހުން ގެ ޗާރާ ދެެއްކުމަށް ކުރާކަންކަން ނުކުރެވޭނެތީ. މީގެ ކުރިންޑޮލަރުވެސް ތިރި ނުވާނެ ކިޔައިގެން އެވިއްކައިގެން މުއްސަދިން އެތަށް ފައިދާއެއް ނަގައިފި އެކަމަކު އެތިރިކުރެވޭވަރުގެ ވެރިޔެއް އައީމަ އެކަންވެސް ވެއްޖެ. އަދިބަޑަކަށް ވެސް ނުޖެހޭނެ. ވާގޮތަކީ ރިސޯޓު ހިންގާމީހުންނަށް އެއްޑޮލަރު މަދުވިޔަސް އެވަނީ ބޮޑުއެއްޗަކަށް. މިމަހު ރިސޯޓަކުން ރުމެއް ނުލިބޭ. ކެންސަލް ވަނީ ކުރިޔަށް އޮތްދުވަސްތަކަށް އެކަމަކު ވެރިން އެކަން ދަންނާނެ އަދި ހައްލު ގެންނާނެ. ސިޔާސީ ދާއިރާގަ އުޅެ ގިނަ މީހުންގެ ލަފާކުރުން ރަނގަޅު ނުންކަން އަހަރެން ދަންނަން.

 21. ބަނޑު

  ބަނޑަށް ނުޖެހުނިއްޔާ ދެރަތާ؟ ކަލޭ ތިއުޅެނީ ދިވެހިން ބަނޑަށް ނުޖެހިގެންތާ!! ދިވެހީންގެ ފައިސާ ބަނޑުއަޅާއަޅާ ދިވެހީން ބަނޑަށް ޖެހެނީމި.

 22. ޙ

  މޯލްޑިވްސް އިން ކްރައސިސް އޭ ޖަހައިގެން ސޯޝަލް މީޑިޔާގަ ގަނޑުގަންނަނީ ތިމީހުން..ދެން ކޯޗެއް ތިކިޔަނީ..

 23. ދަބޭލެނިންގް

  ގާސިމް މައުނޫގެ ބަތާހަރާމީ ވެރިކަމުގައި ބޮޑު ވަގު އިއްލިބެ އާއި ގުޅިގެން މުޅި ދައުލަތުގެ ޚަޒާނާ ދަވާލައިގެން ނޭ އޭނާ މުއްސަނދިވެފައި ހުރީ އެގޮތަށޭ އޭނާ މުއްސަނދިވާން މަސައްކަތް ކޮށް ކެނެރީގެ ނަޝީދަށް ރިޝްވަތު ދީގެން ވެސް އެތައް ފަޅު ރަށް ތަކެއް އަތުލާފައި އެބަހުއްޓޭ ބަތާހަރާމީ ދަ ހަރާމް ކޯރު އުސޫލުން. އެސުވަރު ތާ އަތޮޅުން ނަގާފައި އޮތް އެލާ ގައި ރިސޯރޓް ނަހަދާ 20 އަހަރު ވެފައިވާ އިރު ތާއަތޮޅު އާލާތުން ބަނޑަށް ޖެހިފައި ތިބި ވާހަކަ ސުވަރު ނުދައްކަނީ އެއީ ކީއްވެގެންތޯ. ގާސިމް ބޭނުން ވަނީ ރައީސް ޔާމީން ގެ ވެރިކަމުގައި ވެސް ބޮޑެތި ވައްކަން ކުރަން ސަރުކާރުން އެކަން ނުކުރެވޭތީވެ އެސުވަރު ފެލި އަރުވަނީ. މީ ދެން ކާކުތޭ މާމިގިލީ ވެލިގާނަގަން އުޅުނު ޅާ އެއް ނޫންތޭ މާލެ އަށް އަރާ ވައްކަން ކޮށްގެން ބޮޑުބެ އިބްރާހިމް ފުޅު އަތުން ވެސް ދަރަންޏަށް ނެގި ފައިސާ އިން އެންމެ ރުފިޔާ އެއްވެސް އަނބުރާ ނުދީ އެފައިސާ އިން ތެޔޮ ވިއްކަން ފެށި މީހެއް ނޫންތޭތީ. ތަމެންގެ ޖަނގިޔާޒް ދަ ބޭލެނިންގް ވާނެ އޭ ގާސިމް މިފަހަރު . ޖަނގިޔާޒް ދަ ބޭލެނިންގް.

