ނަފުރަތު އުފެއްދުން ހުއްޓުވުމަށް ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލް ކުރަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު އެއްކޮށްލައިގެން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލުގައި އިބާރާތްތައް ފުރަތަމަ އޮތް ގޮތުން ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅޭ ކަމުގައި ބެލެވިގެން ކަންބޮޑުވުން އިންތިހާއަށް އުފެދުނެވެ.

ކޮމިޓީން ބިލަށް ގެނައި އެއް ބަދަލަކީ އިސްލާމް ދީނުގެ އުސޫލުތައް ބަޔާން ކޮށްދިނުމަކީ ކުށަކަށް ނުވާނެ ކަން ބަޔާން ކުރާ މާއްދާއެއް ބިލަށް އިތުރު ކުރުމެވެ. މި ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އޭގައިވެއެވެ.

މީގެ އިތުރުން މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައި ބިލަށް އެ ބައިތައް އިތުރުކޮށްފައިވެއެވެ.

ފުރަތަމަ ހާލަތަކީ، އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމާއި އަދި ސުންނީ މުސްލިމުންގެ ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަކައަކާ ގުޅުވާފައި އެ މީހަކު ކާފަރު ކުރުމެވެ. ދެވަނަ ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު މުރުތައްދެއް ގޮތުގައި ސިފަކުރުމެވެ.

މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރަން ހުށަހެޅި ބިލު ވެސް އެއްކޮށްލާފައި ކޮމިޓީން ފާސްކުރިއެވެ.

އެ ބިލުގައި ހިމެނޭ ކުށް ވެސް ކޮމިޓީން އިތުރަށް ތަފްސީލް ކޮށްދީފައިވެއެވެ މިހާރު އޭގައި ވަނީ މުވާސަލަތީ ވަސީލަތެއް ބޭނުން ކޮށްގެން އިސްލާމް ދީނަށް ތައުހީނު ކުރުމާއި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އިތުރަށް އިސްލާމް ދީނާ މެދު ދޮގު މައުލޫމާތެއް ފެތުރުން ވެސް އެއީ އޭގެ ކުށެއް ކަމުގައި ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އުގުރި

    މިހާރު އިމްރާނަށް އިލުހާމު ވަމުން ދާނީ.
    ދެން އިޔާޒު ދުވާނެ އެއީ ހަގީގަތަކަށް ހަދައިގެން އެވާހަކަ ޓުވިޓު ކުރަމުން .

    10
    1
  2. އަޙްމަދު

    ނަފުރަތުގެ ބިލާއި ދީނަށް ހަޖޫ ނުޖެހުމުގެ ބިލް އެއްކޮށްލައިގެން ކޮމިޓީން ފާސްކޮށްފި! އެބަ ރަނގަޅުވަހެން ހީވަނީ!

    2
    2
  3. ޢހ

    ޢިންނާލިﷲ ވައިންނާއިލައިހި ރާޖިއޫން. ޙުރިހިތާމައެއްގެ ބޮޑުކަމާއެ. ނުވެގެންއުޅުނުކަންތައް ތިއޮތީވެފައި.އަދިވެސް މިވަރު ސޯލިހު ސަރުކާރެއް ނޯންނާނެ ރީނދޫހުންޖެހިފަތިބިންނަކަށް!

    13
  4. އަޙްމަދް

    މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރަން ހުށަހެޅި ބިލު ވެސް އެއްކޮށްލާފައި ކޮމިޓީން ފާސްކުރިއެވެ.
    ————————————————————————————- ތައުހީނުކުރުމުގެ “ނިޔަތެއް” ނެތި ދީނަށް ފުރަސާރަކުރެވެނީތޯއެވެ؟
    ނުވަތަ ނިޔަތެއްނެތި މީހަކަށް ކުފުރުރުގެ ޙުކުމްޖެހެނީތޯއެވެ.؟

  5. ލާދީނީ

    ކިތަންމެވަރަކައް ލާދީނީ ބައިގަނޑު ތެޅުނަސް ދިވެހިންގެ ދުލުގައި ކަސްތޮޅެއް ނޭޅުވޭނެ.

  6. މަކާ

    ހިސާނު މަގާމުގައި ހުރެެގެން ކަމެއްކުރިމޭ ބުނަން ކޯންޗެއް މި ހަދަނީ!