މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަތަހަ ސުންބުލި ފިހާރަ ފަޅާލައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފަރީދީ މަގުގައި ހުންނަ މި ފިހާރަ ފަޅާލާފައިވަނީ މިރޭ 18:30 އާއި 19:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

މި ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އަބޫބަކުރު އަބްދުﷲ ވިދާޅުވީ، މިރޭ އެ ތަނުން ވައްކަން ކުރި އިރު ފިހާރައިގެ ވަތްގަނޑުގައި 9،000 ވަރަކަށް ރުފިޔާ ހުންނާނެ ކަމަށެވެ.

ފަތަހަ ފިހާރަ ފަޅާލާފައިވަނީ ދޮރުގެ ތަޅު ހަލާކު ކުރުމަށް ފަހު

އޭނާ ވިދާޅުވީ، ވައްކަން ކުރި މީހާ ވަނީ ފިހާރައިގެ ދޮރު ތަޅު ހަލާކު ކުރުމަށް ފަހު ކަމަށާއި އެމީހާ ދިޔައީ ފައިސާ ވަތްގަނޑު ވެސް ހިފައިގެން ކަމަށެވެ. ނަމަވެސް މަގުމަތިން ބަޔަކަށް ފެނުމުން ވަތްގަނޑު މަގުމައްޗަށް އެއްލާލި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ފިހާރައިން ވައްކަން ކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުލުހުން ވެސް މިހާރު އެ މަައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމުގެދަރި

    އެއްގޮތަކަށްވެސް ތިޔަ ފުލުހުންނަކާ ހަވާލުކުރާނެ ކަމެއް ނެތް. ތިޔަ މީހުން ބެލުމެކޭ ނުބެލުމެކޭ ވާނީ އެއްވަރު. ކަނޑުގައި ރޮނގުއެޅޭތަ!