 24. 3ނިރު

  ނުލަފާ ސައިތާނު ތިއުޅެނީ އެކަންނުވެގެން ﷲ ކަލެއަށް ލައުނަތް ލައްވާ ނިކަމެތި ކިރަށްވާށި އާމީން

 25. ދެބޯ

  އަހަރެމެން ހާލުގައި ޖެހިއްޖެ ނަމަ ކަލޭވެސް ހާލުގައި ޖައްސާނަމޭ. އޭރުން މިރާއްޖޭގައި ކަލޭގެ އެއްވެސް އެއްޗެއް ނޯންނާނެކަން ހަނދާންކުރާތި މިހާރު ކަލެޔަށް މިވެގެން އުޅެގޮތް އަހަރެމެންނަށް އެނގޭ. ބޭރުގެ ފަރާތްތަކާ ގުޅިގެން ކަލޭ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނުން މަސައްކަތްފެށީމާ އެކަމާ ބިރުން ދޯ ތިޔަ އުޅެނީ. ކަލޭގެ ޒަމާން ނުދަނީސް ރީތި ގޮތުގައި ފައިސާ ދައްކާ..

 26. އައިމަން

  އެންމެ ލޯލާރިއެއްވެސް ނެތިނޫންތޯ 74 މިލިޔަން ދެއްކީ ދެއްތޯ އެންވީމާ ހަމަ ކާފޫރުހާ ހުދުވާނެ ނޫންތޯ؟

 27. ސޭވްއަސް

  ޕެޕަރ ސްޕްރޭ ޖަހައިގެން މީހަކު އައިސީޔޫ ގައި ބާއްވައިގެން މަރުވެއްޖެނަމަ ވެސް އެކަމުން އިބްރަތެއް ލިބޭނެއޭ މިހާރު މިގައުމުގައި ސްޓޭޓް އޮފް އެމެޖެންސީ ހިންގާފައިވަނި ކޮށް އީގޯ ސިންޑްރޯމް ޖެހިގެން އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރާ ހުރިހާ މީހުންނަށް. ސްޓޭޓް އެމެޖެންސީ ހިންގާފައިވާއިރު އެއީ މަނާ ކަމެކޭ މާލޭގެ މަގުމައްޗަށް އެއްވެ މުޒާހަރާ ކުރުމަކީ އެމްޑީޕީ އަށް ކުޅަދާނަ އެއް ނޫނޭ ޕޮލިހުން ނަށް ވެސް އަދި ސިފައިންނަށް ރިޝްވަތު ދީގެން މިގައުމަށް ބަގާވާތެއް ގެންނަން އެއީ ވާނެ ކަމެއް ނޫނޭ ފުލުހުންގެ ވެސް އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ފުލުހުންގެ އިދާރާ ގައި ހުންނަނީ އެއީ ސަރުކާރުގެ ތަކެއްޗާއި ތަންތަނޭ ހަމަ ސިފައިންގެ ވެސް އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ސިފައިންގެތެރޭގައި ވެސް ހުންނަނީ އެއީ ސަރުކާރުގެ ތަކެއްޗޭ ސަރުކާރުގެ ވެސް އަދި ދައުލަތުގެ ވެސް އެންމެ މަތީ ފަރާތަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ އޭ އެކަން ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އަންޑަރސްޓޭންޑް ނުވާނަމަ އަދިވެސް އުނގު ވިއްކަން ނިކުމެ އުޅޭށޭ ކުރިން އުޅުނު ގޮތަށް އުނގުވިއްކަމުން ބަނޑު ދޮންނަމުން ދާށޭ ދެކޮޅުން ނުރަ އަށް ވަންދެން ދަރިއަކު ވެސް ނުހޯދާ ރެއަކު ފިރިހެނެއް ގާތުގައި ނިދަމުން. ސޭވް އަސް ފްރޮމް ދެމް ސޭވް އަަސް ސޭވް އަސް ސޭވް އަސް ސޭވް އަސް.

