ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ހަތަރު ބިލެއް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގ އޮފީހުން ކުރި ޓްވީޓެއްގައިވާ ގޮތުން، އެ ބިލުތަކުގެ ތެރެއިން ދެ ބިލަކީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ. މި ބިލުތަކުގެ ތަފްސީލެއް އަދި ނުދެއެވެ.

ދެން ފޮނުވި ދެ ބިލަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކުރުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.

ފަނޑިޔާރުންގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތަކެއް މަޖިލީހަށް ފޮނުވަން އުޅޭއިރު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން މިހާރު ވެސް ގިނަ ބަދަލުތަކެއް އެ ގާނޫނުތަކަށް ގެނެސްފައިވެއެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވިފައި އޮތީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމަށެވެ. މި ގޮތުން މިހާރު ވެސް ސުޕްރީމް ކޯޓުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ގެނެސްފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވެސް ވަނީ ފަހަކުން ހަތަކަށް އިތުރުކޮށްފައެވެ.

ފަނޑިޔާރުން ވެސް ބަދަލު ކުރެވެމުންދާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު ރިޔާސީ ވައުދުފުޅަކަށް ޖޭއެސްސީގެ އެކުވެލުން ބަދަލު ކުރުން ހިމެނޭނެއެވެ. އެކަމަކު ސިޔާސީ ބޭފުޅުންގެ ބާރު އޮންނަ ގޮތަށް އޮތް އެކުލެވުން ބަދަލު ކުރުން ހިމެނެނީ އެޖެންޑާގެ އެންމެ ފަހު މަސައްކަތުގެ ގޮތުގައި ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާއްޖެތެރެ

    ނަޝީދުގެ ޤާނޫނީ ވަކީލުން ޖޭއެސްސީގަ ސިޔާސީ ކުޅިގަނޑު ފެޝީ.

  2. Anonymous

    ރިއްޕޭ، ޖޭއެސްސީ އަކީ ކަލެއާއި ސަރުކާރު ބޭނުންވާގޮތަކަށް ކުޅެން ކަލެއާއި ހަޥާލުކޮށްފައިވާ ކުޅިގަނޑެއް ވިއްޔާ، ކަލޭ ބޭނުންގޮތަކަށް އޮށްވަޅުކުޅޭ، އެއިރުން ޒިންމާ ހަލާލުގޮތުގައި އަދާކުރެވެމުންދާނެ، މުރަނގަގަސްދޮށި މާލިމީ..

  3. ހުސޭނުބޭ

    ބަޔަކު ވެރިކަމަށް އަންނަންވެގެން އަޑުގައި ނެތްތަނަށް ގޮވީ ފަނޑިޔާރުގެ އިސްލާހްކުރާ ވާހަކަ. އެމީހުން އެތަން އިސްލާޙްކުރީމާ ވީ ޖުޑިޝަރީ ޕްރިވެޓް ލިމިޓެޑަށް. އަނެއްކާ އަނެއް ފަހަރު އިސްލާޙްކުރަންތިފެށީ. މި ފަހަރު ތު ތަނެއް ބަފާގެ ތަރިކަ މުދަލަށް ނުވިއްޔާ ވާ ނަސީބު!

  4. ލލ

    ޖުޑިޝަރީ އިސްލާހަކީ ސިޔާސީ ވަފާތެރި ކެހިވެރިން މޮޑޭ ފުއްގަޑު !

  5. އަޒުހާނު

    ކީއްވެ ތޯ؟ ތަފުސީލު ނުދެނީ