އެއްބައެއްވަންތަކަން ދަމަހައްޓައި، ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމުން ގޮވާލައިފިއެވެ.

ރާއްޖޭގެ މަދު ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން އައިސް ރާއްޖެ ހިފަންވެގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލިއެވެ. އެ ދުވަހުގެ ބަތަލަކީ ހދ، ކުޅުދުއްފުށީ މޭވާގެ ޝަަހީދު ކޯޕްރަލް ހުސައިން އާދަމް އެވެ. ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް ހާއިނުންނަށް ވަނަ ނުދީ އެމީހުން ހިފެހެއްޓި ޝަހީދު ހުސައިން އާދަމްއެވެ.

"އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީހުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާ" އެ ދުވަހު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވާ އެމްއާރްއެމުން ބުންނެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން މުޅި ގައުމު ހަނގުރާވެރިންގެ އަތް އަތްމައްޗަށް ގެންދިޔައެވެ.

ބަޔާނުގައި ބުނީ ހަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމެއް އޮތީ ދިވެހި ގައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރު އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ އިންޑިއާ އިންނެވެ.

އެދުވަހު ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ނިރުބަވެރިންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ސިފައިންގެ އަށްމީހަކު ޝަހީދުވެ އެތައްބަޔަކު ޒަހަމްވެފައިވެއެވެ.

ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ގައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

"މިގައުމުގައި އޮތް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ދަމަހައްޓައި، ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލަން"

އެންމެ ގުޅިގެން މަސައްކަތްކުރަން އެމްއާރްއެމުން ގޮވާލާފައިވާއިރު އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެ ދުވަހު ދިވެހިންނަށް ނަސްރު ލިބިގެން ދިޔައީ ދިވެހި އެތައް ދަރީން ކުރި މަސައްކަތަކުން ކަމަށާއި މިއަދު ވެސް އެފަދަ ދަރީންގެ ބޭނުން ގައުމަށް ޖެހިފައިވާ ކަމަށެވެ. ގައުމު އަނބުރާ ހޯދަން ނިކުތުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އެލީޝާ

  ގައުމު ބައިބައިކޮއް ފިތުނަ ހަދަމުން ތިޔަ ގެންދަވަނީނޫންތޯ ޕާޓީތައް ހަދައިގެން ރައްޔިތުން ބައި ބައިކޮއް އާއިލާތައް ބައިބައިކޮއް ދެން ކޮން އެއްބައިވަނތަކަމެއްތޯ އޮންނާނީ ބިންތައްހިސޯރުކޮއް ނުދީ ފަޅައްބާއްވައިގެން ނަމުގަ ފުލެޓް އަސްލު ގެސްޓްހައުސް ހަދައިގެން އިތުރައް ރައްޔިތުން ނިކަމެތިކޮއް ބައިބައިކުރުވީ 100 އަކަފޫޓްގަ މުޅިއާއިލާޔާއެއްކޮއް ދިރިއުޅެންމަޖްބޫރް ކުރުވާފައި ދެން ކޮން އެއްބައިވަންތަކަމެއް ބޭއްވޭނީ ދޭތެރެދުރުކޮއް އައްޑަނަބަހައިގެން އާބާދީ މަދުކޮއް ނުވީތާކައް ސުކޫލްތަކުގަ ޑުރަގް އިއްތިހާރުކޮއް ޒުވާންޖީލްތައް ހަލާކުކޮއްލާފަ ދެން ކޮން އެއްބައި ވަންތަކަމެއް އޮންނާނީ ވައކަންކުރާމީހުންނާއި ޑުރަގްބޯމީހުންގެ ކިބައިން ރައްޔިތުން ސަލާމަތްނުވެވިފައި ދެން ކޮން އެއްބައިވަންތަކަމެއް އަދުލުއިންސާފްގެ ޒައްރެއްގެ މިންވަރުވެސް ނެތިގެންދާއިރު ކޮން އެއްބައި ވަންތަކމެއް މިހެންލިޔަންވެއްޖެއްޔާއި ލިޔެލިޔެ ހުސްނުވާވަރައް މަސްއަލަ ވަރައްވެދުން

