އިންޑިއާގެ ބޮލުގެ ރިހުމަކަށް ދިވެހިރާއްޖެ މިހާރު ވެފައިވާ ކަމަށް "ޑިޕްލޮމެޓް" ނޫހުން ބުނެފިއެވެ.

އެނޫހުގައި މަޝްހޫރު ލިޔުންތެރިއެއް އަދި ހާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ރާޖެސްވާރީ ޕިލާއީ ރާޖާގޯޕާލަން ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވަނީ ދިވެހިރާއްޖެ ކޮންޓްރޯލް ކުރުމަށް އިންޑިއާ އިން މިހާރު ގެންގުޅޭ ސިޔާސަތަކާއި ބެހޭ ގޮތުން ބޮޑު ބަހުސްއެއް އުފެދިފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ މައްސަލަ ހައްލު ކުރުން އިންޑިއާ އަށް ކިތަންމެ ގޮތަކުން މުހިންމެވެ. މިމައްސަލަ އަކީ އިންޑިއާގެ ލީޑާޝިޕް ދުނިޔެއަށް ފެނިގެން ދާނެ މައްސަލައެކެވެ. އިންޑިއާ އިން ރާއްޖެ މައިތިރި ކުރުމުގައި އަޅާ ކޮންމެ ފިޔަވަޅަކީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މައިދާނުގައި އިންޑިއާ އިން ދެން އަމަލު ކުރާނެ ގޮތް ދުނިޔެއަށް ދައްކައިދޭނެ ފިޔަވަޅެކެވެ." ކޮލަމްގައި ލިޔުއްވާފައި ވެއެވެ.

ރާއްޖެ އާއި މެދު އެއްވެސް ފިޔަވަޅެއް އެޅުން އެއީ އިންޑިއާ އަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެންކަމުން މިހާރު އިންޑިއާ ކުރިމަތިވެފައި ވަނީ ހާރިޖީ އިމްތިހާނަކާއި ކަމަށް ލިޔުންތެރިޔާ ލިޔުއްވާފައިވެއެވެ.

"ޗައިނާ އޮތީ ރާއްޖެ އާއި އެކުގައެވެ. ޗައިނާ އާއި ޕާކިސްތާން އަދި ސައުދީ އަރަބިއްޔާ އަށް ރައީސް ޔާމީން ވަނީ މިދިޔަ މަހު ވެސް މަންދޫބުން ފޮނުއްވާފައެވެ. ރާއްޖެ އޮތީ ބައިނަލްއަޤުވާމީ މައިދާނުގައި އެކަންޏެއް ނޫނެވެ." ކޮލަމްގައި ވެއެވެ.

ލިޔުންތެރިޔާ ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެ އިންޑިއާ އިން ބުނާހާ ގޮތެއް ރާއްޖެ އިން މިހާރު ނުހަދަނީ އިންޑިއާ އިން ރާއްޖެ އާއި މެދު އަމަލުކޮށްފައިވާ ގޮތުންނެވެ. ހާއްސަކޮށް ރާއްޖޭގެ ކަންކަމަށް އިންޑިއާ އިން އިސްކަން ނުދިނުމުގެ ސަބަބުންނެވެ.

އިންޑިއާގެ އެހީތެރިކަން ބޭނުންވި ވަރަށް ލިބެމުން ނުދިޔަ ދަނޑިވަޅުގެ ބޭނުން ހިފާ ޗައިނާ އިން ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުންދާތީ މިހާރު އިންޑިއާ އަށް "ވަގުތު ފާއިތުވެއްޖެ" ކަމަށް ލިޔުންތެރިޔާ ވިދާޅުވެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާއަށް ރާއްޖެއަށްވެރެ މުހިންމީ ބުއްޅަބޭ! ............ ގެރި ސިކުނޑި ހުންނަ މީހުންނަކަށް ހަޤީޤީ މައްސަލައެއް ނޭގޭނެ. އިންޑިޔާ ވާންޖެހޭނީ އޭރު އެއޮންނަ ސަރުކާރަކަށް އެއްބާރުލުން ދޭނޭ ްައުމަކަށް. ސަރުކާރެއްގެ ބަދަލުގައި ތަނަކު ހުރި މޮޔައެއްގެ ހިމާޔަތަށް ވަނުމުން ވާނީ ތިހެން.

