އއ. މަތިވެރީގައި ހުންނަ ޑީއާރްޕީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގެސްޓް ހައުސް، ކާޒާ މިއާގައި ރޯކޮށްލައިފިއެވެ.

ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރު "ވަގުތު"އަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި ރޯކޮށްލީ ގެސްޓް ހައުސްއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އިމާރާތުގައި ކަމަށެވެ.

ރޯކޮށްލި ޖާބިރު ގެސްޓް ހައުސްއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އިމާރާތް - ގެސްޓް ހައުސް

"އެތަން ވަނީ އަނދާ ހުލިވެފައި، ބެލެވެނީ ޓިޝޫ ކަހަލަ އެއްޗެެއްަގައި ރޯކޮށްލާފައި އެތެރެއަށް އެއްލާލީ ކަމަށް". އޭނާ ވިދާޅުވިއެވެ.

އެނގިފައިވާގޮތުން އެ ގެސްޓް ހައުސްއަށް ސްޓެލްކޯއިން ކަރަންޓް ދޭން ފެށީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޯކޮށްލާފައި މި ވަނީ ގެސްޓް ހައުސް ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށެވެ.

ރޯކޮށްލި ޖާބިރު ގެސްޓް ހައުސްއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އިމާރާތުގައި- ގެސްޓް ހައުސް

މުހައްމަދު ޖާބިރު ވިދާޅުވީ، އެތަން ރޯކޮށްލީ ސްޓެލްކޯއިން އެތަނަށް ކަރަންޓް ދިނުމުން ހިތްހަމަ ނުޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.

"ކިތަންމެ ވަރަކަށް ރޯކުރިޔަސް އަޅުގަނޑުމެން މިތަން ހުޅުވާނަން".

މި ހާދިސާގައި ގެސްޓް ހައުސްގެ އިތުރު ތަަނަކަށް ގެއްލުމެެއް ވެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ޖާބިރުގެ އެ ގެސްޓް ހައުސްގައި ބަޔަކު ރޯކޮށްލާފައިވެއެވެ. މީގެ ދެ އަހަރު ކުރިން ހިނގި އެ ހާދިސާގައި ކޮޓަރިތަކުގައިވެސް ރޯވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކާޒާ މިއާ

    މަތިވެރީ ރައްޔިތުންގެ ޢެއްބާރުލުން ބޭނުންވޭ.

  2. ކަހުރަބު

    ކަލޯ ޖަބިރާ ދީނާއި ކުޅެފި ދިވެހިންގެ ލެޔާކުޅެފި ދެން ރާކަނިމަސް ކައި

  3. މުހައްމަދު

    މަތިވެރިއަކީ ވަރަށް ހިތްހެޔޮ ރަހުމަތްތެރި ރައްޔިތުންތަކެއް އުޅޭ ރަށެއް. އެތައް ބަޔަކު ގެސްޓުހައުސް ހަދައި ވިޔަފާރި ކުރަމުން ދާ ރަށެއް. ދެފަހަރަކު ދެވިފައި ހުރީމައި މިކަން ފެނިފައި ހުރީ. މިފަދަ ޕީސްފުލް ރަށެއްގެ ރައްޔިތުން ވަކި މީހެއްގެ ވިޔަފާއިރާއި ނުރުހުންވެގެން އުޅޭނީ ކޮންމެވެސް ސަބަބެއް އޮވެގެން. އަދި މަޖިލިސް މެންބަރެއް ކަމަކު ރަށެއްގެ ރައްޔިތުންނާ ޖެހިގަނެގެން ބިރުދައްކައެއް ނުހެދޭނެ. މިކަން ޕޮލިހުންވެސް އެބަ ޖެހޭ ބަލަން.

  4. ޒުލްފިގާރު

    އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ނެތިގެންދާނެ ޖާބިރަކަސް ހާބިރަކަސް

  5. ނަޝީދު

    ކެކެ ނިކަމެތިން ގެ ސައިކުތައް އުކަމުން ދުރުވި ވާހަކަ އަޑު އެހިން އެކަމައްވެސް ތިޔަ އެއްޗެއް ހިގަނވާނެނޫންތޯ ހޮނޑާބެ

  6. ހުސޭނުބޭ

    ޕެނަލް ބޯޑުގައި ރޯވީމާ ރޯކޮށްލީއޭ ތި ކިޔަނީ. ޤަބޫލެއްނުކުރެވޭ ތި ދައްކާ ވާހަކައެއް. ބަޔަކު ތިތަނުގައި ރޯކޮށްލާނަމަ ކީއްވެ ކަރަންޓްދޭން ހަދާފައި ހުރި ތަނަކު ރޯމާދުވާލު ރޯކޮށްލަންވީ. ތި އުޅެނީ ކޮންމެވެސް ތަނަކުން ނުހައްޤުން ލާރިގަނޑެއް ކައްވާލަން. ރޯކޮށްލަންޏާ ސީދާ ގެސްޓް އައުސްގައެއްނޫންތަ ރޯކޮށްލާނީ!

  7. މުހައްމަދު ޝަމީމް

    ކަލޯ މުހައްމަދާ ރަށުމީދާ ރަށަށް ގަދަވާނެ، ބަފާގޮތަސް ބޭކާރު ގަދަބަސްތައް ނުބުނެ ކުރަންބޭނުންވާކަމެއް ރަށުމީހުންނާއިވެސް ގުޅިކެން ކުރީމަ ވިޔަފާރިއޭ ކިޔޭނީ.

  8. ޗައްކަރޭ

    ޖާބިރު ވީމަ ގާނޫނީ ހިމާޔަތެއް ނެތް، އަންނި ވީމާ ސެކިއުރެޓީ އާއި މުޅިދުނިޔެ އަންނި އަންބޮނޑިއަށް ލެވޭ. މިއީ ކޮންފަދަ ބޮޑު ބލ ވެރިކަމެއް؟

    7
    4
  9. އިންޟުއަރެންސް

    އަނެއްކާ އަނެއް ބޮޑު ޖަރީމާ، އިންޟުއަރެންސް ލާރި ކޮޅު ކަޓުވާލަން ކުރާ ކަންކަން މީ.

  10. Anonymous

    ރަށްރަށުގަ ޖާބިރު ނުޖެހޭނެ ތިޔަކަހަލަ ވިޔަފާރި ކުރާކައް .