މޫސުމާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް26 ގައި ބައިވެރިވުމަށް ރާއްޖެ އިން ސްކޮޓްލޭންޑަށް ދިޔަ ވަފްދުގައި ހިމެނޭ އެންމެ ހަގު ބައިވެރިޔާގެ މެސެޖް، ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިންނާ ހަމައަށް ފޯރުކޮށްދީފިއެވެ.
"އައިލެންޑް ބޯއީ" ގޮތުގައި މަޝްހޫރު އުމުރުން ހަތް އަހަރުގެ ހަސަން އަލްމާން ސުޖާއު ސްކޮޓްލެންޑަށް ދިޔައީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށާއި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވަމުން އަންނަ ގެއްލުންތައް ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް ގެނެސް މުހިންމު މެސެޖެއް ދޭށެވެ.
"އަހަރެން ސަލާމަތްކޮށްދީ، އަހަރެންގެ ގައުމު ސަލާމަތްކޮށްދީ. އަހަރެންގެ ދުނިޔެ ސަލާމަތްކޮށްދީ،" އދ. ގެ 76 ވަނަ އާންމު މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކައިރީގައި ހުރެ ދިން މެސެޖްގައި އަލްމާން ބުންޏެވެ.
Thank you Alman for coming all the way from the #Maldives to share your message at #COP26 .
It was a joy to spend time with you today.
We need your hope, your enthusiasm, your passion, and your energy. #IslandBoyAlman #Deliver4Climate#DearWorldLeaders #PresidencyOfHope pic.twitter.com/Nev67TzMyQ
— Abdulla Shahid (@abdulla_shahid) November 2, 2021
އަލްމާން ވަނީ ސްކޮޓްލެންޑްގައި ޝާހިދުއާ ބައްދަލުކޮށްފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް އަލްމާން ބައްދަލުކުރިއެވެ. މި ދެ ބޭފުޅުންނާ ބައްދަލު ކުރެއްވި އަލްމާން ހުރީ "އައިލެންޑްބޯއީ" ޖަހާފައި ހުރި ނޫ ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގައި ހުރެފައި އަލްމާން ހިފައިގެން އައި މެސެޖް ދުނިޔޭގެ ލީޑަރުން އަޑު އައްސަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މަޖީދިއްޔާ ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރު އެންމެ ފަހުން އާންމު ކުރި ވީޑިއޯއެއްގައި ބުނި ގޮތުގައި، މޫސުމަށް އަންނަ ބަދަލަކީ ހަގީގަތުގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން ހައްލު ކުރުމަކީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އަލްމާން ގަބޫލު ކުރެއެވެ.
ވީޑިއޯ ފެށުނު އިރު، އަލްމާން ހުރީ ކެމެރާ އަށް ފުރަގަސްދީގެން މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަޅި ކުލައިގެ ޓީޝާޓެއް ލައިގެން އަދި އަވި އައިނެއް އަޅައިގެން ހުރި އަލްމާނަށް ކުރިމަތިން ފެންނަނީ ބޮޑެތި ރާޅުތައް ނަގަމުންދާ މަންޒަރެވެ. އެ މަންޒަރާއެކު މޫނު މަތިން ހާސްކަމާއި ނުތަނަވަސްކަން ފެނެއެވެ. ކަމުގެ ސީރިއަސްކަން އަލްމާންގެ މޫނުން ވަރަށް ރަނގަޅަށް ދައްކުވައި ދިނެވެ.
އަލްމާނަށް ކޮޕަށް ދާން ފުރުސަތު ލިބުނު މައިގަނޑު ސަބަބަކަށް މި ވީޑިއޯ ވާނެއެވެ. ވިލިމާލޭގައި ނެގި މި ވީޑިއޯގެ ސަބަބުން އެތައް ބަޔަކަށް މި ވީޑިއޯ ކަމުދިޔައެވެ. ގިނަ އަދަދެއްގެ ޝެއާ އާއި ލައިކްސް ވީޑިއޯއަށް ލިބިފައިވެއެވެ.
މި ވީޑިއޯ އާއްމުވުމުން އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާއާ ވެސް ވަނީ އަލްމާންއާ ބައްދަލުކުރައްވައިފައެވެ.
ޢަސަރެއް ނެތް ވީޑިއޯއެއް....ވަރަށް އާދައިގެ
އެތައް ޓަނެއްގެ ވިހަ ގޭސް އަންދައިގެން ސްކޮޓްލޭންޑަށް ގޮސް ތިމާވެށި ސްޓަންޓް މިޖައްސަނީ. ރަށުގައި ހުރެގެން ވެސް މެސެޖް ފޯރުކޮށް ދެވޭނެ. މިޔަކީ މިޑީވަލް ޒަމާނެއް ނޫން.