    • ކޮވެލި

      ހުސޭނުބޭ ތިޔާބުނީ ސަތޭކައިގެ އެއްޗެއް

  2. އިބްރާ

    އިންޑިއާ ޚިޔާރުކުރަނީ ރާއްޖޭގައި ތިބި ކުއްވރެިންނެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ތިބި ހަމަޖެހޭ މީހުންގެމެދުގައި އިންޑީއާގެ އަގެއް ނެތެވެ. އަންނި އިންޑިއާ އެމްބަސީއަށް ވައްދައި ފޮރުވުން މިސާލަކަށް ފުދެއެވެ.

    • އަން

      ބަލަ ޖީއެމްއާރަށް އެއަރޕޯޓް ލިބުނީމަ އިންޑިޔާއަށް ހާދަ ފައިދާއެއްވިޔޭ. އޭގެ ބަދަލު ދޭންވާނެތާ

  3. ބަލާތި

    އިންޑިއާ އަކީ އެއީ މަމެންގެ ނޯކަރުންނޭ ލަންކާ އަކީ ވެސް މަމެންގެ ނޯކަރުންނޭ އެމެންނަށް އެމެންގެ ސައިޒު އޮޅިގެން އުޅެނީއޭ އެމެން އެބަޖެހެއޭ ސައިޒުން ކަނޑާ ތިރި އަރުވާލަން. އިންޑިއާ އަދި ލަންކާ އަކީ އެއީ ފޭކް ސެރޓިފިކެޓްސް ތައް އެންމެ ގިނަ އަދަދަށް ގެނެސްގެން ރާއްޖޭގެ ރިސޯރޓް ތަކުން މެދު ފަންތި އާއި އަދި މަތީފަންތީގެ ވަޒީފާ ތައް ދަމައިގަންނަ ގަމާރުން އައިސްގެން މިރާއްޖޭގެ ރިސޯރޓްސް ތަކުގައި މަސައްކަތް ކޮށް މުއްސަނދި ވެގެން ގޮސް އެއާލާތުން އޮސްޓްރޭލިޔާ ސިންގަޕޯރ އިން ކޮންޑޯސް ގަންނަނީ އޭ ރާއްޖޭގެ ރިސޯރޓްސް ތަކުން ކަޓް ފައިސާ ނަގައިގެން އެމެން އެބަޖެހޭ ސައިޒު ކުރުމަށް ޓަކައި އިންޑިއާ މީހުންނަށް ރާއްޖޭގެ ރިސޯރޓްސް ތަކުން މަހަކު 300 ޑޮލަރަށް ވުރެން ބޮޑު މުސާރަ އަށް އަންނަނަމަ އެމެންގެ ސެރޓިފިކެޓްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުުކުރާ ގޮތް ހަދަން. އެއިރުން އިންޑިއާ އަންނާނެ ސައިޒުން ކެނޑިގެން ނާށިގަނޑު ހިފައިގެން އެމެން މަމެން ގާތަށް ސަލާމް ޖަހާނެއޭ.

  4. މިލިޓަަރީ

    އިންޑިޔާއަކަ ދިވެހިރާއްޖެއަކަ މާބޮޑުކަމެއްނުކޮއްދެވޭނެ ޗައިނާ މިރާއްޖޭގެ ތަރައްގީގެ އެކުވެރިއެއް.

  5. ފާއިޒް

    ސާބަސް ލިޔުންތެރިޔާ އަސްލު އިންޑިޔާ އެކަހެރިވީ ޢިޚްލާސްތެރި ކަމެއް ނެތީމަ އިންޑިޔާ ވިސްނަން ކެހޭނެ ރާއްޖެ ކިތައްމެ ކުޑަޔަސް މި ޤައުމުގެ ފަރާތުން ެ އިންޑިޔާ އަށް މަހަކު އެތައް މިލިޔަން ޑޮލަރެއް އެތެރެވާކަން އެތަކެއް ޑިންޑިޔާ ރައްޔިތުން މިތާ މަސައްކަތް ކުރާކަން.

