ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސް އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް" ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ މިޞްރުގެ ވަފްދު ރާއްޖެ ވަޑައިގެންފިއެވެ.
އެ ވަފްދު ރާއްޖެ ވަޑައިގެންފައި މި ވަނީ މިއަދުގެ ވަގުތެއްގައެވެ. މިވަފްދުގައި މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނި ވަޑައިގަންނަވައެވެ.
އެ ކޮންފަރެންސްއަކީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އެކެވެ.
އެ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ހަތަރު ޤައުމަކުން ބައިވެރިވެފައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، ސޫދާން، ޖޯޑަން، އަދި މެލޭޝިޔާ ހިމެނެއެވެ.
އެއް ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށްގެންދާ އެ ކޮންފަރެންސްގެ މަޤްސަދަކީ ފަތުވާގެ ޒަރިއްޔާއިން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ފަތުވާގެ ދައުރު ފުޅާކުރެވޭނެ ގޮތްތަސް ދެނެގަތުމާއި، އިސްލާމީ ބޮޑެތި ޤައުމު ތަކުގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްތަކާއި ގުޅުން ބަދަހިކުރުމާއި، އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި އެއްބާރުލުމުގެ ރޫހު ހާމަކޮށްދިނުމެވެ.
ކޮން އާކަމެއް ތިޔަ މުފްތީއަކު ފަތަވާ ދޭނީ؟؟
ތިއިީ ފަތުވާ ކޮމެޓީއެއް ނޫން ފަސާދަ ކޮމިޓީއެއް. އިސްލާމްދީން މީށްތަކުންނައް އޮޅިވާލާ ލާދީނީ ކޮމެޓީއެއް