ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއާ) ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 10.02 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި އެމްޓީސީސީން މަޝްރޫއުތައް ހިންގަމުން އަންނައިރު، މިއަހަރުގެ މިހާތަނަށް އެ ކުންފުނިން ވަނީ 17 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައެވެ.