މޯލްޑިވިއަންގެ ފްލައިޓުތަކުން ނަގާ ޓިކެޓުތަކުގެ ގަޑި ބަދަލު ކުރާނަމަ ފައިސާ ނަގަން ނިންމައިފިއެވެ.

މޯލްޑިވިއަންގައި މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަކީ، ޓިކެޓް ނަގާފައި ފަސިންޖަރު ފުރަން ނުގޮސްފިނަމަ، އެހެން ފްލައިޓަކަށް އިތުރު ފީއަކާ ނުލައި ބަދަލުކުރެވޭ ގޮތެވެ.

ނަމަވެސް މިހާރު ފްލައިޓް ފުރުމުގެ 6 ގަޑިއިރު ކުރިން ފްލައިޓުގެ ގަޑި ބަދަލު ކުރާނަމަ 106 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. އަދި ފުރުން ހަގަޑިއިރަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮންނާއި، ފުރަން ނުދެވިއްޖެނަމަ އެ ޓިކެޓުގައި އެހެން ފްލައިޓަކުން ފުރަން 106 ރުފިޔާއާއި އިތުރު 212 ރުފިޔާ ހިމެނޭހެން ޖުމްލަ 318 ރުފިޔާގެ ޗާޖެއް ނެގުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް ކޮމިއުނިކޭޝަން މެނޭޖަރ މޫސާ ވަސީމު "ވަގުތު" އަށް ވިދާޅުވީ، ނޯޝޯ ޗާޖަކަށް 80 ރުފިޔާއާއި 200 ރުފިޔާއާއި ދެމެދުގެ ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ފާއިތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި ޖުމުލަ 16،500 މީހުން ޓިކެޓް ނެގުމަށްފަހު ފުރާ ގަޑިއަށް ނުދެވުމުން އެކަމަށް ހައްލެއް ހޯދުމަށް ކަމަށް މޫސާ ވިދާޅުވިއެވެ. އެއީ މަހެއްގެ މައްޗަށް 2350 ސީޓު ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"ނޯޝާ ޗާޖެއްގެ ގޮތުގައި ދެން ޓިކެޓު ބަދަލު ކުރާއިރު ނަގާނެ 80 ރުފިޔާއާއި 200 ރުފިޔާއާއި ދޭތެރޭގެ އަދަދެއް. ނޯޝޯ 6 ގަޑިއިރަށްވުރެ ކުރިން އަންގައިފިއްޔާ ނޯޝޯ އަކަށް ނުނަގާނެ. ހަމަ އެކަނި ޓިކެޓް ޗޭންޖަށް ނަގާނީ. އެއީ 100 ރުފިޔާ ޕްލަސް ޖީއެސްޓީ" މޫސާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ، ނޯޝޯ ފައިސާ ދެން އަބަދު ވެސް ނަގާނެ ކަމަށާއި ގިނަ ބަޔަކު ނޯޝޯވުމުން ދެން ފުރަން ތިބޭ މީހުންނަށް ވެސް ފުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"2350 މަހެއްގެ މައްޗަށް ނޯޝޯ ވަންޏާ އެއީ ވަރަށް ބައިވަރު. އެއްގޮތަކީ ވަރަށް ބައިވަރު މީހުން ދަތުރު ކުރަން ތިބެފަ އަބަދު ވެސް މިބުނަނީ ދަތުރު ކުރަން ބޭނުންވާ މީހުންނަށް ދަތުރު ނުކުރެވި، އަދި ނުވި ތާކަށް މި ބޯޓު ފުލް ކަމަށް ދައްކާފަ ދަތުރު ކުރާއިރު ވަރަށް ގިނަ މީހުން ބުނާނެ ހުސްކޮންނޭ އޮތީ. އޭރު ގިނަ މީހުން ނޯޝޯ ވެއްޖެއްޔާ އޭތި އޮންނާނެ ހުސްކޮށް. އެކަމާއި ހެދި އެހެން ބަޔަކަށް ޓިކެޓުގެ ބޭނުން ހިފޭނެ ދާން ތިބި މީހުންނަށް. އެމީހުންނަށް އޭރުން ދަތުރު ކުރެވޭނެ" މޫސާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން މިގޮތަށް ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ފާޑު ކިޔަވަމުންނެވެ. މި ނިންމުމުގެ ކުރިން މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް ޑިލޭވުމާއި އެފަދަ ބައެއް މައްސަލަތަކާއި ގުޅިގެން ވެސް އެކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ސާރާ

    ދައުލަތް ބަގުރޫޓުވީ ވަރަކަށް ރައްޔިތުމީހާ ފެލައިލުން މި އޮންނަނީ

    49
    2
    • ނައިކް

      ދެން މޯލްޑިވިއަންގެ ފުލައިޓު ޑިލޭވީމަވެސް ދޭން ބުނެބަލަ..

  2. އުނގުޅޭ

    ސަރުކާރުން މުއަށްޒަފުންނަށް މަސްނިމުމަށްފަހު މުސާރަނުދީފިނަމަ އިތުރަށް 318 ރުފިޔާގެ ޗާޖެއްނަގަންޖެހޭ އަދި ސަރުކާރުން ވާނުވާ ނޭނގި އިތުރަށް މުސާރަ ދީފިނަމަ އިތުރަށް ދިން މުސާރަ 6 ގަޑިއިރު ތެރޭ ނުގެންގޮސްފިނަމަ މުސާރަ އިތުރަށް ދިންމީހާއަށް މިލްކުވާގޮތަށްެސް ހަދަންޖެހޭ.

    43
    1
  3. މާމީ

    މޯލްޑިވިއަނުން އަހަރެމެން ޓިކެޓުނަގާ ގަޑި ބަދަލު ކުރަނީ އަހަރެމެން ބުނެގެނެއްނޫން ދެން ކަލޭމެން ބަދަލު ކޮއްފިއްޔާ 2 ގުނަދޭން ޖެހޭނެ

    48
    1
  4. ބަކުރު

    ބަނގުރޫޓު ސަރުކާރު އިސްތިއުފާދީފަ ގެއަށް ދޭ ލަދުވެސް ގަނޭ މިސަރުކާރުގެ ވެރިޔަކަށްހުރީ ސޯލިހޭ ބުނީމަ...... މާތާހިރުވާނެ ވެމްކޯ މުއަށްޒަފަކު ރައީސް ކަމުގަ ބެހެއްޓިޔަސް.

    40
    3
    • ހަސަން

      ވެމްކޯވީމަ ދައްވީތަ؟

  5. ޢަހަންމަަ

    ކޮން އިރަކުތަ އެމީހުން ތިކަންތައްތަށް ހިލޭ ކޮއްދިނީ 150 ޑޮލަރު ނަގާފަ ވެސް ކޮއްދީފަ އެބަހުރި

    23
    1
    • އަން

      ކުރިންވެސް އޮންނަނީ ޓިކެޓްގެ ފުރާގައި ބަދަލުކުރަޏާ 106ރުފިޔާ ނަގާގޮތައް. ބައެއް މުއައްޒަފުން ކައުންޓަރުގަ ތިބޭއިރު އެކަން ތަންފީޒުކުރޭ، އަނެއް ބަޔަކު ތަންފީޒު ނުކުރޭ.

  6. ހުސޭނުބޭ

    ތަންތަނުގައި ތިބޭ އެއްޗެއް ނޭގޭ ރޯނުއެދުރުންނާ ތަންތަން ހިންގަން ހަވާލުކުރީމާ ރައްޔިތުންނަށް ދެވޭ ޚިދުމަތެއްގެ ބަދަލުގައި އެކަމެއް ވާނީ ރައްޔިތުންނަށް ކުރާ ދުއްޕާނަކަށް. އެހެން ވެފައި އޮތް ތަނެއް މިހާރު ތިއީ!

    39
    3
  7. ނެކްސްޓް ރައުންޑް އަށް ހޮވޭ ފަރާތަކީ ......😀

    މޯލްޑިވިއަން އިން ގަސްތުގަ ޑިލޭ ކުރާ(ގެސްޓުންނަށް ގަޑިޔަށްނާދެވިގެން) ފުލައިޓްތަކުގެ ޕަސެންޖާރސް ފައިސާ އަށް ޑިމާންޑް ކުރެވޭނެ އުސޫލެއް ހެދުން މާމުހިއްމު
    ފަލަ މުސާރަ ކައިގެންވެސް ކަސްޓަމަރުންނަށް ދުއްޕާންކުރުމުގެ އަރާތިބި ބައެއްތީ

    42
  8. Anonymous

    ޕައިލެޓުންގެ މުސަރަ ބޮޑު ކުރީމާ ފައިސާ ވައްދާނެ އިތު ކޮޅު ކޮޅުތައް ހޯދަނީ ދޯ؟؟؟

    34
    2
  9. ސައީދު

    ފުރަން އޮންނަ ގަޑިއަށް ނުފުރޭނަމަ ޕެސެންޖަރަށް 318.00 ރުފިޔާ އައިލޭންޑް އޭވިއޭޝަނުން ދެއްވަންޖެހޭނެ.

    45
  10. ލާމު

    އެހެންވީމާ އަހަރެމެން ޓިކެޓް ނަގާ ފަހުން ފުރާގަޑި ބަދަލު ކޮށްފިނަމަ އަހަރެމެންނަށް ވެސް ބަދަލު ދޭންޖެހޭނެ. ހެޔޮ 30 މިނެޓް ވިޔަސް. ދެކޮޅަށް ހަމަހަމަ ވާންޖެހޭނެ.

    43
  11. އަބްދޫ

    ހުރިހާ އެއާލައިނެއްގާ ވެސް އޮންނަ ކަމެއް

    12
    12
  12. ޝާކިރު

    ފާޑުކިޔާނެ ކަމެއް ނެތް. ދިވެހިންނަށް ޖެހެނީ ސުވަރުގޭގެ ޚިދުމަތް ލިބެން. ހިތަށް އެރީމާ ހިތަށް އެރި އެއްޗެއް ލިބެންޖެހޭ. ފުރަން ބޭނުންވާ ކޮންމެ ވަގުތެއްގައި ފްލައިޓް ވެސް އެވެއިލަބްލް ވާން ޖެހޭ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންތައް ވާން އޮތް ގޮތެއް ނޫން. ކިތަންމެ މުއްސަނދި ގައުމެއް ނަމަހީވެސް މިގޮތަށް މިހާ އަރާމުގައި އުޅޭ ތަނެއް ނުފެނޭ. އެހެނެއް ނޫން ކޮންމެ މީހަކު އަމިއްލަ ޖެޓެއް ހޯދަން ވީނުން. އޭރުން ބޭނުން ވަގުތަކު ފުރައިގެން ޑައިރެކްޓް ކޮށް ނުވަތަ ބޭނުން އެއަރޕޯޓެއްގައި ޖައްސާފައި ދެވޭނެ. ދިވެހިން އެބަޖެހޭ ހަމަ ބިމަށް ތިރިވާން.

    8
    23
  13. މަރީ

    މޯލްޑިވިއަން އިން މީހުންނަށް އަންގާވެސްނުލާ ފްލައިޓް ބަދަލުކޮށް އެމީހުންގެ ރައްޓެހިންނަށް ދިނުން އޯކޭދޯ؟ އެކަމާހުރެ ޓްރެއިނިންގ ވެސް މިސްވީ. މި މީހުންގެ ރައްޓެހިންނަށް ބޭނުން ގަޑިއަކަށް ދެވުނީމަ ނިމުނީ. އެހެން މީހުންވެސް ވަކި ގަޑިއަކަށް ޓިކެޓް ބުކް ކުރަނީ ޕްލޭންކޮށްގެން ކަމެއް ނުދަނޭ.އެހެންމީހުންނަށް ބެލުމެއް ނޯވޭ

    35
    2
  14. ބަޖަރަާ

    ކޮބާ އަހަރުމެން ފުރަންގޮސް ނުފުރި ތިން ހަތަރު ގަޑިއިރު ވާއިރު އޭރުންވާގެއްލުން އޭގެ ބަދަލު އެންމެ ކުޑމިނުން ކާއެތިކޮޅެއްވެސް ލިބެނީ ޒުވާބު ކޮއްގެން ސަލާން ޖަހައިގެން އެވެސް އެމީހުން ބޭނުންވާއެއްޗެއް.

    35
  15. ސަހަރޯ

    ހިންގަން ނޭގުނީމަ މީހުން ފެލަން ހިފާފަ

    32
    2
  16. އައްޑޫ މީހާ

    ފްލައިޓް ޑިލޭވެގެން އެތައް އިރެއް ވަންދެން ކަސްޓަމަރުން މަޑުކުރަން ޖެހުނަސް އޯކޭ އެކަމަކު ކަސްޓަމަރު ގަޑި ޖެހިއްޖެއިޔާ ފްލައިޓް ކަޓާނެ އަދި އެތަކެއް ފައިސާއެއް ފޭރިގަންނާނެ ޚިދުމަތް ދެވެނީކީއެއް ނޫން

    28
    1
  17. ރަށުމީހާ

    ތިވިދާޅުވިގޮތައް ރައްޔަތުންއަތުން ލާރިނަންގަވަނީވިށްޔާ ފުރުމަތް ފުލައިޓައްއަރުވާފާޔާ ނާރުވާވެސްއެވާދިލޭޔަތް ވާގެށްލުމަވެސް ރަތްޔަތުމީހާޔައްވެސް ލާރިދޭންވާނެނޫންތޯމޫސަ؟

