ރިޔާސީ ނިޒާމުގައި ރާއްޖެ ދެން ތަރައްގީ ނުކުރެވޭނެ ކަމަށާއި އެ ނިޒާމުގައި ބަޖެޓްގެ ދެބައިކުޅަ އެއްބައި ދަނީ ވަޒީރުންގެ ޖީބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅު އިހަވަންދިއްޕޮޅު ސަރަހައްދުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމްކޮށް މެރިޓައިމް ސިނާއަތެއް އުފައްދަން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ހަލީމް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގެ ޚިޔާލާތު އައީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ފެށި ގިނަ މަޝްރޫއުތައް ދެން އައި ދެ ސަރުކާރުން ކުރިއަށް ނުގެންދިއުމުން ރައްޔިތުންނަށް ވަރަށް ބޮޑު އެއްޗެއް ގެއްލިގެން ކަމަށް ހަލީމް ވިދާޅުވިއެވެ.

ނަޝީދުގެ އަރިސް ހަލީމް ދެން ފާހަގަ ކުރެއްވީ، ނަޝީދު ވެސް ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމުގައެވެ. ރިޔާސީ ނިޒާމުގައި ވަޒީރުން ކައިރީ ސަލާން ޖަހައިގެން ނޫނީ ތަރައްގީ ނުގެވޭނެ ކަމާއި، އެހެންވެ ތަރައްގީގެ ދުވެލި ވަރަށް މަޑު ކަމަށް ވިދާޅުވިއެވެ.

"ބަޖެޓް އައިމަ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް މަޖިލީހަށް އައިސް ބަޖެޓް ހުށަހަޅާ އޭގެ މައުލޫމާތު ދޭނެ، ދެން އަނެއްކާ ވެސް ފެންނާނީ އަނެއް އަހަރު ބަޖެޓަށް ވީމަ، އެހެން ވަނީ ރިޔާސީ ނިޒާމުގައި މަޖިލީހުގައި ވަޒީރުން ނުތިބޭތީ،" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އަވަސް ތަރައްގީގެ ދުވެލިއެއް ރައްޔިތުންނަށް ގެނެސްދެވޭނީ ރައްޔިތުން އިންތިޚާބުކޮށްގެން މަޖިލީހަށް ވަންނަ މެންބަރުންނަށް ވަޒީރު ކަން ދެވޭ ގޮތަށް ނިޒާމުބ ބައްޓަން ކުރެވިގެން ކަމަށެވެ.

"މުޅި ބަޖެޓު ދިނީމާ އޭގެ ދެބައިކުޅައެއްބައި ބަޖެޓު ވަދެގެން ދަނީ ވަޒީރުންގެ ޖީބަށް. އަޅުގަނޑު ނުދަންނަވަން އަދި މި ސަރުކާރުގެ ވަޒީރުން އެ ވަރަކަށް ކެއި ވާހަކައެއް،" ހަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަވާސާ ހަމީދު

    ތެދުފުޅެއް ބަރުލަމާނީގައި ނުކިޔަވައިތިބި ޖާހިލު ވަޒީރުންގެ ޖީބަށް!

    30
  2. އަލީ

    ހަލީލުމެން ތިވާހަކަ ދެއްކީމަ ތާހިރެއްނޫން!!!

    25
  3. އަހުމަދު

    އޭގެ ބަދަލުގައި ބައިވަރު މެމްބަރުންތަކަކައް ހުރިހާ ބާރެއް ދިނީމާ މެމްބަރުންގެ ޒިންމާ ބޮޑުވިއްޔޭ، ކޮންމެ މެންބަރަކަށް މަހަކު މިލިޔަނެއް ލިބެންވާނޭ ކީމަ މާ ހަޑި. #ބަރުލަމާނީއައުޓް

    26
  4. އައިސަ

    ބިލެތާ ކަލޭމެން ކަހަލަ އަންނިގެ ރޯނު އެދުރު ފަހުލަވާނުންނަށް ވަޒީރުކަން ދެވޭ ބަރުލަމާނެއް ބޭނުމެއް ނުވޭ!

