ދާދިފަހުން ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ ފިލްމީތަރި އަބްދުﷲ މުއާޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާ ދަރަޖައަށް ތައުރީފް ކުރަމުން ގެންދަނީ އޭނާއަށް "މުސާރަ ހަލާލުވާނީ" އޭރުން ކަމަށް ވާތީ ކަމަށް ބުނެ ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަން ފަށައިފިއެވެ.

މުއާޒް ސިޔާސީ މަގާމަކަށް އައްޔަން ކުރީ ވެސް ޓްވިޓާގައި ރައީސް ސޯލިހަށް ތައުރީފްކޮށް ވާހަކަދައްކަން ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ އައްޔަން ކޮށްފައި ވަނީ މަހަކު -/25000 ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއަކަށެވެ. އެއީ އެންމެ ފަހުން އައިޖީއެމްއެޗް އިން އިއުލާން ކުރި އެހޮސްޕިޓަލްގެ ޑޮކްޓަރެއްގެ އަސާސީ މުސާރައަށްވުރެ ވެސް ބޮޑު މުސާރައެކެވެ.

މުއާޒަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އިއްޔެ ސިނަމާލެ ބުރިޖާއި ގުޅޭ ގޮތުން ކުރި ޓްވީޓެއްގެ ސަބަބުންނެވެ. މުއާޒުގެ ޓްވީޓެއްގައި ބުނީ ސިނަމާލެ ބުރިޖުގެ ތަސައްވުރަކީ ކުރީގެ ރައީސް މައުމޫނުގެ ވިސްނުންފުޅެއް ކަމަށެވެ. އެކަމަށް ހިނގާނެ ހަރަދުގެ ތަފްސީލު ހެދީ ކުރީގެ ރައީސް ނަޝީދު ކަމަށާއި އެކަމަށް ބޭނުންވާނެ ހުރިހާ ފައިސާއެއް ހޯދީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް މުއާޒް ބުންޏެވެ.

މުއާޒުގެ ޓްވީޓަށް ރައްދު ދިން މީހަކު ބުނީ މުއާޒްގެ ޓްވީޓަކީ ހަސަދަވެރިކަމުގެ އެންމެ މަތީ ދަރަޖައިގެ ޓްވީޓެއް ކަމަށެވެ. އެއީ ބުރިޖު އެޅުމަށް ކުރީގެ ރައީސް ޔާމީން ކުރި މަސައްކަތް ޓްވީޓްގައި ފާހަގަ ކޮށްފައި ނެތުމުންނެވެ. ބުރިޖު އެޅުމުގައި އެހީތެރިކަމެއް ދިނުމަށް ޗައިނާގެ ރައީސް ޒީ ޖިން ޕިންއަށް ހުށަހެޅުއްވީ ސީދާ ޔާމީނެވެ. ބުރިޖުގެ މަސައްކަތް ފަށައި، އަދި އެމަސައްކަތް ނިންމުމަށް ފަހު ބުރިޖު ބޭނުން ކުރަން ފެށީ ވެސް ޔާމީންގެ ވެރިކަމުގައެވެ.

ބުރިޖަށް ހިނގާނެ ހަރަދުގެ ތަފްސީލު ހެދީ ނަޝީދު ކަމަށް މުއާޒް ބުނިއިރު ނަޝީދުގެ ވެރިކަމުގައި ބުރިޖުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މުއާޒްގެ ޓްވީޓަށް ފާޑުކީ އިތުރު މީހަކު ބުނީ މުއާޒަކީ ނުކިޔަވާ ހުރި ޖާހިލެއް ކަމަށެވެ. އިތުރު މީހަކު ވަނީ ސިޔާސީ މަގާމެއް ލިބޭއިރަށް "ހޭބަލިނުވުމަށް" މުއާޒަށް ނަސޭހަތް ދީފައެވެ.

އިތުރު މީހަކު ބުނީ "ލަދެއް ހަޔާތެއް ނެތިއްޔާ ދެން ކޮންމެ ކޮހެއް ވެސް ގޮވަންވީ." ކަމަށެވެ. "ރައީސް ސޯލިހް ސިޔާސީ މަގާމުދީ ދައުލަތަތް ހުސް އަރުވާލީ މިކަހަލަ ބުރާންތިންނަށް ބަހާ. މިހަގީގަތް ބަދަލެއް ނުވާނެ." އޭނާ ބުންޏެވެ.

މުއާޒް އުޅުނީ ވަރަށް މޮޅު އެއްޗެއް ކިޔަން ކަމަށާއި ނަމަވެސް އޭނާ އަށް ކިޔުނީ ޖޯކެއް ކަމަށް ވެސް މީހަކު ބުންޏެވެ.

