ދިވެހި މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވަނީ މުވައްޒަފުންނަށް ލިބޭ އިނާޔަތްތައްވެސް ހިމަނައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އާންމު ގޮތެއްގައި ގިނަ ތަންތަނުން މުސާރައާ އެލަވެންސް ގުނަނީ ވަކިންނެވެ. އެލަވެންސްއަކީ މުސާރައިގެ ތެރެއަށް އިތުރުކުރާ އެއްޗެކެވެ.

އެންމެ ކުޑަ އުޖޫރާ ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅަން އެކުލަވައިލި ބޯޑުން ލަފާދެއްވާފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު ގުނުމުގައި ފައިސާ ނޫން އެއްވެސް އެއްޗެއް ނުހިމަނަން ކަމަށެވެ.

"އެހެންވެ އިންކައިންޑް ބެނިފިޓް ނުހިމެނުމަށް، މިނިމަމް ވޭޖް ބޯޑުގެ ލަފާއާއެކު ވަނީ ނިންމާފައި" ފައްޔާޒް ވިދާޅުވިއެވެ.

އިންކައިންޑް ބެނިފިޓްގެ ގޮތުގައި ހިމެނެނީ ފައިސާ ނޫން ގޮތަށް މުވައްޒަފުންނަށް ދެމުންދާ އިނާޔަތްތަކެވެ. ކުންފުނީގެ ކާރާއި ކިޔެވުމުގެ ހަަރަދު ފަދަ ހަރަދުތައް ފެތެނީ އިންކައިންޑް ބެނިފިޓްގެ ތެރެއަށެވެ.

ފައްޔާޒު ވިދާޅުވީ އެ ނިންމުން ނިންމީ ރަނގަޅަށްވުރެ ނުރަނގަޅު، އެކަމުގައި އޮތުން އެކަށީގެންވާތީ ކަމަށެވެ. އޭނަ ވިދާޅުވި ވަޒީފާގެ މިނިމަމް ވޭޖް ގުނާނީ ވަޒީފާގެ އެއްބަސްވުމުގައި މުވައްޒަފަށް ލިބޭނެ ކަމަށް ކަނޑަަޅާފައިވާ ފިކްސްޑް އަދަދުވެސް ހިމަނައިގެން ކަމަށް ވިދާޅުވިއެވެ.

"ވަޒީފާ އަދާކުރާ ފަރާތަށްވެސް ކުރިއާލާ ލިބޭނެ ކަމަށް ކަނޑައެޅިފައިވާ އަދަދެއް ނަމަ އެއީ މިނިމަމް ވޭޖް ގުނުމުގައި ބެލޭނެ އެއްޗެއް" ފައްޔާުޒް ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 5،000ރ. ކަނޑައަޅަން ބޯޑުން ލަފާދީފައި ވެއެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ބޯޑުން ލަފާދީފައިވަނީ ގަޑި އިރަކަށް 33.65ރ. ގެ މަގުންނެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000ރ. އެވެ. ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 21.63ރ. އެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރަކަމުގައި ކަނޑައަޅައި އިއުލާނު ކުރީ މަހަކަށް 8،000ރ. އެވެ. އެއީ ގަޑިއިރަކަށް 38.46ރ. އެވެ. އެއީ ބޯޑުން ލަފާދިން އަދަދުން މަހަކު 900ރ. ކުޑަ އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދީދީ

    މިނިމަމް ވޭޖް ގުނަނީ އެލަވަންސްތައް ހިމަނައިގެން ތި ދުނިޔޭގެ އެހެން ތަންތާ ތިކަން ކުރާ ގޮިތެއް ނުން

