ރާއްޖޭގައި ފުރަތަމަ ފަހަރަށް، ވަޒީފާ އަދާކުރާ ފަރާތްތަކަށް އެންމެކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭ އަދަދު ކަނޑައެޅިގެން ދިޔުމާއި އެކު ބައެއް ވިޔަފާރިތައް ބަނގުރޫޓް ވެދާނެ ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަށް ދިގުލައިގެން ދިޔަ، މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔުމަކީ އެތައް މަސައްކަތްތެރިންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. ކަނޑައެޅި އަދަދާ މެދު ކަންބޮޑުވާ ފަރާތްތައްވެސް މަދެއް ނޫނެވެ.

"ކުރު ރާސްތާގައި ނެގެޓިވް އިމްޕެކްޓެއް އަންނާނެ" މިނިމަމް ވޭޖް އިއުލާން ކުރައްވުމަށް ފަހު ފައްޔާޒް ވިދާޅުވިއެވެ. މިއައި ބަދަލާއެކު ވިޔަފާރިތަކަށާއި ވަޒީފާތަކަށް އޭގެ ނުރަނގަޅު އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް ވިޔަފާރިތަައް ރީސްޓްރަކްޗާ ކުރަން ޖެހިދާނެ، ވިޔަފާރީގެ ސައިޒް ކުޑަކުރަން ޖެހިދާނެ، ބައެއް ވިޔަފާރީތައް ބަނގުރޫޓްވުމަކީ އެކަށީގެންވާ ކަމެއް"

އެކަމަކު މެދު ރާސްތާއާ ދުރު ރާސްތާގައި އިގްތިސާދުގެ "ދުޅަހެޔޮކަމަށް" ބޮޑު އަސަރެއް ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ވިޔަފާރިތައް އެފިޝެންޓް ކުރަން އިތުރު މަސައްކަތްކުރަންޖެހޭ"

މިނިމަމް ވޭޖްއާ އެކު ވަޒީފާ އަދާކުރާ ފަރާތްތަކުން ރަނގަޅު އުޖޫރައެއް ލިބޭތީވެ ވަޒީފާގެ މާހައުލުގައި ބަހައްޓަން ޖެހޭ ޑިސިޕްލިން ބަލަހައްޓާނެ ކަމާއި މެދު ފައްޔާޒު، ޝައްކެއްވެސް ނުކުރައްވައެވެ.

ވަޒީފާތަކުގައި ދިވެހިން ހަރުނުލާ ވަހަކައަކީ އާއްމު ގޮތެއްގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އެހެންވެ ބައެއް ކުންފުނިތަކުން ވަޒީފާ ދިނުމުގައި ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީންނަށް އިސްކަންދެއެވެ. ފައްޔާޒުގެ ނަޒަރުގައި ދިވެހިން "ހަރުނުލާ" ސަބަބު ހޯދަން ޖެހެއެވެ. އޭގެ ސަބަބަކީ ލިބޭ އުޖޫރަ ކުޑަވުމުން ކަންވެސް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިނިމަމް ވޭޖްއާ އެކު "ވަޒީފާތަކުގައި ދިވެހިން ދެމިތިބެވެނޭ ކަމުގެ ޔަގީންކަމެއް" އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ބަދަލުތަކުގެ އަލީގައި ދިވެި ރިޓެއިންކުރެވޭނެ"

އޭނާ ވިދާޅުވީ އިގްތިސާދަށް ކުރާނެ އަސަރުތައް މިނިމަމް ވޭޖް ބޯޑުން ބަލައި، އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ފަހަތަށް ނުޖެހި އެކަމެއް ނިންމަވާނެ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަންވެސް ދެއްވިއެވެ.

މިނިމަމް ވޭޖަށް ކަނޑައެޅި އަދަދު، ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭކަން ޔަގީންކުރާނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ މިނިސްޓްރީންވެސް ދިރާސާކޮށް ބަލަން ޖެހޭ ބެލުންތައް ބަލާނެ ކަމަށެވެ. ނަމަވެސް މިނިމަމް ވޭޖާއި ގުޅޭ ހުރިހާ މައްސަލަތައް އެމްޕޮލޯއިމެންޓް ޓްރިބިއުނަލްއަށް ހުށަހަަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

"ޖޫރިމަނާގެ އަދަދާއި ހުރިހާ ބާރެއް އޮތީ ޓްރިބިއުނަލްއަށް. އަޅުގަނޑުމެން ބަލައި ދިރާސާކުރަމުން ދާނަން ބަލާނަން ކޮން ކަހަލަ ކަންކަމެއްތޯ އަންނަނީ"

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާނޭ

    ތިޔަ ވާހަކައިން ފައިދާވީ ކޮން އެއްޗޗެއް. ކުދި ވިޔަފާރިތައް ބަގުރޫޓްވޭ. މެދުފަންތީގެ ވިޔަފާރި ތައް ހަލާކުވޭ. ނަމަވެސް ދުރު މުސްތަޤުބަލްގައި އިޤުތިސާދު ރަގަޅުވެޔޯ. ވިޔަފާރިތައް ބަގުރޫޓްވީމާ ދެން ރަގަޅުވާނީ ކޮން އިޤުތިސާދެއް. ފަހަރެއްގައި ބޭފުޅެއްގެ ޖީބަށް ބޮޑޫ ފައިދާ ގަޑެއް ކޮށްފާނެ ވާހަކަ ކަން ނޭގެ އެވިދާޅުވަނީ.

  2. ސޯކާބެ

    މިހާރުވެސް މިއޮތީ ކުދިވިޔަފާރިތައް ބަނގުރޫޓްވެފައި ސަރުކާރުގެ ނާގާބިލް ސިޔާސަތުގެދަށުން ގާނޫނުތައް ތަންފީޒްނުކުރެވިގެން ހުރިހާ ކުދިވިޔަފާރިތައް ކޮއްކޮންޓުރޯލް ކުރަނީ މިތަނައް ވަގައްއަރަތިބިބޭރުމީހުން ވިސާއެއް ހަމައެއްލަމައެއްނެތި ގާނޫނަކައްބޯނުލަބާ އުޅެމުންދިއުމުގެ ސަބަބުން ދެން ކޮންފޮނިވާހަކައެއްދައްކާކައް އިހައްދުވަހު ނޫހުގަފަލަ ސުރުޙިގައޮއް ހުއްދަނުހޯދާ 7000 ވިޔަފާރިކުރަވަހަކަ ކީއްވެގެންތޯ ކުރެވެނީ ބަންދުކޮއްފިޔަވަޅުނޭޅެނީ ތިމާމެންގެ ނަގަބިލްކަން މިކަމުންވެސް އެނގެނީ ވެދުން

  3. ޙަަަހަ

    ދުވަހަކުވެސް ވިޔަފާރިވެރިންނަށް ފައިދާވެޔޭ ބުނޭތަ ، ރައްޔިތުން ފެލާ ބެންކް އޮފް މޯލްޑިވްސް އިންވެސް ބުނަނީ އިންޓަރަސްޓް ކުޑައެއް ނުވާނެޔެ ، އަދި ދިރާގައި އުރީދޫވެސް ، އެކަމަކު އަހަރުގެ ހިސާބު ހަދާލާއިރު ސާފްފައިދާ ބިލިއަނުން ކިޔާލާ ، ނުބާނުލަފާކަން

  4. ލލ

    ރާގޮޑި ކައްކަނީ ތިބެގެން ވާއެއްވެސް ފައިދާއެއް ނުފެނޭ !