ކުށްކުރާ މީހުންނާއި، ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންނާ ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވާ އިމްރާން ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައިހަމަ ކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ލިބިފައިވާ ފުރުސަތާއި، ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބި ދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން އިމްރާން ފާހަގަކުރެއްވިއެވެ. މިދަތިކަން އޮތް ދުވަސްވަރު އަންނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއްކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަ ޖެހޭގޮތަކަށް ނޫން. މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ. މި ހާލަތުގައި ވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ގަބޫލުކުރަން." އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އޮފިސަރުންތަކެއް

ބަޖެޓް ކޯޑްކޮށް ތަރުތީބުކުރެވިފައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ހާއްސަކޮށް ތަމްރީނާއި، ހުނަރަށް ހޭދަކުރެވޭ މިންވަރުވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައުއަށް ދައްކައިދޭން ޖެހޭކަމަށެވެ.

މުއައްސަސާއަށް މަތިކޮށްފައި އޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށާއި، މުޖުތަމައު ޝަރަފްވެރި މުޖުތަމައުއަކަށް ވެގެންދަނީވެސް ފުލުހުންގެ މުއައްސަސާ ޝަރަފްވެރި މުޖުތަމައުއަކަށްވީ މިންވަރަކުން ކަމަށް އިމްރާން ވިދާޅުވިއެވެ. މުއައްސަސާ ބިކަވެ ނިކަމެތިވި މިންވަރަކުން މުޅި ދައުލަތް، މުޅި ރައްޔިތުން، ބިކަވެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ފުލުހުންނަކީ އަމިއްލަ ނަފްސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދުވެސް އަދުލުވެރި އިންސާފްވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރޭން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާ އާއި، އަސަރު މުޅި ގައުމަށް ކުރާނެ." ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނީ ވާޖިބާއި ޒިންމާއަށް ވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑުކަމަށާއި ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ވަރަށް ބޮޑަށް ގަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މުޖުތަމައުގައި އޮންނަ އިޖުތިމާއީ ޒިންމާ އަދާނުކުރެވުނީމާ މުޖުތަމައުން ބަލައިގަންނަ މިންވަރު ތަފާތުވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، ރައްޔިތުން އެފަދަ ކަންކަން ބަލާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ފައި ހަމަކުރަންވީ ކުއްވެރިންނާއި އެއް ހަމައަކުން ނޫނެވެ. އެއް ހަމައަކަށް ވީމާ ކުށްވެރިންގެ މައްޗަށް ކުރި އެއް ނުހޯދޭނެއެވެ. ތިފެންވަރުގެ ވިސްނުން ގެންގުޅޭ ވަޒީރުން ވަޒީކުރަމުގައި ކުށްވެރިންގެ މައްސަލައަށް ޙައްލެ ނުލީބޭނެއެވެ. އެންފޯސްމަންޓް އިދާރާތައް ޖެހޭނީ ކުއްވެރިންނަށްވުރެ ކުރިއަށް އަރައިގެން އެމީހުންގެ މައްޗަށް ކާމިޔާބު ހޯދާށެވެ. މިސަރުކާރުންގެ ވަޒީރުންގެ ވިސްނުން މިފެންވަރުގައި ހުރެގެން އަހަރެމެންގެ ޙާލަތު ހައްތަހާ ދާނީ ދަށަށެވެ.