  6. އަޙްމަދު

    ހެހެ! މިގައުމުގައި ތިބި އިންޑިޔާ މީހުން މަޑުމަޑުން ރަށަށް ފޮނުވުމަށް ގޮވާލަން

  7. ޙ

    ޢެއޮއް ބޮޑު އިންޑިޔާ އެކެއް ސުމަކުން ބަލިވެއްޖެއޯ. މަރުހަބާ ޔާމީނަށް މަރުހަބާ..2018 ޔަގީން އިރާދަ ކުރެއްވިއްޔާ..

  8. ފަރީ

    ވަގުތުފާއިތު ވާނީނެތިދިއުމުން

  9. ތުއްތަފާ

    މުސްލިމުންނަށް ދުއްތުރާ ކުރުމާއި އަންހެނުން ރޭޕްކުރުން ފިޔަވާ ހުރިހާކަމެއް އެމީހުންގެ ބޮލުގައި ރިހުމަކަށްވާނެ. ބޯނެ ފެންފޮދެއް ނުލިބި އެތައްހާސް ކުޑަކުދިން ފަގީރު ހާލުގައި ތިއްބާ ދެންވެސް ހުރި ލާރިކޮޅު އެ ތަޅާލަނީ ރާއްޖެކަހަލަ ފޯރާ ރައްޔިތުން ތިބި ތަންތަނަށް.

  10. ދިވެއްސެއް

    ބަލަ ހަމަތިހެން މިރާއްޖެއަށް އިންޑިއާ އަކީ އަދިމާބޮޑު ބޮލުގަ ރިހުމެއް. ޢެއީ މިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން ނޭންގި މިގައުމުގެ މިނިވަންކަމާ ބެހެން އެކިގޮތްގޮތުން މަސައްކަތް ކުރަމުންދާތީ އަދި އޭގެ އިތުރުން ކަނޑައެޅިގެން ކުށްސާބިތުވެ ޖަލުހުކުން ތަންފީޒް ކުރަމުންދާ ގައިދީއަކަށް ހިމާޔަތް ދީ ވަކިކަހަލަމަގްސަދް ތަކެއްހާސިލްކުރަން އުޅޭތީ. މިއަދު އިންޑިއާ އަކީ މިރާއްޖެއަށްމާހެޔޮ އެދޭރަހްމަތްތެރި އެކޭބުނެވޭކައްނެތް. ކޮށދިންކޮންމެ ކަމަކުން ވިއްޔާއޭގެ ބަދަލުގަ ނެގީފައިދާ މިރާއްޖެއަށް ކަމެއްކޮށްދެނީ ކޮންމެވެސް ސިއްރުއެޖެންޑާއެއް އޮވެގެންކަން މިއަދު މިގައުމުގެ ވަލިއްޔުލް އަމްރުއަށް ވަނީ އޮޅިފައިނޫންކަމުން މަގްސަދް ހާސިލްނުވީ. އެއީ ދުވާލުގެ އަލިކަން ފެންނަހާ ސާފުކޮށް އެނގޭކަމެއް.ހަމޭއަކޭލާ ޗޯޅޯ. އޯރް ޗުޕްރަހޯ. ޔޭބޮހޮތް ހުތޫރަތްކި ބާތްހޭ. ލޮލް

  11. އައިމަން

    އިންޑިއާ ހީވަނީ ބިންބޮޑުވީމަ ތިމާމެންގެ ސިކުނޑިވެސްބޮޑުކަމަށް މިފެންނަނީނު ﷲ އިރާދަކުރެއްވިއްޔާ ތައީސް ޔާމީނަކީ މިސަރަހައްދުގެ ހުރި އެންމެ ވަރުގަދަ ލީޑަރުކަމަށް ދާދި އަވަހަށް މުޅިދުނިޔެ ްަބޫލުކޮށްފާނެ އޭރުން މޮޑީމެން ދާންޖެހޭސީ ސިޔާސީ މަސްވެރިކަންކުރަން

