މަޖިލީހުގެ ތެރެއިން ޖަރީމާތައް ހިންގުމުގައި ބައިވެރިވާ ހުރިހާ މީހުންނަށް އަމިއްލަ ގޮތުންވިޔަސް ދައުވާ ކުރައްވާނެކަމަށް އަދާލަތު ޕާޓީގެ ނާއިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ ނިންމެވުމެއް މަޖިލީހުން ނިންމަވަން ޖެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުގެ ދެބައިކުޅަ އެއްބައި މަޖިލީހަށް ހާޒިރުވެ ތިބޭ ޖަލްސާއެއްގައިކަމަށް މަޖިލީހުގެ ޤަވާއިދުގަިއ ބުނާބުނުން ބަދަލުކޮށް، ޒަރޫރީ ހާލަތުގައި ވޯޓަށް އެހޭނެކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ޒާހިރު ވިދާޅުވީ ޖަރީމާތަކުގައި ބައިވެރިވަނީ މަޖިލީހުގެ ރައީސްކަމަށް ވިދާޅުވާ ބޭފުޅާކަމަށްވިޔަސް ދައުވާކުރައްވާނެ ކަމަށެވެ.

"މިކަމުގައި ޤާނޫނީ ލަފާދެއްވާ ކައުންސިލާ ޖެނެރަލް ކަމަށް ވިޔަސް ވޯޓްތަކުގައި ބައިވެރިވެވަޑަންނަވާ ހުރިހާ މެންބަރުން ކަމަށްޔަސް އެބޭފުޅުންނާއި ދެކޮޅަށް އަމިއްލަ ގޮތުން ނަމަވެސް ދައުވާ ކުރާނަން " އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު އިތުރަަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކުރޫ ބައިވެރިވެފައިވާނަމަ އަދި ބަންޑާރަ ނާއިބް މުހައްމަދު އަނިލް ބަިއވެރިވެވަޑައިގަންނަވާ ނަމަ އެ ދެ ބޭފުޅުންނާއި ދެކޮޅަށްވެސް ދައުވާ ކުރައްވާނެ ކަމަށެވެ.

ގާނޫނީ އަދަދު ހަމަނުވުމުން ދެ ފަހަރު މަތިން ލަސްކުރުމަށް ފަހު އެ ޖަލްސާގައި ވޯޓަށް އަހާފައި ވަނީ އެ އަދަދަށް މެންބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން މަޖިލީހުގެ ރިޔާސަތުން ހުށަހެޅުމެއް ހުށަހެޅުމަށް ފަހު ފާސްކުރުމަށްފަހުގަ އެވެ. އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 31 މެންބަރުންގެ ވޯޓުންނެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފައި ވަނީ 35 މެންބަރުންގެ ވޯޓުންނެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުން އެއަށް އަމަލްކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި" ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ވެސް ހަމަ އެގޮތަށް ވަނީ ކަނޑައަޅާފަ އެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 43 މެމްބަރުންނެވެ.

އެ ޖަލްސާގައި ފާސްކޮށްފައި ވަނީ އިންތިހާބްުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލާއި ރިޔާސީ އިންތިހާބްގެ ގާނޫނަށް ހުށަހެޅި ދެ އިސްލާހުގެ ބިލެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    ބަލަ އަހަރު މެން ކަލެއާ ދެކޮޅަށްވެސް ދައުވަކުރަން އެބަ ޖެހޭ މީ ކަާކުތަ އަނގަ ފުރާފަ ދައުވައޭ ކިޔަން ބަލަގަ މަޖިލީހުގަ މިހާރު ނުތިބެޔނެ 85 މެނބަރުންނެއް

  2. ދޮންދުބުރިމާ

    އަޑަށްބާރުލާފަ ބުނާނެ މިވެނިކަމެއް ކުރާނަމޭ ބަލަގަ މޮޔަޔާ މިހާރު ތިޔއަޑު އަހާނެ މީހަކު ނެތޭ ދޮގު ބުނެ ބުނެ

  3. ހުމާމު

    އިޚްލާސްތެރިކަމެއް ނެތް މީހެއް!

  4. ހުސޭނުބޭ

    މިއީ ކޮންކަހަލަ ޝައިޚެއް! ބޮލުރޮދިކެނޑިފައި ހުރީ.......... މަޖިލީހުގައި ޖަރީމާ ހިންގާ މީހުންނާމެދު ފިޔަވަޅު އަޅަންޏާ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އެމްޑިޕީ މެމްބަރުންނާމެދު. އޭރުން ޝައިޚުގެ ބަފާބެ ވަރަށް މޭކަރާނެ!

  5. މުޙައްމަދު އަޙުމަދު

    ބަފާބެޔާއެކު އަލުން ވަކަރު ވިއްކަން ފަށަންވީނު. ލާދީނީ އަންނި ރައީސްކަމަށް ގެންނަން.

  6. އާބިދާގޭ މޮހޮންމަދު

    އަލިބެއަށް ވ ސަލާމް. ކުރާނެ ކަމެއް ނެތިއްޔާ ކޮސްނުގޮވާ ނިދާލާ. ފަތިސް ނަމާދުން ވެސް ތީގެން ފެންނަނީ ސިޔާސީ ސޭހުންގެ ހާހަކުން އެކަކު. މިސްރުގެ ޤަރުޞާވީ ފޮތުން ކިޔެވި ބަޤާވާތަށް ހިތްވަރުދޭ ބަގަތީ