  • ދޮންބެ

   ފުލުހުން އެއްކޮށް މޮޅު ވާހަކަ ދައްއކާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީތޯ؟ ސިޔާސީ ބޭނުން މަންފާ ހޯދަން ކިތައް ދޮގުތޯ ރައްޔިތުން ކުރިމައްޗަށް ނިކުމެ ހަދާފަ އޮތީ؟ އަމިއްލައަށް ނޫންތޯ މަޖްލިހުގައި ބުނީ ކަމަކާ ގުޅޭގޮތުން ސުވާލުކުރީމާ އެއީ ސިޔާސީ ވާހަކައޭ! ތިބުނާ ފައެއް ހަމަކޮށްގެން ފުލުހުން އުޅޭތާ އެތައް ޒަމާނެއްވެއްޖެ!! މިރާއްޖޭގެ ނިޖާޢީ ޢަދުލުގެ ނިޒާމު އޮތީ ކޮންހާލެއްގެތޯ ބަލާބަލަ!! އެމީހުން ރަގަނޅުކޮށްބަލަ! މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ނިޒާމް ޕެރަލައިޒްވެފަ އޮތީ!! މިނިސްޓްރީތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް އޮތީ ޕެރަލައިޒްވެފަ!! ފުލުހުން އިޖްތިމާޢީ މަސައްކަތް ހޭބޯނާރާ ކުރާއިރު އެހެން މުއައްސަސާތަކަށް އެޒިންމާ ނެތީތަ؟ ކައުންސިލަރުން ކޮބާ؟ ކޮން މަސައްކަތެއް ކުރަނީ ރަށުލެވެލްގެ ކަންކަން ޙައްލުކުރަން؟ ކޮބާ އެލްޖީއޭ މިކިޔާތަން؟ އެމީހުން ކޮންކަމެއްކުރަނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ރެގިއުލޭޓްކޮށް އެމީހުން ޒިންމާދާރުކުރުވަން! ކޮބާ ޖެންޑާ މިނިސްޓްރީ؟ އަތޮޅުތަކުގައި އެމީހުންގެ ޒިންމާ އަދާކުރަން ކިހާ މަސައްކަތެއް ކުރެވެނީ؟ ފުލުހުން ބޮލަށް މިއެންމެން ހުރިހާ ކަމެއްޖަހައިގެން ދެއަތް އުރާލައިގެން ތިބެގެން ތިބޭތަން ފެންނަނީ!

 2. ހުސޭނުބޭ

  ތިކަން ކުރެވިދާނެ! މިއޮތީ ޑޮކިއުމެންޓޭ ކިޔާފައި މީހުންގެ ބޮލުގައި މަރުވު މީހުންގެ ޒިންމާ އަޅުވާ މީހުންނާ ފާހަ،މަކުރާނެގޮތެއް ބުނެދީބަލަ! ކަލެޔަކީ ހަމަ ފައްކާ ކައްޛާބެއް!

 3. ޖަމާލު

  ހަމަ ޖެހުން ނަގާލުމަށް މީހުން އެއްކޮށް ދޮގުވާހަކަތަށް ދައްކާފަ ފުލުހަކަށް އަނިޔާވި މަންޒަރުވެސް ޓީވީތަކުން ފެނޭ..ކިހިނެތް ފުލުހުން ކުއްވެރިންނާއި އެއްހަމަ އެއްގަ ފައިހަމަ ކުރާނީ..އެފަދަ މީހުން އެބަތިބޭ ފުލުހުންނަށް އަމުރުކުރަންވެސް...ހައްހައް..

 4. ހައްޖަ

  މިހާރު ތިބި ވެރިންނަކީ ކުއްވެރިންނައް ވުރެ ކުށް ކުރުމުގައި ފުންނާބު އުސް ބަޔެއް. އެހެންވީމާ ކުށުގެ ރޮނގުން ރާއްޖެ އޮތީ ވަރައްމަތީގައި.

 5. ކިޔުންތެރިޔާ

  ކުއްވެރިންނާ އެއް ހަމައެއްގައޭ ކިޔާބަހަނާ މަސް އަލަވަރައްސާފް ސަރުކާރުންބޭނުންވާކަމެއް މަނާކުރެވޭ އކަންކަމަކާ އެއްހަމައެއް ނުކުރެވޭ އެއްވެސްބަޔަކައް އެއީ ފަޓާސް ބަޑިބޭސްއެތެރެއެއްނުވޭ މުޒާހަރާއެއްނުކުރެވޭ އެކަމަކު އަންބޮޑިން ޑުރަގްނެގިޔަސް ސާބިތެއްނުވޭ ކޮންކަހަލަ މޮޅުވާހަކައެއް އެއްހަމަ ބޭނުމަކީ ރައްޔިތުންގެ ކުރިމަތީގަ ޒުވާން އޮފް