  12. ސޭވްމީ

    ތަމެންނަށް އިނގޭތޭ ކެނެރީގެ ނަޝީދުގެ ސެކްރެޓޭރިއެޓް ގައި އުޅޭ ދަ ކްރޭޒީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ މެން ކުރާ ކަމެއް. އެމެން ކުރާ ކަމަކީ އެއީ ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި ޖެހޭ ގޮތަަށް ޓްވީޓް ކުރުމޭ ކެނެރީގެ ނަޝީދު އަންގާ ގޮތެއް ގެމަތިން. އެއީ ބޮޑެތި ވަގުންނޭ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ޚަޒާނާ ރައީސް އޮފީސް ތެރޭގައި ތިބެގެން ދަވާލާ 200 މިލިއަން ޑޮލަރު ދައުލަތުގެ ބަޖެޓުން ދަވާލައިގެން ކަނޑުފައްތާ ފިލްމް ކުޅެގެން ދަގަނޑު ޖަނިޔަލާއި ދަގަނޑު ބްރާ ލަންޑަނުން ގަނެގެން ގެނެސް ގެން. ޑޫޔޫ ނޯ ރަންރީނދޫ ޓްވިޓަރޭ މެން ބްލޫސް ކުދިންނަށް އުނގު ވިއްކާ ކަން ޑޫ ޔޫ ނޯ ދޭއާރ އުނގު ވިއްކާކަން ޑޫ ޔޫ ނޯ ދޭއާރ އުނގު ވިއްކާމެން ކަން. ޑޫ ޔޫނޯ މިކިހާ ބޮޑު ބަތާހަރާމީން ކަން ތެޔޮ ބިޑި ބޮއިގެން ތިބެ ބްލޫސް ކުދިންނަށް އުނގު ވިއްކަން އުޅެނީ. އެމްޑީޕީގެ މުޒާހަރާ ތެރޭގައި ވެސް ގިނައީ ރަށުތެރޭ ބާކީ ވެގެން އުޅޭ ކަސްބީ އަންެހެން ވެރިންނޭ އަންހެން ވެރިން ގިނަ ވެއްޖެ ތަނެއްގައި އޮންނާނީ ފިތުަނަ ފަސާދަ އޭ ސްޕެޝަލީ ހުޅުދޫ ވިމެން އަކީ އެއީ ފިތުނަ ފަސާދަ އުފެއްދުމުގައި އަރާ ހުރި ބަޔެކޭ. މަމެންގެ ގައުމު މި ކްރޭޒީ ކަސްބީ އަންހެން ވެރިންގެ ފަރާތުން ސަލާމަތް ކުރަން ޖެހޭނެއޭ ސޭވް މީ ސޭވް މީ ސޭވް މީ ސޭވް މީ ސޭވް މީ.

  13. ހަބޭސްބޭބެ

    މީކަލޭމެނާ ބެހޭކަމެއް ނޫން. ޢިންޑީޔާގެ އަންހެން ކުދިން ރޭޕް ކުރުން އެހައް ހުއްޓުވާބަލަ އަހަރެމެން އެއްޗެއް ބުނެފިތަ. އަމިއްލަ ގައުމުގަ ތިބި ފަގީރުންނަށް އެހީވެބަލަ. ޢެކަމާ ބޯހަލާކެއް ނުވޭތަ.