މުއާޒަކީ ޔާމީންގެ ވެރިކަމުގައި ވެސް ސިޔާސީ މަގާމެއް ދެފަހަރެއްގެ މަތިން ފުރި މީހެކެވެ. އޭނާ އަށް މިސަރުކާރުން ސިޔާސީ މަގާމެއް ދިނުމުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމަށް ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ޙަސަނުލް

  އެއްވެސް އިރެއްގަ ލަދު ޙަޔާތެއް ހުރި އެއްޗެއް ތަ ތީ ބަނގުރާ މައްސަލަ ކޮބާތަ ނިމުނީތަ

  121
  1
 2. ސޯސަލް މީޑިއާ ސިޔާސީ ކޮހުން

  މިހާރު ކިޔާވަގެން ހުރުމަށް ވުރެ ބޮޑަށް ބަލަނީ ހަޔާތްކުޑަ ވުމަށް

  110
  1
 3. ** މުއާ

  ނަޝީދު ތޮރުފި އެންމެ ބޯހޯލެއްވެސް ނޯންނާނެ ތިބުރިޖްގެ ސާވޭ ހަދަން. ބޯހޯލު ނުތޮރުފާ ސާވޭ ނުކޮށް ދާނެ ހަރަދު އެނގޭނެ އެއްބެސް ގޮތެއް ނޯންނާނެ.

  30
  1
 4. އަފީ

  ދިވެހި ރައްޔިތުން އަޑު އަހަން ބޭނުން ވަނީ ތަސައްވަރެއް ނޫން! ރައްޔިތުން ދެކެން ބޭނުންވަނީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްފަހު އެކަން ރައްޔިތު މީހާ ލޮލަށް ދައްކާ މީހަކު.. މިކަން ފެނިގެން ދިޔައީ ރައީސް ޔާމީން ގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ސިނަމާލެ ބުުރިޖް މަސްރޫ ފަތުއަޑު ކިޔާފައި ނިންމި ތަން. 30 އަހަރުގެ ތަސައްވަރުތައް ވީ ފަޒާގައި. 3 އަހަރު ތަސައްވަރު ތައް ވީ ކަނޑު އަޑީ ގައި. ސޯލިހުގެ ތަސައްވަރުތައް ވީ ދުނިޔެއިން ބޭރުގައި. ރައީސް ޔާމީންގެ ތަސައްވަރުތައް މިހިރީ ރައްޔިތުން އަތުޖެހޭ ހިސާބް. ހެޔޮނުވާނެ މުސާރަ ތިގޮތަށް ހަލާލް ކުރަން. މަގޭ އަންހެނުން ހުރީ އައުރަ ނިވާކޮށްގެން އިންސާ ﷲ

  17
  2
 5. ނަޒީ

  މިކަލޭގެ މީނީ ރަގަޅަށް ބޮނޑިދަށުލާފަ!

  76
 6. ހަސަނު

  މިކަހަލަ ތަނެއްދޮރެއް ނުދައްނަ ސޮހޮލުން ލައިގެން މިސަރުކަރު ހިންގަނީ. މީނަމީކާކު.

  94
 7. އަހުމަދުކަ

  ބަލަ ތިކިޔަނީ ކީކޭ ފިލްމު ކުޅޭ މީހެކޭ ދޯ އޭނަ ޔާމީން ދައުރުގަ ވެސް ލާރި ދިނީމަ ސަރުކާރަށް ވަދެ ފިލުމު ކުޅުނީ މިހާރު ވެސް ލާރި ދިނީމަ ފިލުމު އެ ކުޅެނީ... ޑްރާމާ މޭން

  62
  1
 8. ރާއަލިފް

  އެޓްވީޓް ލިޔުނީ ވެސް އެބުނާ ޒާތުގެ ހާލަތުގެ ހުރެގެން ވެސް މެ

  69
 9. ވިސްނާލުމަށް އެދެމޭ

  ތަސައްވު ރު ކު ރަހާ ހިޔާލުނުކު ރާ މީހެއް ނުހުންނާނެ އެކަމަކު ތަސައްވު ރުގަ ކުލަޖެއްސެނީ މަދުމީހަކަށް....އެގޮތުން މުހައްމަދު އަމީނުވެސް ބް ރިޖް ތަސައްވު ރެ ގެންގުޅުނުކަމަށް ފޮތްތަކުގައެބަވޭ.. ހަސަދަވިޔަސް ހައްގުބަސްނޫނީ ބުނަންނުޖެހޭނެ ރޔާމީނަށް ހައްގު ސަނާ އަދިވެސް ނުކިޔޭ ހައްގުވާވަ ރަށް އެއީ އެހާ މަސައްކަތް ކޮއްދީފި ފަސްއަހަ ރުގަ..ޝުކު ރިއްޔާ ދިވެހިންގެ ދިވެހި ރައީސް ރޔާމީނަށް..