    48
    3
    • ޜިސޯޓް ބޯއީ

      ދޮގު ހަބަރު ނުފަތުރާ

  2. އައްޑޫ މީހާ

    ކަލޯ މިހާރު ބާޒާރުގައި ކާބޯތަކެތީގެ އަގު ހުރިވަރުވެސް ނޭގެނީތޯ؟ ޢެކަމަކު އެކޮނޮމިކް މިނިސްޓަރޯ! ޓިޔަ ވޭޖަކުން އެއްއިރު ބަނޑު ފުރާނަވެސް މުއްތިނުކުރެވޭނެ ވިކަމުގެ އާރާއި ބާރުގައި ތިބޭ ބަޔަކަށް ނިކަމެތި ރައްޔިތުން އުޅޭނެ ހާލެއް އިހުސާސް ނުކުރެވޭނެ

    52
    2
  3. އަހުމަދު

    ތިކިޔާ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. އެއްފަހަރު ބުނެފާނެ އެލަވަންސްތައް ނުލައޭ، ފަޅޮލޭ، މަސްކާއްޓޭ ، ޖެހިފަ މިއޮތްކަމެއް ކަލޭނޭ!

    50
  4. ސާދްނާ

    ހީހީ ހަލާކް މިނިވަންވޭޖަސް ކަނޑައަޅާނިންމާލެވުނީ ގާއްގަޑަކައް 3 އަހަރުދުވަހުގެ ބުރަމަސަތްކަތުން އެކަމަކު ރައްޔިތުމީހާޔައްވީފައިދާއެއްނެތް އެންމެ ކުޑައުޖޫރަޔައް ލިބޭ ފައިސާކޮޅުން ހިޔާފުލެޓްގެ ކުލިދައްކާނުލެވޭ އެކަމަކު ބޮޑެތިސިޔާސީ މަގާމްތަކައް ،20 ،30 ،80 ހާހުންމަތީމުސާރަ ވޯޓްހޯދަން ނިކަމެތި ރައްޔިތުންގެ ކިބައިން ސަލާންޖަހައިގެން އާދޭސް ކޮއްގެން ވައުދާއަހުދުވެގެން މިވެނިކަމެއް އެވެނިކަމެއް ކޮއްދޭނަމޭ ހޮވާދޭށެ ކިޔައިގެން މީތޯ ރައްޔިތުމީހަޔައް ހައްގުވާވަރު މާދަމާ މުދަލުގެ އަގު އިންތިހާޔައް ބޮޑުކޮއްލާނެ އަގުތަކެއް ކޮންޓުރޯލް އެއްނުކުރެވޭ ރައްޔިތުމީހާ ހަނާ ވެރިން ރައްޔިތުންގެ ޓެކްސް ޕޭރުފިޔާއިން ބޮޑެތި މުސާރަޔާ އިނާޔަތާ ނަންގަވައިގެން ހޮޓަލްޖެންގެ ކޮޓަރިކުލިދައްކަލައިގެން އަރާމްގައި ހީހީހަލާކް އަނެއްކާމިއޮތީވޯޓްހޯދަން ރައްޔިތުމީހާ ކައިރިޔައް ސަލާންޖަހަން އަންނދުވަސްވަރު ކައިރިވެފައި ރައްޔިތުންހޭއަރަންވީ ނޫނެކޭ ބުނުމުގެ ގާބިލްކަން ހޯދަންވީ އެކަކު އަނެކަކުގެ ކިބައިން ވެދުން

    46
  5. މާމިގިލީ މީހާ

    ދެން ދިވެހިންނައް ވަޒީފާ ލިބުން ދަތި ވާނެ. އަނެއްކާވެސް ބަންގާޅީން ގިނަ ވާނެ. ދިވެހިންނައް ވުރެ ބޮޑު ކޮއް، ބަންގާޅީނައް މިނިމަން ވޭޖު ކަނޑަ އަޅާން ޖެހޭ.

    34
  6. ޢަ

    ވެރިކަމަށް އަންނަށް ވި ވައުދު ކޮބާ؟ އެއްމެ ކުޑައުޖޫރަ 10 ކޭ...
    2023 ހަދާން ނައްތާލާފަ، ކިނބޫ ގެންގޮސް ޒުލައްލާދީ ދިގުމުއްދަތަކަށް.