    18
  18. ޢަލީ

    ހެޔޮ ނުވާނެ ތިހެން ނަހަދާ. ދިވެހިން އަތުން ނުނަގާ ބިދޭސީން އަތުން ނަގައިގެން ތިކަން ހަމަޖައްސަންވީނު. އެހެން ނޫނީ "މޯލްޑިވިއަން" ނަމުގަ ތިތަން ނުހިންގަވާ 😭

    25
    4
  19. މޫސަ

    ގަޑިއަށް ގޮއްސަ ނުފުރި ލަސްވާނަމަ އެކަމުގެޒިއްމާވެސް ނަގަންޖެހެނީ ޓިކެޓުނެގިމީހާތޯ

    31
    • މުޖައްރިބު

      ލައްބަ

      10
  20. ނނނ

    ލާރި ކެވޭނެ ގޮތެއް އޮތިއްޔާ ކެވޭތޯ ބަލާތި

    23
    4
  21. ާައަހުމަދު

    ފްލައިޓް ޑިލޭވީމަ ތިއެއާރލައިނުން ފަސެންޖަރުންނަ ފައިސާދޭ ގޮތަށްވެސް ހަމަޖައްސަންވާނެ.

    25
  22. ޢިބްރާހިމް

    މިއީ ޤަބޫލު ކުރެވާނެ ކަމެއް ނޫން. ޙުސްވި ސެޕްޓެމްބަރު މަހު ފަހު ކޮޅު ޓުރިވެންޑްރަމް އަށް ގޮއްސަ ހޮސްޕިޓަލް ގެ ބޭސް ފަރުވާ ނުނިމޭތީ ޓިކެޓް ބަދަލު ކުރަން ފުރަތަމަ -/500ރ ދީ ބަދަލު ކުރުމަށް ފަހު ބަދަލުކުރި ތާރީޚް ގެ ދެ ދުވަސް ކުރިން ހޮސްޕިޓަލް ގައެޑްމިޓް ކުރުމުން ދެންވެސް ޓިކެޓް ބަދަލު ކުރީ ހިލެއަކު ނޫން. ހަމަ ދެފަހަރުވެސް ބަދަލު ކޮށްދިނީ ޓިކެޓްގަނެފައިވާ ތަން ކަމަށްވާ 3 ބީ އެމް ޓްރެވަލްސް އަށް ފައިސާ ދައްކާފަ.

    12
    1
  23. Anonymous

    މޯލްޑިވިއަން އިން ފުލައިޓް ފުރާ ގަޑި ދެން ބަދަލު ކޮއްފިއްޔާ ކޯޓައްދާން ތިބޭތި.

    19
  24. ހުސެންް

    ތިއީ ރަނގަޅު ނިންމުމެއް. މިގައުމުން އބަޖެހޭ ކަންނެތްކަން ނައްތާލަން.

    5
    11
  25. ފާތު

    ހުރިހާ މަރުހަލާއެއްގަވެސް ލާރިނަގާ. ފުރަންގޮސް އެންމެ ކިލޯ އެއް ބަރުވިއަސް 750 އަށް ވުރެގިނަ އިންޑިއާ ރުޕީސް ނަގާ. ދެނީ އެންމެ 20 ކިލޯ. އަދި ޢެތައް ބަލި މީހުންނާއިކުޑަ ކުދިން އެއަރޕޯރޓްތެރޭ ތިތަނުން އަންގާފަވާގޮތަށް 3 ގަޑިއިރުކުރިން ގޮސް ބޯޓް ޑިލޭވުމުން އެ އުފުލަން ޖެހޭ ތަކްލީފަށް ކޮންމެސް އަދަދަކަށް ރައްޔިތު މީހުން ނަށް ވެސް އެހީ އެއްފޯރުވާލުން ރަގަޅު ކަމަށް ފެނޭ.

    14
    1
  26. މަހޭ

    ސޯލިހޫ ވެރިކަމަށް އަންނަންވެގެން ހެދިހާ ދޮގުތަައް މަދީތަ އަދިވެސް ! އަހަރެމެން މިހާ ދަތިހާލުގައި ތިއްބާ ފެލާލަނީ ! ސްޓިކަރ ޖަހާގެން ލާރިއެއް ނުހޭދޭނު! ބޮޑު މުނާފިގު! ގައުމު އޮޓުނީ! އިސްތިއުފާ ދީފައި ރަަށަށްދެ!