  14. ހާމިދު ދާއީ

    އިންޑިއާއިން މިހާރު އެންމެ އިސްކަމެއް ދަނީ "ގެރީގެ" އައިޑެންޓިޓީ ކާޑެއް ހެދުމަށް. އެއީ، އިންސާނުންނާ އެއްފަދަ މަހުލޫގުން ތަކެއްކަމަށް ދެކެ އެއް ދަރަޖައެއް ދިނުމަށް. އަހަރުމެން ދިވެހިންނަކީ ގެރި މަސް ކައި އުޅޭ ބައެއް. އެހެންވީމާ އެމީހުން ވަރަށް ރުޅިއަންނާނެ. ހާއްސަކޮށް ވެރިކަމުގައި އެހުންނެވި މޯދީ މިކަމާ ވަރަށް ދެރަވާނެ. އެެެހެނީ އޭނައަކީ ގެރި ކަލާންގެ ބަޔަކަށް ވާތީ. ގެރި ގުއި އެމީހުން ދަނީ ގައިގައި ވަށަމުން.
    އެފަދަ ބައެއް އަހަރުމެންނަށް އެހީތެރިކަން ނުފޯރުވައި ދިނަސް އެންމެ ރަނގަޅު. އަހަރުމެން ބައިނަލްއަގުވާމީ މައިދާނުގައި ހަގީގަތުގައިވެސް އެކަންޏެއް ނުވާނެ. އަހަރުމެން އާމާކެޓްތައް ހޯދާ މިދަނީ ގުޅުން ބަދަހި ކުރަމުން. މެލޭޝިއާ، ޗައިނާ، ސައުދިއްޔާ، ޔޫއޭއީ، ޕާކިސްތާނު، ރަޝިއާ، ނައިޖީރިއާ ފަދަ އެފްރިކާގެ ގައުމުތައްވެސް އެބައޮތް.
    ދެން އިންޑިއާ ނާށިގަނޑު ހިފައިގެން މިކުޑަކުޑަ ރާއްޖެއަށް ކަންޏެންގެ ސަލާން ޖަހަން އަންނަން ޖެހޭނީ. މިހާރުވެސް، އިންޑިއާގެ މަސައްކަތު މީހުން ރާއްޖެއައިސް އުޅޭ. ސަލާޖަހަން އަމިއްލަ ގައުމުގައި ނޫޅޭން ވެގެން. އެކަމަކު އަހަރުމެން އެމީހުންނަކަށް ވަކި ތަފާތު ތަކެއް ނުކުރަން.

  15. ނުރަބޯ

    އިންޑިއާގެ ބޮލުގަރިހުމަކަށް ދިވެހިރާއްޖެ ވެގެން އުޅެނީ އިންޑިއާގެ އަމިއްލައެދުން ބޮޑުކަމާ ދަހިވެތިކަމާހެދިއެވެ. ސަރަޙައްދީ ބާރެއްގެ ގޮތުގައި ދެމިއޮންނަން އިންޑިއާ ބޭނުންވަނީ އަޅުވެތި ކުރުމާ ބިރުދެއްކުމާ ދަހިވެތިކަމުގެ ސިޔާސަތު ކުރިއަށް ނެރެގެންނެވެ. ރާއްޖެއަށް ކަމެއްކޮށްދިނުމުގެ ބަދަލު ގައި ރާއްޖެއިން އިންޑިއާއަށް ތަނަވަސްކަން ހޯދުމެވެ. ދިވެހިން މިހާރުވެސް ބޭސްފަރުވާ އާއި އެނޫންވެސް ބޭނުންތަކަށް އިންޑިއާ އަށްގޮސް ހޭދަކުރާ އެތައްލައްކަ ރުފިޔާގެ ފައިދާ ބަލައިގަތުމުގެ ބަދަލު ގައި ނާޖާއިޒްގޮތެއްގައި ރާއްޖެ ފެލާލައިގެން ތަނަވަސްކަން ހޯދުމެވެ. ޖީއެމްއާރު ކުންފުންޏަށް ހުޅުލެ އެއަރޕޯޓް ދިން ޑީލަކީ މިކަހަލަ ކަމެކެވެ. އެހެންކަމުން އިންޑިއާ ގެ އަމިއްލަބޭނުންތަކަށް ރާއްޖެ ފެލާލުމަށްޓަކައި ރާއްޖެއިން ޕަޕެޓެއް ހޯދާ އެޕަޕެޓަށް ބާރުތައް ހޯދައިދިނުން އެއީ މަގްސަދެވެ. އެ ފަދަ ޕަޕެޓެއް މިހާރުހުރީ ލިބިފަވެސް މެއެވެ. އެއީ އެއްވެސް ޝައްކެއް ނެތްގޮތުގައި ކެރަފާ ނަޝީދެވެ. އިންޑިއާއަށް ރާއްޖެ ފެލާލަދޭން (އޮބި) ހިފައިގެން މިހާރުވެސް ކެރަފާ ނަޝީދު ހުރީ ތައްޔާރަށެވެ. އެ ޣައްދާރުގެ އެދުމާއެކު އިންޑިއާ ސިފައިން ރާއްޖެ ހިފާ ނަޝީދު އާއި ވެރިކަން ހަވާލުކުރުމަށް ވަގުތު ކުޑަތަން ވެފައޮއްވާ މަސްރަޙު ބަދަލުވީ ޗައިނާއިން ދިން ވަރުގަދަ އިންޒާރެއްގެ ސަބަބުންނެވެ. އެހިސާބުން އިންޑިއާގެ މަގްޞަދު ޙާޞިލް ނުވުމުން އިންޑިއާގެ ބޮލުގެރިހުމަކަށް ނުވަތަ ހެޑޭކަކަށް ރާއްޖެ ވެގެންދިޔައީއެވެ.....!!!