 28. ސަަާފޯ

  މިލިއުމަށް ކޮމަންޓް ކުރައްވާފަ ތިބިބޭފުޅުންނަށް ދަންނަވާ ލަންއޮތީ ތިންކޮންމެ ބޭފުޅަކުވެސް ތި ވިދާޅުވާ ޤާސިމް އަތުން ކޮންމެސް އެހީ އެއް ލިބި އޭގެބޭނުން ވެސް ކޮއްފަ މިހާރު އެއްޗެއް ނުދެމޭތީވެ ހުރިހާބޭފުޅުންވެސް ހަސަދަވަނީ ގައުމުހަލާކުކުރީ ނަޝީދު ވަރަށްސަލާމް

  • ބަނޑު

   ރަނގަޅު! ގައުމުހަލާކު ކުރީ ނަޝީދު. ކޮންމެމީހަކު ކުރިއަސް އެއާއެކު ގާސިންގެ ބައިވެރިވުން އޮވޭ. ގާސިމަކީ ދިވެހީން ބަނޑަށްޖައްސާން އުޅެ ލުއްޗާއެއް. މާލެ ސަރަހައްދުބް 2 މިލިއަން އަކަފޫޓުގެ ބިން ކާލައިގެން ޓެކްސް ނުދައްކާ އޮތީ ގާސިން

 29. ދޮންބެ

  ކާއެއްޗެއް ނުލިބިއްޖިއްޔާ ފުރަތަވެސް ބަލާނީ ބުރުމާ ގާސިމުގެ ތަނެއްގައެއްޗެއް ހުރިތޯ

 30. ާބޮޑޭ

  އަހަރެމެންނަށް ރިޒުގު ދެއްވަނީ މާތްރަސްކަލާނގެ ރިޒުގަކީ ބުރުމާ ގާސިމް ދޭއެއްޗެއްނޫން ބުރުމާތީ ބޮޑު ބާޣީއެއް.

 31. ޖޯންއިކޫ

  ޤާސިމް ނެތް ނަމަ ޔަޤީނުންވެސް ސަރުކާރުތައް ރަނގަޅަށް ހިނގައި، ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ.

 32. ސަރީޔަންކަޓޭ

  ރާއްޖެ ބަނޑައް ޖެހުމުގެ މަގުމަތީގައީ.. މީހުން ބަނޑައް ޖެހުމުގެ މަގުމަތީގައީ.. މީފަހަރު ކާކައް މަގޫފަތެއްވެސްނެތް.. އީންޓަނެޓަކުން އަދީ ކައީބޮއެ ހެދޭކަށެއްނެތް.. ހާދަ ދެރަޔޭ...

 33. ސަރީޔަންކަޓޭ

  ތިޒިއްމާ ނަގަން ޖެހޭނެ މަނިކު ފާނު؟؟؟؟؟

 34. އެމީހާ

  މިއޮތް ހުރިހާދުވަހު މިރާއްޖެއަށް ކާބޯތަކެތި ތިޔަފޮނުވާދިނީ ކާސިމްބެދޯ؟ ކުރިއަށްއޮތް މަސްދުވަހު ކާސިމްބެ ކާޑު ނުފޮނުވިއްޔާ މިރާއްޖޭގެ އެންމެން ބަނޑަށްޖެހޭނެ. އެކަމަކު ސަރުކާރާ ދެކޮޅު އެންމެން އިސްތިސްނާ ވާނެ. އެބައި މީހުންނަށް ދުވަހުން ދުވަހަށް މަތިންދާބޯޓެއްގާ ޖަރުމަހުން ކާބޯތަކެތީގެ ޕާރސަލް ކާސިމްބެފޮނުވާނެ. ވަރަށްފޮނި. ނޫނޭ ސަޅި. ވާވާ.