  8
  3
 2. ނާޒިމާ

  މިތަނައް މި ނުބައިވެރިކަން ގެނެސް ނުރައްކަލުގެ މާހައުލު އުފެއްދި ބާނީ މިކިޔަނީ ކީކޭތަ.؟

  9
  2
 3. ރާއްޖެތެރެ

  ފޭކު މީހެއްތީ؟

  8
  1
 4. އަލީ

  އިރެއްގައި ފަހުރުވެރި ޒައީމޭ އަހަރެމެންގޮވިއަސް މިއަދު އަރެމެން ގޮވާނީ ތިޔައީމިގައުމުގެ ގައްދާރޭ މައުމޫނޭ.

  8
  1
 5. މާމީ

  ކޮން ކަމަކުން ތޯ ގައުމު ސަލާމަތް ކުރަންވީ؟ ގައުމު ވިއްކާ ހުސްކުރިއި ތިހުންނެވީ އަވަހާރަފުޅު ލައްޕަވާނޫންތޯ؟

 6. އަހައްމާ

  މިއަދު ކުލަގަދަކޮށް ކަލޭ ބައްޔަތު ހިފައިގެން ތިއުޅޭ ސަރުކާރުން މިވާހަކަ ގައުމީ ޓީވީން ނުދައްކާތީ އެކަން ހަރު އަޑުން ކުއްވެރި ކުރަން ނުކެރުނީ ކަލޭގެ ފިޑިކަން..ކަލެއަށް ދެން އަހަރެމެން ޒައީމޭ ނުކިޔާނަން..އަހަރެމެންގެ ޒައީމަކީ ހިތްވަރުގަދަ ފަހުލަވާން ރައީސް ޔާމީން..އެއީ ވަތަނީ ބޭފުޅެއް..ކަލޭތީ ކާކު.

 7. ދިރުން

  އެންމެ ގުޅިގެން މަސައްކަތްކުރަން އެމްއާރްއެމުން ގޮވާލާފައިވާއިރު ޒަޢީމްގެ އެއްވެސް އަގެއްކޮބާ މިއަދު؟ ލާދީނީއްޔަތަށް ބާރުދޭ ބައެއްގެ އަތްމައްޗަށް ގައުމު ކެއްތެރިކަމެއްނެތި ދޫކޮށްލެއްވީ ސުބްޙާނަﷲ! ބިރެއްނުހައްދަވާތޯ؟ ތިބޭފުޅާއަކީ ގައުމުދެކި ލޯބިވާބޭފުޅެއްތޯ؟ އަޅުގަނޑު އެއްގޮތަކަށްވެސް މިއަދު ގަބޫެލެއްނުކުރަން! ގައުމުގެ ވަޙްދަތާ ސިޔާދަތު ސީދާ މަގުން ކައްސާލާ ގައުމުގެ ފޭރާން ވީދި ވީރާނަވެއްޖެ! ކޮބާތޯ ތިޔަ ހޭދަކޮއްލެއްވި 30އަހަރުގެ ފޮނި މީރުކަމެެއް މި ގައުމުގައި މިއަދު؟ މާދަމާއަށް ގައުމަށް ދޫކުރެއްވި އެއްޗެޙީގައި މިއަދު ކޮން ފޭރާމެއްތޯ ފެންނަންމިއޮތީ؟ އަޅުގަނޑުމެން ހިތާމަކުރަން މިއަދު އިނގޭތޯ؟ 30އަހަރުގެ ވެރިކަން ކުރއްވި ބޭފުޅެއްގެ ޢަމަލުތައް އަޅުގަނޑުމެން ހޭވެރިކަން އައިއރު މިއަދު ސިފަމިވީ ގައުމަށް ގައްދާރުވި ބައެއްގެ ފައިބުޑުގައި އެބަޔަކަށް ސަނާ ކިޔާގެން ހުންނެވިތަން . ބިރުހުރި އި،މްތިޙާނެއް ﷲ މިގައުމަށް މިދައްކަަވަނީ> ހަސްބުނަﷲ ވަނިއުމަލްވަކީލް . ބިރުހު