  24
  2
 10. އައްޑޫ ސިޓީ

  އެސޮރު މައްމަވެސް ބުންޏޭ އެސޮރަކީ ލަދުހަޔާތުގެ ކަންފުޅެއް ހުރިސޮރެއް ނޫނޭ. އެސޮރުދެކެ މައްމަވެސް ބިރުގަނެއޭ.އެސޮރުއެކަނިވާ ވަގުތުގައި ގެއަށް މައްމަވެސް ނުވައްނަކަމަށްވަނީ.

  21
  2
 11. ރަދީފުލް ކުމާރު

  މިޓުވީޓުތަކުން ދައްކައިދެނީ މީނާގެ ސިކުނޑިގާ ތެތްކަމެއްނެތްކަން. ތެތްކުރަން ގިނައިން މޫދަށްދާންވީ ގޮނޑިހޫނުކުރަންނުހުރެ.

  16
  1
 12. އަލީ

  އަހަރުމެން ހައިރާނެއް ނުވޭ!!! އިނބިލީހައްވެސް ފަސޭހައިން އަތުވާނީ މިކަހަލަ އަކުރެއް ބަކުރެއް ނޭންގޭ ސޮހޮލުން. އަނެއްކޮޅުން ސޯލިހައްވެސް އެއްމެ ކަމުދާނީ މިބާވަތުގެ މީހުން... މިމީހުން ހީކުރަނީ ދުނިޔެމަތީ ހައްތަހާވެސް އުޅެނީ މިމީހުން ކަހަލަ ގަމާރުންކަމައް.....

 13. އަލި

  އަހަރެމެން ދުވަޅު ހަތަރުދަމު ޑިއުޓީ ކުރީމަ މަހު މުސާރައަށް ލިބެނީ 7 ހާސް ރުފިޔާ... ތާކު ހުރި ބޮޑު ދައްޔޫސަކަށް މަހަކު 25000 .... ކިހާ ތާހިރު

  25
 14. ރަދީފް

  ލަދު ކޮބާ މުއާޒު؟؟ މަހަށް ދޭބަލަ.

  24
 15. ވިސްނާ

  މުއާޒް ދޮގުހަދައިގެންނަމަވެސް މަގުސަދުހާސިލްވެއްޖެކަމަށް ނުބައްލަވާ
  ހައްގުނޫން ތަޢުރީފެއްކުރުމުން ތިފަދަމަގާމަކާ، ތިފަދަބޮޑުމުސާރައެއްދިނީ
  އެމަގާމްހަމަޖެއްސިފަރާތުގެ ލާރިއަށްވާތީއެއްނޫން އެއީ ރަށްޔިތުންގެ ހައްގެއް ވީމާ، އުފެދޭސުވާލަކީހައްގުނޫން އަމިއްލައެދުމުން ފުރިގެންވާތައުރީފެއްކުރުމުން ލިބެމުންދާފައިސާތަަކަކީ ހަލާލުއެއްޗެއްތޯއޭ ހަލާލުނޫންއެއްޗެއްބޭނުންކުރުމުން އޭގެބަދަލު މިދުނިޔޭގައި ނުލިބުނުކަމުގައިވިއަސް ހުރިހާކަމެއް އިންސާފްކުރައްވާނެ ދުވަހެއްވޭ ވީމާ، މިހާރުތިއީ ވަގުތީކަމެއްކަމަށް ބައްލަވާ ހައްގަށްނަސްރުލިބޭނެކަން އެއީ ޔަގީންކަމެއް އެއްވެސްކަމަކީ ތަސައްވަރަކުން ކުރެވޭނެކަމެއްނޫން އެކަމުގެ
  ހެއްކެއް ޔާމީންވެރިކަމުގައި ގައުމަށް ގެންނެވި ކުރިއެރުމާ ތަރައްގީއަކީ ކުރިން ތަސައްވަރުކޮށް ފޮނިބައިސަކަނޑައިގެން ގެންނެވި އެއްޗެއްނޫން
  އެމަނިކުފާނުގެ ވިސްނުންފުޅާ ގައުމާ،ރަށްޔިތުންދެކެލޯބިވެލައްވާތީ ކުރެއްވި
  ކަންތައްތަށް މިއީ ހަގީގަތް ކިތަންމެވަރަކަށް އެބޭފުޅާއަށް ވަގަށް ގޮވިކަމުގައިވިއަސް ހަގީގަތެއްބަދަލެއްނުކުރެވޭނެ ތަސައްވަރުކިތަންމެވަރަކަށް
  ކުރިކަމުގައިވިއަސް އެއްވެސްކަމެއްނުކުރެވޭނެ އެކަމެއްކުރީމައިނޫނީ 30 އަހަރުވަންދެންވެސް ތަސައްވަރުކުރެވިދާނެ އެފަދަދިގު މުއްދަތެއްގައި ނުރެވިހުރި ( ނުކޮށްހުރި ) ކިތަށްކަންތަށްތޯ އެއަށްވުރެ ކުރުމުއްދަތެއްގައި
  ދިވެހިގައުމުގެ ރައީސްކަންކުރެއްވިބޭފުޅަކު ކުރެއްވީ ތަސައްވަރުކުރެވިދާނެ
  ކިތަންމެމޮޅަކަށްވެސް ބައެއްފަހަރު އެކަހަލަތަސައްވަރުވޭ އަމިއްލައެދުންބޮޑު
  ބައެއްގެލޮލުގައިއަޅުވާ އަދުނެއްކަމުގައި ވީމާނޫންތޯ އާއުސްމިންތަކާ،1ރިޒޯޓް
  އޮތްކަމުގައިިވިއަސް ގައުމުހިންގާނެކަމަށްބުނެ އަޑަށްބާރުލާފައިގޮވީ ނަމަވެސް
  30 އަހަރުންނުގެންދެވުނު އުސްމިންތަކަށް ގެންދެވޭނެތޯ ރަށްޔިތުންހާރުވަން
  ތަސައްވަރުކުރެވިދާނެ ހުރިހާރަށްޔިތުން ހަނދަށްގެންގޮސް އެތަނުގައި ދިރިއުޅެން ނަމަވެސް އެއީ ވާނެކަމެއްތޯ އެހާގާބިލްކަންހުންނާނެތޯ