 35. ފަގިޑި

  ކަލޯ ކަލޯގެ ވާހަކަތަކަށް ބެރުޖަހާނީ ކަލޯގެ ތިޔަފައިސާތަކަށް ބެރުޖަހާމީހުން މިސާލަކަށް ރިޔާޒުމެން އެމީހުން މެދުވެރިކޮށް އަވަހަށް ދޮގު ތެދައް ހެދޭތޯ މަސައްކަތް ފަށާ ބަލަ ތިމާމީހާގެ ޚަޒާނާގައި ހުރި އަހަރެމެންގެ ފައިސާތައް އަވަހަށް ދައްކާބަލަ ކަލޯ ހަނދާކުރާތި އަހަރެމެންގެ ފައިސާތައް ދައްކަން ކަނޑައަލާފައިވާ ދުވަސްތަކުގައި އެނުދައްކާ އިތުރުވާ ކޮނެމެ ދުވަހަކަށް ރާއްޖޭގެ ޚަޒާނާގައި އަޅުގަނޑަށްވާ ޙައްޤުފައިސާ ކަލޯ ނުދައްކާނަމަ އޭގެ އެންމެ ފައިސާފޮއްޗަކަށްވެސް ކަލޯ ދައްކަންޖެހޭނެ 1 ބިލިޔަންރުފިޔާ ހަނދާންކުރާތި ނޫނީ ތިގޮލާ މަރުވެގެންދާއިރުވެސް ސުއްދާނުހިފި ދިއުމަށް އަހަރެމެން އެދޭނަން
  ފާޑުފާޑަށް މީސްތަކުންނަށް ރިސްވަތުތައް ހޯދުމަށް މަގުދައްކާ ޤައުމު ހަލާކުރުމަށް މަސައްކަތް ކުރާއިރު ތިމާޔާމެދު މިންވަރު ވެދާނެ ގޮތަކާމެދު އަމިއްލައަށް ވިސްނުން ކީއްބާވާނީ!! ޗުސް ޗުސް މިހިރަ ގަމާރެއްދޯ!

 36. އަދުނާނު

  ފަނޑިޔާރުންނަާް ދިން ލޯނު އަނބުރާ ނަޣާފަ ރައްޔަތުންނަށް ދޭންވީނޫންތޯ. އޭރުން ތިކަމުން ސަލާމަތްވާނެ

 37. ޢަލީ

  މީނަދޯ ރިޒުގާބެހޭ މީހަކީ!

 38. ހުރަސް

  މި ގާރޫނާ ހެދި މިގައުމު މިކަލަކަށް އައިސް ހަލާކުވަމުން މިދަނީ!!!!!! މީނާ ހަލާކު ކުރައްވާނދޭވެ! މިހާރު މިއެދެނީ ރައްޔިތުން ބަނޑަށްޖެހިގެން ނަމަވެސް ތިމާމީހާޔަށް ވެރިކަން ވެރިކަން!!!!! ކަލެޔަށް ހަލާކު ހުރި ގާސިމޫ!!!!!!

 39. ނުރަބޯ

  ސުބްޙާނަﷲ. ވާންހުރިކަންތައް ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ ތަބާރަކަ ވަތަޢާލާ. މިމީހާއަކީ ކިޔޭ އެއްޗެއް ނުކިޔޭ އެއްޗެއްވެސް ނޭނގޭ މީހެކެވެ. އެއްފަހަރެއްގައި ދެއްކި ވާހަކައެއްގައި މިގާސިމުގެ ޖީބުން ރަޙްމަތުގެ ވާރޭ އެތައް ބަޔަކަށް ވެއްސަވާފަ ވާނެކަމަށް ބުންޏެވެ. އަހަރެމެންނަށް އެނގޭގޮތުގައި ރަޙްމަތުގެ ވާރެއާ ކޯފާގެ ވާރޭވެސް ވެއްސަވަނީ ގަދަފަދަ ވަންތަ މާތްﷲ އެވެ. އެހާވެސް މިކަލޭގެ ޖާހިލުކަން ބޮޑެވެ.

