ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދެ ކޮއްކޮއިން ކަމުގައިވާ އަލީ އަސްރާރު އާއި މުހުލިސް އަބްދުލް އަޒީޒު (ހުތާ) ހައްޔަރު ކޮށްފިއެވެ.

ޖާބިރުގެ ދެ ކޮއްކޮއިން ހައްޔަރު ކޮށްފައިވަނީ އއ. މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓްހައުސް ކަމަށްވާ ކާސާ މިއާގައި މީގެ ދުވަސްކޮޅެއް ކުރިން މީހަކަށް އަނިޔާ ކުރި މައްސަލައަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ، މަތިވެރީގައި މީހަކަށް ހަމަލާދިން މައްސަލާގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޖާބިރު "ވަގުތަށް" މިއަދު މަތިވެރީގައި ގެއްލުން ދީފައިވަނީ އޭނާގެ އަމިއްލަ ގެސްޓް ހައުސްއަށް ކަމަށާއި އެހެން ނަމަވެސް ފުލުހުން ހައްޔަރު ކޮށްފައިވަނީ އޭނާގެ ދެ ކޮއްކޮ އިން ކަމަށެވެ. އަދި ރައްޔިތުންގެ މައްސަލަ ފުލުހުން ނުބަލާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ނެތިން މަތިވެރީގައެއް. ފުލުހުން ކޯޓު އަމުރު ހިފައިގެން އައީމަ އަޅުގަނޑު ބުނިން ގުޅީމަ ދާށޭ އެމީހުންނާއި އެކީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މަތިވެރީގެ ރައްޔިތުން އެމީހުންގެ ތަންތަނަށް ގެއްލުން ދެމުން އައި ނަމަވެސް ފުލުހުން އެކަން ނުބަލާކަން ކުށްވެރި ކުރާ ކަމަށާއި ކޮއްކޮއިން މިނިވަން ކުރުމަށް ވަކީލުންގެ ޓީމެއް މިހާރު ހަމަ ޖައްސަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓް ކޮމިޝަނަށާއި ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    މައްސަލަ ފެށުނީ ޖާބިރުގެ ސަބަބުން ނެވެ. ވޭތުވެދިޔަ 10 އަހަރު މުސާރަ ނުދޭ މީހުންގެ ލިސްޓް އެއް ނަގައިފަނަމަ ވ ދިގު ވާނެ އެވެ.

  2. މީން

    ޖާބިރު އިޒް ޓޫ މަޗް ނައު.

  3. ލލ

    ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންނާއި، ޕާޓޭން ޤައުމުގައި ރަސްކަން ކުރާ ދުވަސްވަރެއް،