  16. ތެދެއް!

    އިންޑިޔާއިން ރާއްޖެޔަށް ފަރުވާ ކުޑަކޮށްލީ. އެއްވެސް ތާކަށް، ބަޔަކަށްވެސް ނުހެދީ. ދިވެހިންގެ ތެރޭގައި ތިބި ވެސް އިންޑިޔާޔަށް ނުލާހިކު ސަޕޯޓު ކުރާ މީހުންވެސް ފޫހިވެގެންނާ އެމީހުންނަށްވެސް ކުޑައިމީސް ކޮށް ހެދުމުން ދުރަށް ދިޔައީ. އިންޑިޔާ ކަލްޗަރަލް ސެންޓަރުވެސް އެމްބަސީއިންވެސް އެހެން ކަން ކުރީ. ދެން ވާނެއެއްޗެއްވީމާ ބޮލުގަ ތިހެޔޭ ތަދުވާ ފައިމައްޗަށް ހަވާދުތަޅާ ވަންވެއްޓިއްޖޭ ކިޔާނެ ކަމެއް ނެތް!!!!!! ހެޔޮ ދުއާ ސަލާން!

  17. ނަގޫރޯޅި

    ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަކީ އަޑިޔައްދާންދޫކޮއްލާފައި ސިޔާސީމީހުންބޭނުންވާގޮތައް މޮޑެންއޮތް ފުއްގަޑެއްނޫންކަމާ މިތަނުގެ ރައްޔިތުންގެވެސް އިހްސާސްތަކަކާ ކުރިމަގައްދެކޭހުވަފެންތަކެއް ހުރިކަމާ އަދިއެގޮތައްއެހުފަވެންދުކުމަކީ ހަމަކޮންމެދިވެއްސަކައްވެސް ލިބިގެންވާ ހައްގެއްކަން މުޅިދުނިޔެއައް ހާމަކޮއްދިނީ މިއަދުގެރައީސް ޔާމިން. ދެނެއް އިންޑިޔާއަކައްވެސް އެހެންގައުމަކައްވެސް މިދިވެހިރާއްޖެއައް އަޅާނުލާ މީމާދެރަނިކަމެތިންކަމައް ދެކިގެންނުތިބެވޭނެ. ބޭނުންވާ ތަރައްގީ ހޯދަން އިންޑިޔާއިން އެއްބާރުލުންނުދެންޔާ އެހެންގައުމުތަކުން އެފުރުސަތުހޯދޭނެކަން މިއަދުގެ ސަރުކާރުން އެވަނީ ސާބިތުކޮއްދީފަ. ދެންއިންޑިޔާޖެހޭނީ ކުރިންރާއްޖެއާދޭތެރޭ ދެކުނުގޮތް ބަދަލުކޮއް އަގުއަދާކުރަން ނޫނީ އެއްފަރާތްވޭ.

  18. ކިއާރާ

    އަމިއްލަ ޤައުމު ސަލާމަތް ކުރެވޭތޯ ބެލިއްޔާ މާ ތާހިރު ވާ ނެ. މޯދީ ކަލޭ ރަށު ތެރެއިން ކަމަކާ އުޅޭ..

  19. އަފީ

    ވިސްނަންޖެހޭ! ވިސްނަން ޖެހޭ! ރާއްޖޭގެ ރައްޔިތުން ވިސްނަންޖެހޭ!

