ސްކޫޓް އެއާލައިނާއި ގުޅިގެން މިދިޔަ ރޯދަމަހު ހޮޓެލް ޖެން އިން ބޭއްވި ހޮޓެލް ޖެންގެ ރަމަޟާން އިފްތާރު ގެ ނަސީބުވެރިން ހޮވައިފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިޔާތެއްގައި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

ހޮޓެލް ޖެންގެ ރަމަޟާން އިފްތާރުގެ ނަސީބުވެރިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ކޮންމެ އަހަރަކުވެސް ހޮޓެލް ޖެން އިން ރޯދަ ވީއްލަން ދާ މީހުންގެ މެދުގައި ގުރުއަތުލައި ބޮޑެތި އިނާމުތައް ދޭއިރު މިފަހަރު ހަ އިނާމެއް މިއަދު ވަނީ އޭގެ ނަސީބުވެރިންނަށް ދީފައެވެ.

ސްކޫޓް އެއާލައިން އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ތެރެއިން އެއްވަނަ އަށް ދިޔަ ފަރާތަށް ވަނީ ސިންގަޕޫރު ދެކޮޅު ޓިކެޓާ އެކު ސިންގަޕޫރުގައި ހުންނަ ހޮޓެލް ޖެންގެ ޓެންގްލިން ހޮޓަލުގައި ދެ މީހަކަށް ތިން ދުވަހުގެ ހުރުން ބްރޭކްފާސްޓް އާއެކު ދީފައެވެ.

ހޮޓެލް ޖެންގެ ރަމަޟާން އިފްތާރުގެ ނަސީބުވެރިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި ޕްރޮމޯޝަންގެ ދެވަނަ އިނާމަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއެކު އެގައުމުގައި ހުންނަ ހޮޓެލް ޖެންގެ ޕެނޭންގް ހޮޓަލުގައި ދެމީހެއްގެ ހުރުން ބްރޭކްފާސްޓް އާއެއެކު ތިން ދުވަސް ހުރުން ވަނީ ދީފައެވެ.

ތިންވަނަ އަށް ދިޔަ ފަރާތަށް ފިލިޕީންސް ދެކޮޅު ޓިކެޓު ދެމީހަކަށް އަދި މެނީލާގައި ހުންނަ ޖެން ހޮޓެލްގައި ދެ މީހަކަށް ތިން ދުވަހުގެ ހުރުން، ބްރޭކް ފާސްޓާއެކު ވަނީ ދީފައެވެ.

މި ތިން ޑެސްޓިނޭޝަނަށް ޓިކެޓް ސްޕޮންސާ ކޮށްފައިވަނީ ސްކޫޓް އެއާލައިނުންނެވެ. ސްކޫޓް އެއާލައިނަކީ 66 ޑެސްޓިނޭޝަނަކަށް ދަތުރުކުރާ ސިންގަޕޫރް އެއާލައިނުން ހިންގާ ބަޖެޓް އެއާލައިނެކެވެ.

ހޮޓެލް ޖެންގެ ރަމަޟާން އިފްތާރުގެ ނަސީބުވެރިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މީގެ އިތުރުން ޖެންގެ އިފްތާރުގައި ބައިވެރިވާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހަތަރު ވަނައަށް ހޮވޭ ފަރާތަކަށް ކުުއަލަލަންޕޫރުގައި ހުންނަ ޓްރޭޑާސް ހޮޓަލުގައި ދެމީހެއްގެ ހުރުން ބްރޭކްފާސްޓާއެކު ލިބިފައިވެއެވެ.

އަދި ފަސްވަނަ އަށް ދިޔަ ފަރާތަށް ތިން ދުވަހު ހޮޓެލް ޖެން ހޮންކޮންގްގައި ދެ މީހެއްގެ ހުރުން ބްރޭކް ފާސްޓާއެކު ލިބިފައިވާއިރު ހަވަނައަށް ދިޔަ ފަރާތަށް ޗައިނާގައި ހުންނަ ހޮޓެލް ޖެން ޝެންޔަންގްގައި ދެމީހެއްގެ ހުރުން، ވަނީ ލިބިފައެވެ.