    11
    2
  27. މޯލްޑިވިއާނާ

    އަދިވެސް އިސްތިއުފާދީފަ ރައްކާވާކަށް އެނގޭ ބައިގަނޑެއްނޫން ވެރިކަމުގަ ތިބީ؟؟؟ ދެން ނުވިއެއްނު،،، ފައިބާ،، ރައްޔިތުން ފެލުންނޫން ކަމެއް ކުރަން އެނގޭ ބައެއްނޫން މީކީ

    12
    2
  28. ޙަަސަން

    މޯލްޑިވިއަނުން ގަސްތުގަ އަހަރެމެންގެ ފްލައިޓް ބަދަލު ކުރޭ ހޭ ވެސް އަހާނުލާ. ޢެކަމަށް ވެސް ޗާރޖު ކުރަންވީ ނޫންތޯ

    9
    1
  29. Anonymous

    މޯލްޑިވިއަންއިން ގަންނަ ޓިކެޓް އެތަނުން ޕްރިންޓްކުރާތީ ނުވަތަ ވައިބަރ ނޫނީ މެއިލް ކުރާތީ އެކަމަށްދާ ޚަރަދުވެސް ނަގަންފެނޭ. އަދިވެސް ރައްޔިތުން ފެލެންއޮތްގޮތެއް ބަލައި އެގޮތަށް ފެލަން ފެނޭ. އަނެއްދިވެހިރާޖެ މީ މިނިކާ ރާއްޖެއެއް. މިރާއްޖޭގައި އޮންނަނީ ހެޔޮވެރިކަމުގެ ބަދަލު ބަލާވެރިކަމެއް.

    10
    2
  30. ބލވރ ސރކރ

    އަންގާ ނުލާ ގަނޑި ބަދަލު ކޮއް ފުލައިޓް ބަދަލު ކުރީމަ 106ރ ދޭނެތަ؟

  31. ޞައްދާމު

    އެއަރލައިނުން ފުރާގަޑި ބަދަލު ކޮށްފި ނަމަ 500 ދޭންވާނެ!

  32. ރައްޔިތުންގެއަޑު

    ދައުލަތުގެ ވެރިންގެ ހުރި ލަދުހަޔާތްކުޑަކަން ރައްޔިތުން ވިސްނާށެވެ. އެވެރިންގެ މުސާރަތައް ބޮޑެވެ ، އެވެރިންގެ ލިވިން އެލަވެސްވެސް އިންތިހާއަށް ބޮޑުކޮށް ލިބެއެވެ. ދައުލަތުގެ ހަޒާނައިން އެވެރިންނަށް ބޭސްފަރުވާ ކުރުމަށް ވަކި ލިމިޓެއް ނެތެވެ.
    ނޯޝޯ ފީއާ ، ފްލައިޓް ބަދަލުކުރަން ފީ ނަގައިގެންގެންވެސް ރައްޔިތުން ދެކޮޅުނުޖެހިގެން އުޅޭއިރުވެސް ، އެ ރައްޔިތުން ފެލާލަނީއެވެ. މިއީތޯ ހެޔޮވެރިކަން ؟؟؟؟؟

  33. ާައަބްދުﷲ

    މޯލްޑީވިއަން ނޫން ގޮތެއް ދިވެހި ރައްޔިތުން ހޯދަން މިއަދު ވަނީ ޖެހިފައި.

  34. ކޮރަލް

    އެކަޓިވިސްޓުން ލީމަ ވާ ގޮތެވެ. .

  35. ރީތި މޫސަ

    މިދެންކިހާވަރުގަދަކަމެއް ރައްޔިތުންއަތުން ނެގުނުގޮތަކަށް ފައިސާ ނަގަނީ އެކަމަ ނަގާހާފައިސާ ޚަރަދު މިކުރަނީ ވަކިބަޔަކަށް މީގެތެރޭ އެންމެ ފާހަގަކޮށްލެވޭ އެއްފަރާތަކީ ރައީސް ނަޝީދު އެންމެނަށް އާސަންދަ ކަނޑައެޅިފައޮތަސް އޭނަޔަށްވަނީ ވަކިން ބޮޑުއަދަދަކުން ބަޖެޓްކޮށްފަ ބަހައްޓަނީ ރާއްޖޭގަހުންނައެން އަގުބޮޑު ހޮޓަލުގަ ނަމަވެސް ނަޝީދަކީ ރައްޔިތުންގެފައިސާއިން ތިންމުސާރަ ނަގާމީހެއް މިހުރިހާކަމަކަށް މިދަނީ ރައްޔިތުންގެ އަތުން ފައިއަތުލާ ރައްޔިތުން ނިކަމެތިކުރަމުން

  36. އަހުމަދު

    ފެލައިގެން ރައްޔިތުންގެ ލޭ ބޮނީ.