    48
    3
  7. ޙަލީ

    ކިޔޭނުކިޔޭ އެއްޗެއް މިމީހުންނަށް އެބައެގޭތަ

    39
  8. ނަޒޫ

    ތީދެން މިނިމަމް ވޭޖެއްނޫން އެހެން ވިއްޔާ.. ތީ ވޭޖެއްވެސް ނޫން. ވޭޖަކީ ގަޑިޔަކައް މުސާރަ ޖެހޭވަރު..އޭއީ ޓޭކްހޯމްޕޭ އެއްނޫން.. ކީކޭދެން ބުނާނީ.. ކޯޗެއްތަ ކަލޭމެން ކިޔަވަނީ އަޅެފަހެ.

    32
  9. މާމިގިލި މަންޖެ

    ސަންއައިލެންޑް މެނޭޖަރ އަށް ދެެނީ އެންމެ އެއްލަައްކަ ރުފިޔާ އެވަރުން ނުވެގެން ސްޓަރފުންނަށް ދަތިކުރުމުގެ ގޮތުން ހަތަރުމަހުން 8 ދުވަސް އޮފްޑޭދޭ ގޮތަށް ހަދާފި. އަދި ވެސް ހަމަ މުސާރަ ނުދޭ ކިހާ ބޮޑު ބލާއެއް

    24
  10. ނިކަމެތި މީހާ

    ސިވިލްސާވިސް ގެ ރޭންކް ޖީއެސް 3 އަކުން މަތީގެ އެއްވެސް މުވައްޒަފަކަށް މިނިމްވޭޖް ސަބަބުން އެންމެ ރުފިޔާއެއްވެސް ބޮޑެއްނުވާނެ. މިހާރު އަނެއްކާ އިތުރުގަޑިން ލިބޭ ލާރިކޮޅުވެސް މަދުކުރުމުގެ ނިޔަތުގަ ރަސްމީ މަސަތްކަތުގެ ގަޑި 6 ގަޑި އިރުން 8 ގަޑި އިރަށް ބަދަލުކުރަން ތިއުޅުއްވަނީ..
    " ހެޔޮނުވާނެ އާދޭސް ކޮށްފަ ބުނަން ތިގޮތަށް ތިކަންތަށް ނުކުރޭ🙏

    16
  11. Anonymous

    މިއީ މިހާރުވެސް މަސައްކަތް ކުރާ ހުރިހާ އެންމެނަށް ކަހަލަ ގޮތަކަށް ލިބޭނެ މިޔަށް ވުރެ ގިނައިން މި އަގަށް މަސައްކަތް ކުރާނެ ބިދޭސީ އަކުވެސް ވަރަށް އުނދަގޫވާނެ އެމީހުންނަށް މަދުވެގެން ގަޑިޔަކަށް 35 ދޭންޖެހޭ

    10
  12. ހުސޭނުބޭ

    މިވަރުގެ އިކޮނޮމިސްޓަރަކު އަދި ނުދެކެން. މިނިމަމް ވޭޖް އެ ގުނަނީ ސަލާންޖަހައިގެން ގޭދޮރު މީހުން އަތުން ހޯދައި ގަރުދިޔަފޮދުވެސް ހިމަނާގެން! އޯ ސަޅި!

    14
  13. ތޮއްޑޫ މުޙައްމަދު ކަލޯ

    ތިކިޔާ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު.

    10
  14. އިކޮނޮމިސްޓު

    ވަޒީރު ބުރޯގެ މުސާރަ ކުޑަކޮށްފަ ނިކަމެތި ރައްޔިތުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައިނަމަ މާ ތާހިރުވީސް! 4500 ލިބިގެން ވަޒީރުއާއި ވަޒީރުގެ އަނބިމީހާއާއި ދަރިން 1 މަސް ދުވަހު ބިލާފަ ދެން ތިކަން ނިންމި ނަމަ ގަބޫލުކުރެވުނީސް.

