ކުރީގެ ރައީސް އަބްދު ﷲ ޔާމިންގެ ސަރުކާރުން ހޭވި "ހަޑި" ސާފުނުކޮށް 2023 ވަނަ އަހަރު ރައްޔިތުންގެ ގާތަށް ވޯޓް ހޯދުމަށް ނައުމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ވެސް ނާއިބް ރަައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. އިޔާޒް މިހެން ވިދާޅުވީ، ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން އެއީ ކުރީގެ ސަރުކާރުން ގެނެސްފައިވާ އިސްލާހެއް ކަމެެއް ބުނެ އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި ސިވިލް ސާރވިސް ކޮމިޝަނުން އެޅުވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކުރީގެ ސަރުކާރުން ހޭވި "ހަޑި" ސާފުކޮށް ރަނގަޅު ކުރުމަށް ކަމަށެވެ.

"ވީމާ ކުރީގެ ސަރުކާރުން ކުރި ކަމެކޭ ކިޔާފައި މިކަހަލަ ‘ހަޑި’ ސާފުނުކޮށް 2023 ވަނަ އަހަރުގައި ވޯޓް ހޯދަން ނުނިކުންނާތި." އިޔާޒް ވިދާޅުވިއެވެ.

މަސައްކަތުގެ ރަސްމީ ގަޑިން ބޭރުން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނައީ މިދިޔަ ސަރުކާރުގައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނީ ނޫސްވެރިންގެ މައުލޫމާތަށް ކަމަށް ބުނެ އާއްމު ކުރި ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ ރަސްމީ މަސައްކަތު ގަޑީގެ ބޭރުން ވެސް ސިޔާސީ ކަމެއްގައި ބައިވެރިވުން މަނާ ކުރީ ސިވިލް ސާވިސްގެ ގާނޫނަށް 2015 ވަނަ ގެނެވުމުގެ އިސްލާހެއްގެ ދަށުން އެ އަހަރު އިސްލާހު ކުރި ގަވާއިދުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރަން ރީނދޫ

    ބޮލަށް ބޭސް ކުރަން ޖެހޭ ސޮރެއް.

    30
  2. ހުސޭނުބޭ

    މަނިކުފާނު އަދި ތި އިންނެވީ ދެލޯ މަރާގެންތޯއެވެ. ދެލޯ ހުޅުވާލާފައި މި ސަރުކާރުން ހާވާފައި އެ އޮތް ހަޑި ބައްލަވާށެވެ. ދުނިޔެމައްޗަށް އިރު ފާޅުކުރައްވާ ކޮންމެ ދުވަހަކީ މި ސަރުކާރު އަޑީގައި އޮވެ އިސްލާމްދީނަށް ފުރައްސާރަކުރާ ދުވަހެކެވެ. މިވަރު ނުފެންނަންޏާ މަނިކުފާނުގެ ދެލޯވެސް ކަނީއެވެ.

  3. ދަރަނި ދަންތުރަ

    ޑިމޮކުރަސީގެ މުނިކާފަ އެމް ޑީ ޕީ ގެ ރައީސް ނަސީދަކީ ، އެކަމަކު ޑިމޮކުރަސީ އެއީ ހަރު އެއްޗެއް ކަމެއް މަޑު އެއްޗެއް ކަމެއް ވެސް އެކަލޭގެޔަކަށް ނޭންގޭ ، ހުދުމުހުތާރު ކަމުގެ އައްޕަ ފައްކާ ޑިކުޓޭޓަރެއް

    18
  4. އައްލާބެއްޔާ

    ހަގީގަތުގަ އި އ އިޔާޒު އަކީ ޔާމީނު އާ ޔާމީނު އައށްމީހުންގެ
    އއ އަދު އއ އްވެ އް،ހަސަދަވެރިއ އެ އް ކަލޭމި އަދާހަމަޔަކޮށްފަ
    ހުރިޓުވިޓުތަކުންނާ ދަ އްކާފަހުރިވާހަކަތަކުން ވަރަ އް
    ސާފު
    ކަލެ އަށްމިސަރުކާރުންހޭވިހަޑި އެ އްނުފެނުނީތީ
    އަންތަރީސްވޭ