  5
  1
 16. ދައުރު

  މިކަހަލަ ސިޔާސީ މީހުންހެ މަސައްކަތަކީ ޓްވީޓް ކުރުންދޯ. ހަލާލު ވާނެބާ ނަގާ މުސާރަ.

  22
 17. ސަޓޯ

  މުއާޒަކީ ނުކިޔަވާ ހުރި ޖާހިލެއް

  29
 18. ނާދިރާ

  ލަދެއް ނުހުންނާނެ އިބިލީހު ގެ އަމަލުތަކަކު

  25
 19. ޢަޒު

  މިހިރަ މޮޔަޔާ މީހަކު ތަސައްވުރެއް ކޮއްލުމަކުން ނުފުދޭ ނިކަން ގަޓް ހުރި ރައީސަކު އެހެރީ ބްރިޖް އަޅާފަ ދައްކާފަ އަނގަ ނުތަޅާ ހުރޭ

  28
 20. ޅަބޭ

  ހުސް މިކަހަލަ ނުކިޔާވާތިބި ޖާހިލު މިނާފިގުން މި ގައުމު ހިންގަންތިބީ.... ދެން ކިހިނެތް މިތަނައް ސަހަލު ތަރައްގީއެއް އަންނާނީ...

  20
 21. އަހުމަދު

  އެއީ ވަޒީފާގެ ބަޔެކެ، ތަންދޮރު ނުދަންނަ މީހުން ލައްވާ ދޯ އެކަހަލަ ވާހަކަ ލިޔެވޭނި

  10
 22. ޢިންސާފް

  ރަށު ކޯތެއްގެ މެޖިސްޓްރޭޓް އަކައް ލިބޭ މުސާރައަކީ 23600 ރުފިޔާ އަދިވެސް ސިޔާސީ މީހުންނައް ބޮޑު މުސާރަދޭތި އޭރުން އިނަްސާފު ގާއިމްވާނެ

 23. ސިޑް

  މުއާ ދޭބަލަ މަހަށް... ނޫނީ ބޮލި ހިލަން

 24. ކަހަނބު

  އަޅޭ. އެމް.ޑީ.ޕީ އަށް މަރުދޭ އެތައް އެތައް ބަޔަކު އަނގަޔާ އަތާ ދިމާ ނުވެފަ ހުއްޓަ ޔާމީނު ފަހަތުން ދުވި ފިލްމްކުޅޭ މުއާއަށް މަހަކު 25000 ރ ގެވަޒީފާއެއް.
  ހިއްވަރު ކުރާތި އެމް.ޑީ.ޕީ ކުދިން....ލޮލް

 25. ޙަސަން

  ބުރިޖު ގެ ހުރިހާ ކަމެއް ކުރީ ޔާމީން