    14
  15. ރަން ރީނދޫ

    ޔަހޫދީން ނަށް ގެރިކަތިލަން ޖެހުމުން ވީވަރު މިވީ މި ވެރިންނަށް ވެސް.

    11
  16. އެލެކުސް

    ހެއްވާ ސޮރެއްމީ މުސާރަ ދެނީ މަހުގެ ފުރަތަމަ ހަފުތާ ސާވިސްޗަރޖް ދެނީ މަސް ނިމުމުން ކޯންޗެކޭ މިކިޔަނީ؟؟ ދެންކޮބާ ޕެންސަން ފަންޑަށްކެނޑުން؟؟؟؟

    10
  17. Anonymous

    މަނިކުފާނުމެންގެ މިނިމަމް ވޭޖް ބިލިޔަނަކައް ހަދަން ފެނޭ.

    13
  18. އަފީ

    ވަޒީފާގެ މިނިމަމް ވޭޖް ގުނާނީ ވަޒީފާގެ އެއްބަސްވުމުގައި މުވައްޒަފަށް ލިބޭނެ ކަމަށް ކަނޑަަޅާފައިވާ ފިކްސްޑް އަދަދުވެސް ހިމަނައިގެން ކަމަށް ވިދާޅުވިއެވެ. ކޮބާތޯ؟ އެހެންވިއްޔާ މިނިވަންވޭޖް މާނަ ކުރަންވީ ގޮތަކީ؟ ކަން ކަން ކުރަން ނޭގެންޏާ ގޮސް ގޭގައޮވޭ!

    13
  19. ފަރުހާދ

    އެހެން ވެއްޖެޔާ އޯޓީ ރޭޓްވެސް ކަނޑައަޅާންވާނީ ބޭސިކް ސެލަރީއަކުން ނޫން. އެލަވަންސްތައް ހިމަނައިގެން ދޭ ފުލް މުސާރައިގެ ރޭޓުން.

    11
    • ޙަސަނުގެ ސޯޓު

      ސިޔާސީ މަގާމުތައް އެއީ ހުސްބޯތަކެއް ބޮޑު މުސާރަ ހިނގާ. ޢެމީހުން ކަނޑާފަ ތިޔަކަން އިންސާފުވެރިކޮށް ރައްޔިތުންނަށް ފައިދާ ހުރިގޮތަކަށް ނިންމާ. މިސަލާން ޖަހާ ބައިވަރު އަންނާނރ ވޯޓު ގާތްވީމަ. ޢެދުވަހަކުން އަހަރުންވެސް ދައްކާލާނަން އަހަރުން އަތުގަ އޮތް ބާރު

  20. ވޭޖް

    ސަރުކާރު ބޮޑުންނަށް މުސާރަ 5000ރ އަށް ކުޑަ ކުރަން ގޮވާލަން 😎

  21. ޤާދިރު

    އަސާސީ މުސާރައަށް ގާތަގަނޑަކަށް ހާހެއްހާ ރުފިޔާ އިތުރުވާއިރު މަސައްކަތްކުރާ ވަގުތު 8 ގަޑިއިރަށް ބަދަލު ކުރުމުން މުސާރަ ބޮޑުވީތަ؟ ނޫނީ ކުރިއަށް ވުރެ ޙަޤީގަތުގަ ކުޑަވީތަ؟

  22. ޜިސޯޓް ބޯއީ

    ދޮގު ހަބަރު ނުފަތުރާ

  23. ގައްދޫ އަލަބުރިޔާ

    2023ގައި ރަގަޅައް މިނިވަންވޭޖް ހިސާބު ކޮއްދޭނަން ފައްޔާޒު މެން ނާށި ގަޑު ހިފަިގެން ސަލާން ޖަހަންޖެހޭނެ