  5. ޔާލްބެ

    ކަލޭ ބަލައެއް ނުގަނެ ދިވެހިންނެއް ...ބޯގޯސް ވާހަކަ ދައްކާ ގޮލައެއްތި

    29
    1
  6. އަލިބެ

    ސާބަހޭ އިޔާޒް

    7
    27
  7. އަލީ

    ތިބޭފުޅާ މިސަރުކާރު ގެންނަން މަސަކަތް ކުރީ މާ ރީތި އެއްޗެއް ހާވާ ބައެއްކަމައް ހީކޮއްތަ؟ މިދިޔަ ސަރުކާރާ ހިތާވެގެން ނޫޅެބަލަ!! ކަލޭމެން ހަޑިހާވާން ގެނައި ސަރުކާރެއް މީ..

    40
    3
  8. ކޮރޯނާ

    ހަޑި ހޭވިއޭ ކިޔާފަ މީހުން ވާ ވެއްދި ބައިގަންޑު ވެރިކަމަށް އައިސް މި ހާވަނީ އަސްލު ހަޑި!
    މިހާރު މިފެންނަނީ ކަލޭމެން ގެނައި ވެރިކަމުގެ ލާދީނީ ނުބައި ހަޑި!

    40
    1
  9. މަ

    ހަޑިހޭވިއޭކިޔާފަ ވާހަކަދައްކާއިރު އިބޫ ސަރުކާރުން ހާވާފައި ހުރިހަޑިޔާއި، މިހާރުވެސް ހާވަމުންދާ ހަޑި މާބޮޑަށް ހުތުރުވެފައި ގޯސްކަން އިޔާޒުއަށް ނޭންގޭނަމަ އިޔާޒުއަކީ ނުކުޅެދޭ ބުއްދިހަމަނުޖެހޭ މޮޔައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަކުރެވެނީ އެހެންވީމާ އިޔާޒުގެ ޖީބަށް ވަންވަރު އިތުކޮށްލުމަށްޓަކާ ނުކުޅެދުންތެރިކަން ހުންނަމީހުންނަށްދޭ އިނާޔަތް ހޯދުމަށް އިޔާޒު މަސައްކަތް ކުރަންފެނޭ އިޔާޒުމެންކަހަލަ ނުކުޅެދޭ މީހުން ދިނުމަށްޓަކާ ސަރުކާރުގެ ބަޖެޓްގައި އެފައިސާ ހިމަނާފައިވެސްވަނީ
    ޢަވަސްކުރޭ ފޯމްހުށަހަޅާ

  10. ބޯހަލާކު

    ކުރަންވީ ކަމަކީ ކަލޭމެން ގެ ކިބައިން ފުރަތަމަ ސަލާމަތްވާން ނުބަކަމުގެ ހައްދެއް ނެތް މިޤައުމު ގެ ދުވަސް ތިދުއްވާލީ ތިކަހަލަ ޚާއިނުން ޤިޔާމަތު ގެ އަލާމާތެއް ތުބުޅިން ދީން ދައްކައިގެން ތިއުޅެނީ