    23
  5. Anonymous

    ކުރިން އޮތްގޮތަށް ވިރާޘީ ރަސްކަމުގެ ނިޒާމު ރާއްޖެއަށް އަލުން ތަޢާރަފުކުރަންވީ . އޭރުން ރަސްގެފާނު އެކަނިނު ކެޔަސް ކާނީ ! ދޮންބިލެތާ ޕްރިޕެއިޑް ޝިއުނާ މެން ކަހަލަ މީހުންނަށް ރިޒޯޓް ހަދަން ރަށް ރަށެއް ނުލިބުނީސް އެހެން އޮތްނަމަ

    23
  6. އެދުރުބޭ

    ތަނެއް ދޮރެއް ނުދަންނަ މީހުން ދައްކާނީ ދެއުޅިއެއް ނުވާވާހަކަ. ތީ އޭގެ އެކެއް. ބަޖެޓް ބޮޑުވަނީ ރިޔާސީ ނިޒާމު ވީމައެއް ނޫން. ސެންޓްރަލް ގަވަރމަންޓެއެއް ވީމަ. ނިކަން ފެޑެރަލް ސިސްޓަމެއް ގެނެސް ބަލަ ރިޔާސީ ނިޒާމު ބާއްވާފަ.

  7. މަޖިލިސް މުސާރަ

    ކެވޭވަރު މަދީތަ އަދިވެސް. ދައުލަތުން އެންމެ ބޭކާރު ހަރަދު ކުރަނީ ކަލޭމެނައް

    11
  8. އަހުމަދު

    ތިއުޅެނީ ބޮޑުވަޒީރު ޖީބައް އެކަނި ބަރުކުރަން

    10
  9. ވަގާރު

    ބަރުލަމާނީ ނިޒާމުގައި ހުރިހާ ފައިސާއެއް ވަންނާނީ އަދި ޚަރަދު ކުރަންޖެހޭނީ ބޮޑުވަޒީރަށާއި ކޮރަޕްޝަންގެ ފައިސާ އިން މަޖިލީހަށް ހޮވޭ ނުކިޔަވާ ތިބި ޖާހިލުންނަށް! މިހާރު ވެސް ރައްޔިތުންގެ ބައިތުލްމާލުން ދުވާލެއްގެ މައްޗަށް ލައްކައިން ލައްކައިން މި ޚަރަދު ކުރަނީ ބޮޑު ވަޒީރަށް! ކަނުންނަށް ފެންނާނެ އެއްޗެއް ނެތް! ރައްޔިތުން ތިބި ހާލެއް ތިބޭފުޅާ އަށް އެނގިލައްވައިތޯއެވެ؟

  10. އޮޅުވާނުލާ

    މޮޔަނުގޮވާ. ތިބުނީ ބަރުލަމާނީ ނިޒާމުގަ ކަންތައް އޮންނަ ގޮތުގެވާހަކަ. އޮޅުވާލެވޭނީ ބޮޑިބަތް ކާންދިން މީހުންނައް.

  11. ލަދުންބޯ ހަލާކް

    ރިޔާސީ ނިޒާމުގައި ބަޖެޓްގެ ބޮޑު ބައެއް ދަނީ ވަޒީރުންގެ ޖީބަށް: ހަލީމް ތިޔަހެން ކިޔާމީހާގެ ޖީބައްރިޔާސީނިޒާމުގަ ވަދެފަ ވޭތޯ ބައްލަވާދެއްވާ އާނމުރައްޔިތުންނައް ހާމަކޮއްލަދެވިދާނެތޯ ކިތައްފަޅުރައް ޖީބައް ލައްވައިގެންތޯ ތިޔަ ހުންނަވަނީ ވެދުމޭ ވިދާޅުވާން