އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި މި މަހުގެ 21 ވަނަ ދުވަހު ހައްޔަރު ކުރި 19 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި އަންހެން މީހާ އަށް އަނިޔާ ކުރީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭގެ ލިފްޓު ދޮށުގައެވެ. ލިފްޓުން ނެރެގެން، މާލޭގައި ހުންނަ ފިރިހެންމީހާގެ ގެއަށް ގެންގޮސްގެން އަންހެން މީހާ އަށް އަނިޔާ ކުރި ކަމަށްވެއެވެ.

"ލިފްޓް ތިރިންވެސް ތަޅަމުން ގެންދިޔައީ، ތިރިއަށް ގޮސްފައި، އަމިއްލަ މީހާގެ ބޯވެސް ފަޅާލިއޯ ދޫކުރާށޭ ބުނީމަވެސް، ދެން ސައިކަލަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ހުޅުމާލެ އިން މާލެއަށް ހެލްމެޓްވެސް ނާޅާ". މައުލޫމާތު ވަަރަށް ރަނގަޅަށް އެނގޭ މީހަކު ކިޔައި ދިނެވެ.

އިއްޔެ މި މީހާ ދޫކޮށްލާފައިވާއިރު، ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާ ދޫކޮށްލަން އަމުރު ކޮށްފައިވަނީ ގައިގާ އަތްލުމުގެ ކުށްކުރިކަމަށް ބެލެވޭ ހެކި ލިބިފައިވީ ނަމަވެސް، ތުހުމަތުކޮށް ތަހުގީގު ކުރަނީ ގައިގައި އަތްލުމާއި އަނިޔާއެއްގެ ކުށަށް ވެފައި ޖިސްމާނީ ބޮޑު އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގު ނުކުރާތީ ކަމަށެވެ.

މި މީހާ ބަންދުން ދޫކޮށްލި ނަމަވެސް، ވަކި ކަންތައްތަކަކަށް ޝަރުތު ކޮށްފައިވެއެވެ. އެގޮތުން، އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު 7:00 އާ ހަމައަށް ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަދުލު އިންސާފު ދިޔާވެގެން މިހިރަ ފައިބަނީ

  2. ކެރަފާ

    އަންހެނުން ވެސްތިބެނީ މޮޔަވެފަ ތަނަކުން ފިހެނަކު ފެއްނައިރަށް ހިތާވާނެ ތަނެއްދޮރެއް ދޮރާއްޓެއް ބަލައިނުާނެ ...

    3
    1
  3. މަކަރު

    ދެން ބުނާނީ ކޯޓުތައް އިސްލާހުކުރާށޭ މިއުޅެނީ. ކިޔާފަ އެ ބަހަނާގަ ހުރިއްޔާ ހުރި ރަނގަޅު މީހެއް ބޭރުކޮށްލަަފަ މޑޕ ޕަޕެޓެއް ލާނީ. ދެން އެހިސާބުން ތިންބާރު ...