    12
  11. Anonymous

    ފެނިވަޑައެއް ނުގަންނަވާތޯ؟
    ހަޑި ރާވަނީ ކޮންބައެއްކަން. ރ. ޔާމީން ހައްދަވާ ފައި ހުންނާނެ ދަރުމަވަންތަ ކިޔާ ބިރުވެރި ހޮހޮޅައެއް. އެތަނުން ލޮލުގެ ޑިޕާޓްމަންޓް ން ލޯ ޗެކްކޮށް ފަރުވާދޭނެ.
    މިސަރުކާރަށް ވާގިވެރިވާން ތިހުންނަނޫ ހަޑި ރާވާކަން އެނގި ވަޑައިގަންނަވާ ތީތޯ. ނޫނީ ހަމަ ގޮތް ދޫނުކުރަންވަން ނަމާއި އެއްގޮތަށް ސޯލިހު ކަމުންތޯ
    ލަދުފުޅު ކޮބާތޯ.
    ކިތައް ކަންތައްތޯ މިވީހާތަނަށް ދީނަށް ފުރައްސާރަ ވާގޮތަށް . މޮޅު ވާހަކަފުޅު ނުރައްކާވާ. ޝެއިޚް އިލްޔާސް ދުޢާދެއްވީއޭ ވިދާޅުވި. އެކަމަކު ދުޢާދެއްވި މީހާގެ ވެރިކަމުގައި މޮޔަ މީހުންނަށް ކުޑަކަމުދާން ﷲ ހުރުމަތްތެރި ކުރެއްވި މިސްކިތް ވެސް އޯކޭ. މީ ކުޑަ މިސާލެއް.

  12. އުގުރި

    އަދާލަތަކީ މި ދިވެހިރާއްޖޭގެ ދީނީ ކަންކަން ފުޑާލައް މިހާރު ފައި ވިއްދާފައި ތިބި ބަޔެކޭ ބުނުމުން އެއީ ދޮގަކަށް ނުވާނެ.

  13. ބޯބުރާންތި

    މިކަހަލގެ ބޯބުރާންތި އާލަތުން ދީނެކިޔާގެން މިތެޅެނީ މި ފައްކާ މިހުން ވަވެއްދުމަ ދީންވިއކަގެން ތެޅޭ ބޮޓެއް މިކަހަލގެ 3 އިން 4 ބޮޓުން އުޅޭނެ މިގައުމުގާ މި ނަސީދަށް މިގައުމު ހަދާނެ އެއްޗެއް ހަދަން ދީގެން އުޅޭ ގައްދާރެއް

  14. މއާޒު

    އިސްލާމްދީން ހަލާކުކުރަން އުޅޭމީހެއް މިއީ ޣާފިލްކަމުގެ ކޯމާއެއްގަ މީނަހުރީ

  15. ކުރުކުރު

    މިކަލޭގެއަށް މިވާގޮތެއްވެސް އެބަ ބަލަންޖެހޭ..ހީވަނީ ކޭޝް ފްލޯ ދަށްވީހެން

  16. ދެފުށް

    މާދަމާ މީނަ ބުނެފާނެ އެކަކުވެސް މި ސަރުކާރު އޮތް ވެރިކަމާއި ކޯލިސަނުން ވަކިނުވައްޗޭ! މި ސަރުކާރު މީ މީނަ ޔާމީނާ ޒަތީވެގެން ގެނައި ސަރުކާރެއް! މީނަ މިހުރީ މިހާރު އެއްކަލަ ސަރުކާރުން އެހެލާފަ! ދެންމީނަ ކިޔާނެއް އެއްޗެއްނެތް! ތިބޭ ފުޅާ ނުނުކުތަސް މި ފަހަރު އެމްޑީޕީ ހުރިހާ މުދައްރިސުންނާ ސިވިލްމީހުންނާއި ހޔާ ފްލެޓްގެ ރައްޔިތުން ނުކުމެ ހަމަބިމައްތިރިކުރާތަން ބަލަން ހުރެ! އިންޝާﷲ. ދެން ވެރިކަމަށް އަންނަން ހަދަާންނައްތާލަ ތިބޭފުޅުން

  17. ބުރާންތި

    ކުރީ ސަރުކާރުން ހޭވި ހަޑި ތެރެއަށް މިސަރުކާރުން ވެއްޓި އަރައިގަންނަންވެސް ނޭނގިގެން މިއުޅެނީ ބޮލުރޮދި ކެނޑިފަ ހުރި ވެރިޔަކަށް ތާއީދުކުރުމުން ކަން ހަނދާންނެތުނީތީ ދެރަވަމެވެ.