    1. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖެ އޮންނަންޖެހޭނީ އިންޑިއާގެ އަޅުވެތިކަމުގައި

    2. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއަށް ދާންޖެހޭނީ އިންޑިއާއަށްކަމަށް

    3. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖޭގެ ރައްޔިތުން ކައިބޮއެހަދާ ތަކެއްޗަކީ އިންޑިއާ އިން އެތެރެކުރެވޭ އެއްޗެހީގައިކަމަށް

    4. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖޭގެ ހުރި ހުރިހާ ފައިސާއެއް ހަރަދުކުރަން ޖެހޭނީ އިންޑިއާގެ އިގްތިސާދު ނަގަހައްޓާން

    5. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖެއަށް ތަރައްގީ ބޭނުން ނުވާނެކަމަށް

    6. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖެއަށް އިތުރު ބައިވެރިން ތަކެއް ބޭނުން ނުވާނެކަމަށް.

    7. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖެއަކީ ތަރައްގީބޭނުން ނުވާނެ ގައުމެއްކަމަށް

    8. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖެ އަހަންވާނީ އަބަދުވެސް އިންޑިއާގެ ބަސްކަމަށް

    9. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖޭގެ ރައްޔިތުންނަކީ ބޮލު ރޮދިންކަމަށް

    10. އިންޑިއާ އަބަދުވެސް ދެކެމުން އައީ ރާއްޖޭގެ މިހާރުގެ ރައީސުލް ޖުމުހޫރީއްޔާއަކީ މައުމޫނާ، ނަސީދު، ވަހީދު ކަހަލަ ތާކުން ތާކުނުޖެހޭ މީހެއްކަމަށް

    11. އިންޑިއާ އަބަދުވެސް ދެކެމުން އައިގޮތް ރައީސް ޔާމީން މިވަނީ ބަދަލްކޮށްދީފަ.

  20. އަބްދުއްލާ

    އިންޑިޔާ އަށް ހުރިހާ ގެއްލުމެއް ފޯރުކޯށްދެނީ މޯޑީގެ ސަރުކާރުން. ވަގުފައިސާ ހުއްޓުވާށޭ ކިޔާ ކުރިކަންތައް . ވަގު ސެޓްފިކެޓް ހުރި މީހުނޭ ކިޔާ މީހުން ހައްޔަރުކުރަންފެށުމުން ސެޓްފިކެޓް ގެ އަގު އިންޑިޔާގަ ވެއްޓިއްޖެ. ވީމާ ބޮލެއްނެތް ހުސްތުބުޅި ސަރުކާރެކޭއިންޑިޔާ ގަ އޮތީ ބުނެލެވޭ ވަރު ވެއްޖެ.

  21. އަބްދުއްލާ

    އިންޑިޔާ އަށް ހީވެފަ އޮތީ ދިވެހި ރާއްޖޭގަ ތިބެނީ ހުސްނަސީދު ކަމަށް . ޖީއެމްއާރަށް އެއާޕޯޓް ހިބައިންދިނަކަހަލަ މީހުން އުޅޭ ސަރުކާރުކަމަށް . އެހެން ހީކޮށްގެން ތިއްބާ ޗައިނާ އިން ވިސްނުންތެރިކަމާ އެކު އަމަލު ކޮށްފި އެއީ ބްރިޖް ގެ ބިޑްގަ ހިލޭ އެހީގެ އެތައް މިލިއަނަކާ އެކު ކާމިޔާބުކުރުން. އެހެން ވުމުން މިހާރު ރާއްޖޭ ގެ އެއްވެސް އިންޓަނޭސަނަލް ބިޑަކަށް ޗައިނާއަށްވުރެ ހެޔޮއަގެއްގަ ބިޑްކުރެވޭ ބަޔަކުނެތް ވީމާ އިންވެސްޓް ތައް ކާމިޔާބު ކަމާއެކު ބިޑްލުމުގެ ގާބިލް ކަމެއް އިންޑިޔާއަކުނެތް . އިންޑިޔާ އަށް ފުރުސަތު ނުގެއްލޭ . އެކަމަކު ފުރަތަމަ ބިޑް ޖެހޭނި ގެއްލުމާއެކު އިންޑިޔާ ސަރުކާރުގެ ސަބްސިޑީން ބަޔަކށް ހޯދާދޭން އޭގެފަހުން ފައިދާއާއެކު ބިޑް ކާމިޔާބު ކުރެވިދާނެ.