 40. އަލީ.

  ގާސި.މު ގާތު އޭރުވެސް ބުނިން ޔާމިނުއައް ވޯޓު ހޯދައިދޭން ނުދާށޭ އެމްޑީޕީ ގެ ނަޝީދު ފަހަތައް އެރިނަމަ މާރަނގަޅު ވާނެ މިހާރު އެނގޭނެ މިކަން

 41. ާއަލިބެ

  ހާދަ މައްޗަކަށް ގާސިމަށް ދެވިއްޖެހެން ހީވެއެވެ. ޣައިބުގަވާ ކަންތައް ވެސް އެނގެން ފެށީއެވެ!

 42. ކޮން

  އަސްލުގަ ގާސިމު ވިދާޅުވީ 1 މަސްދުވަސް ތެރޭގަ ގައުމު ބަނޑަށް ޖައްސާނަމޭ

 43. އަން

  ގާއްޓޭ ސަރުކާރު ވައްޓާލަން ފައިސާ ހަރަދު ނުކުރިނަމަ މިދުވަސް ނައަންނާނެ

 44. އަން

  ދެބަގާވާތުގެ ވެރިޔާ
  ބޮޑު މުނާފިގެއް

 45. ދޮނަބަންޑާރަ

  ކީއްކުރަން މަސްދުވަސްވަންދެން ބާއްވަނީ. މިހާރުވެސް ބަނޑަށްޖައްސަންވީނު. ކަލޭތަ ބަނޑަށްޖައްސާ ބަނޑަށް ނުޖައްސަނީ

 46. ގާސިމް

  މަ ދާނަން ޖާސިމް ގެ ރިސޯޓް ތަކަށް ކާން!

 47. މާނު

  މަހެއްހާދުވަސް ތެރޭ ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ގާސިމް ބުނުއްވަނީ އޭނަގެ ރިސޯޓް ތަކުގަ ތިބި މީހުން ބަނޑަށް ޖެހޭނެ ކަމުގެ ބިރުހީވާތީ ދައުލަށް ދަށްކަން ކުރި ރަތްއަތުންގެ ފައިސާ ދަށްކާށޭ ބުނީމާ ފިލައިގެން މި އުޅެނީ ވެރިކަމެއްނޫ ގެރިކަން ކުރެވޭނީ ގާސިމަށް،

 48. ދި މީހާ

  ބުރުމާ = ޓްރަމްޕް

 49. އިބޫ

  ރާއްޖެ ބަނޑަށް ޖެހުނަސް ކަލޭހުންނާނީ ކައި ފުރައިގެންނެއްނު. ކަލޭތަ އަޅުން ބަނޑަށް ޖައްސާ ރިޒްޤާ ހަވާލުވެހުރީ.

 50. ރުޒާނާ ޗޮއްޕަޓު

  ބަނޑަށް ޖެހުނީމަ ބަނޑުހައި ވާނީ އަހަރުމެން. ކަލޭ ބަނޑަކަށް ނުޖެހޭނެނު. އަހަރުމެން ބަނޑަށް ތިބެގެންވެސް ދީނާއި ގައުމު ވިއްކާނުލާނަން. ގަހެއްގަ މުލުގަ ދަތް އަޅައިގެން އޮވެ މަރުވަން ޖެހުނަސް ތިބޭނީ ދީނާއި ގައުމުގެ ހިމާޔަތުގަ. ކަލެއަށް ސާފުވޭތަ އެބަ މިކިޔާ އެއްޗެއް.

 51. ރުޒާނާ ޗޮއްޕަޓު

  މީނަގެ ހުރިހާ ރިސޯޓްތަކެއް ދައުލަތަށް ނަގަން މަށަށް ފެންނަނީ. މީ ނަޝީދާ ޖެހުނު ދެވަނަ ގޮށްރާޅު.