  18. ކާލި

    ވެރިން ވައްކަން ނުކުރާށޭ ރައްޔިތު މީހާ ބުނުމަކީ ސިޔާސީ ކުށެއްތޯ ؟ މިޤައުމުގައި އުޅެން އެންމެ ފަސޭހައީ ޕާޓޭއަކަށް ވެގަތުން، ނުވަތަ ވަފާތެރި ކެހިވެރި ސިޔާސީ ޗޯރަކަށް ވެގަތުން in

  19. ޖާނޭ

    ޝޭޚް އިމްރާން އައުރަ ނިވާ ނުކޮށް ފުޓް ބޯޅަ ކުޅެން ނުކުތުމަކީވެސް ކުރީ ސަރުކާރުގެ ކުށެއް! ހޯރަޢިއްބެ ޤާނޫނާ ޚިލާފަށް ޖަލުން މިނިވަންކުރީވެސް ކުރީ ސަރުކާރުގެ ކުށުން!ކޮވިޑް ޖެހުނީވެސް ކުރީ ސަރުކާރުގެ ކުށުން!
    "ޢެދޭ ނަމަ ލޯބިވާ މިތުރާ ހިތަށް ކުޅަދާނަ މިންވަރަކުން
    ޢަދާވާތް ތެި ވިއަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން"
    ޑރ.އިޔާޒު ތިޔަ ހުންނެވީ ކުރީ ސަރުކާރުެ ލޭގެ ދުޝްމަނަކަށް ވެފައި.

  20. އަހްމަދު

    މިތާނގާ ކޮމެންޓް ކޮށަފައިވާ މީހުނަށް އިޔާޒުގެ މިމެސެޖް ފަހުމު ނުވާކަމަށްފެނޭ. އެމެސެޖް ރައްދުވަނީ ޔާމީނު ސަރުކާރަކަށްނޫން. ވަރަށްސާފުކޮށް އިޔާޒްގެ މެސެޖް އެއޮތީ މިސަރުކާރަށް ދީފާ.

    1
    1
  21. އިސްމާޢީލް

    އިޔާޒޫ އެއްމެ ރަނގަޅުތަ މިސަރުކާރުން ހާވާ ހަޑިޔާއެކު ވޯޓް ހޯދަން އަޔަސް؟ ހަމަ އަހާލީ އެއްވެސް މައްސަލައެއް އޮވެގެނެއްނޫން.

  22. އަނަސް ކޮއްކޮ

    ޝައިޙޫ ރުޅިވެރިކަމާއި ހަސަދައިން ތިހިރީ ފޯވެފައި، ދީނަށްވުރެ ތިހިރީ ދުނިޔެ އިސްކުރެވިފައި، ދީނަށް ގޮވާލާ މިހެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަޢުވެރިކަމާއި މަޑުމައިތިރިކަމެއް ނުފެނޭ ޝައިޙްގެ ކިބައިން.
    މި ދިވެހި ރާއްޖެ އިސްތިއުމާރުކޮށް އިސްލާމީވަންތަކަން ނައްތަލަމުންދާއިރުވެސް ތިޔަ ހުންނަވަނީ، ހެދުނު ގޯސް އަދިވެސް ދިފާޢު ކުރުމުގައި...
    އިސްލަމްދީން ﷲ ތަޢަލާ މަތިވެރިކުރައްވާނެ އެއީ ޝެއިޚު ކިތަންމެ ރުޅިއަންނަ މީހަކު މެދުވެރި ކުރައްވާފައިވިޔަސް
    ނުވަތަ ޝައިޚް ކިތަންމެ ތާޢީދުކުރާމީހަކު ބަލިކުރައްވާފައިވެސް.