އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްއާއެކު ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލު ގެނެސްފި ނަމަ، އެ މުވައްޒަފުން މަހެއްގެ މައްޗަށް 40 ގަޑިއިރު މަސައްކަތް ކުރަން ޖެހުމުގެ ބިރު ހީވެއްޖެއެވެ.

މިނިމަމް ވޭޖްއާއެކު މުސާރަ އަށް އެންމެ ބޮޑު ހެޔޮ ބަދަލެއް އަންނާނެ އެއް ބަޔަކީ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މީހުންނެވެ. ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 26،000 މުވައްޒަފުން ތިބިއިރު، އެމީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ މުސާރަ ބޮޑުވާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖްއެއް ކަނޑައެޅި އިރު، ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފެއްގެ އެންމެ ދަށް މުސާރައަކީ މަހަކު 7،000ރ.އެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނަށް ނިސްބަތުން ރަނގަޅު އަދަދެއް ކަމަށް ސަރުކާރުން ދެކެއެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް މިހާރު އެންމެ ދަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބެނީ 5،300ރ.އެވެ. މި އަދަދަށް ބަލާ އިރު، ވޭތުވެދިޔަ އެތައް އަހަރެއްގައި ވެސް މި އަދަދަށް ބަދަލެއް ނައިސް ތިބި މުވައްޒަފުން ވެސް ސިވިލް ސާވިސްގައި އެބަތިބިއެވެ. އެހެންކަމުން މި ބަދަލާއެކު އެންމެ ދަށް މުސާރަ ލިބޭ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް އިތުރު 2،000ރ ލިބޭނެއެވެ.

ސިވިލް ސާވަންޓުންގެ މުސާރަ އަށް ހެޔޮ ބަދަލެއް އައި ކަމުގައި ވިޔަސް، އެމީހުންގެ މަސައްކަތުގެ ގަޑި އިތުރު ކުރުމަށްޓަކައި މަޝްވަރާ ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. މިހާރު ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަނީ ހަ ގަޑިއިރުއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް އިތުރުކުރަން ވޭޖް ބޯޑުން ލަފާ ދީފައިވާތީ އެކަމާ މެދު ވިސްނައި ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ބޯޑުން ދިން ލަފާ ރަނގަޅެވެ.

ބޯޑުން އެގޮތަށް ލަފާ ދިނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މިހާރަށް ވުރެން ރަނގަޅަށް ދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަށް ރަނގަޅު ކުރުމަށްޓަކައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ފަރާތުން ރިކޮމެންޑޭޝަނެއް އެބައޮތް، އެއީ އަށް ގަޑި އިރަށް (ސިވިލް ސާވިސް މުވައްޒަފުންގެ ގަޑި) އިތުރު ކުރުމަށް. އެއީ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވިސްނާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ ގުޅިގެން މަޝްވަރާ ކުރާނެ ކަމެއް،" ފައްޔާޒް ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ގަޑި އަށް ގަޑިއިރަށް ހަދައިފި ނަމަ، މަހަކު 40 ގަޑިއިރު އިތުރަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ސިވިލް ސާވިސް މުވައްޒަފުން ހުކުރު އަދި ހޮނިހިރު ދުވަހު މަސައްކަތަކަށް ނުނިކުމެއެވެ.

އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުން ހަފްތާއަކު ފަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެއެވެ. ތިރީސް ދުވަހުގެ މަހެއްގައި 20 ވަރަކަށް ދުވަހު ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާނެއެވެ. ހަ ގަޑިއިރުގެ ބަދަލުގައި އިތުރު ދެ ގަޑިއިރު ހިމަނައި ޖުމްލަ އަށް ގަޑިއިރަށް ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ގޮތް ހެދުމުން މަހަކު އިތުރު 40 ގަޑިއިރު އެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނެއެވެ.

މި ނިންމުން ސަރުކާރުން ނިންމައިފި ނަމަ، ސިވިލް ސާވިސްގެ މުވައްޒަފުން އިތުރު ގަޑީގައި ލިބޭ ފައިސާ ވެސް މަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސޭނުބޭ

    މަހަކު 40 ގަޑިއެއްނޫން! ހަފްތާއަކު 40 ގަޑި!

    17
    7
  2. ައަބޫ

    މިހާރުތިހެދީ ޕެންޝަން ލާރިއައް ހެދިގޮތައް ދުވަސްވީ މީހުނައްމިދެނީ ވަޒީފާއަދާކުރާމީހުން އަތުން ނަގާފަ. 2023 އިންތިހާބުކާމިޔާބުކުރުމައް ސިޔާސީގޮތުން ބަޔަކައް ކޮއްމެވެސް އެއްޗެއްދޭން އެލެވެންސެއްގެގޮތުގަ 2000 ރުފިޔާ ބޮޑުގުކުރީ އައްގަޑިއިރައްއިތުރުކޮއްފަ އެގަޑިތަކުގަ އެހެންވަޒީފާއެއް އަދާކޮއްފިނަމަ 2000 ރުފިއާއައްވުރެ އިތުރައްލިބޭނެ . ދުންފަތުގެ އަގުބޮޑު ކުރީވެސް މިގޮތައް އެމްޑީޕީ އާއިބޫގެބައިވެރިން ބޭރުކުރަން ލިބޭފުރުސަތުގެ ބޭނުންކުރޭ އިންތިހާބުތެރޭ.

    22
    2
  3. ޖަމަލު ފޮޑި

    މިނިމަމް ވޭޖު ކަނޑައެޅީ ސިވިލް މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރުކޮށްގެން އެ މީހުންގެ މިނިވަންކަން ހަނި ކުރުމަށް

    31
    1
  4. ޢަދުރޭ

    ބާޒާރުމަތީ ދަމާކަނޑަން އުޅޭ މީހުން ކުރިން ދޯނިފަހަރަށް އަރާ ރާއްޖެތެރޭން އަންނަ ދަނޑުވެރިން ގެންނަ މުދާ ގަންނަން ވާވާހަކަދަދައްކާގޮތަށް ފައްޔާޒުމެންގެ ވާހަކަ ތިހިރީ . އާޚިރުގަ ހުރިހާ ނިކަމެތިކަމެއް އަނެއް ކޮޅަށް . ދޮންކެޔޮ ގަނޑެއް ސަތޭކައަށޭ ބުނީމަ އެހެން ވެއްޖެއްޔާ 3 ގަނޑު ނަގަންޏާ 50 އަށް ހެދޭނެ ނޫންހޭ މިކަހަލަ ދަމާ ކަނޑާ ބަހުރުވަ

    20
    1
  5. Anonymous

    އައްޗި.... ކޮންމެހެން އިތުރު ގަޑީގެ ފައިސާ ލިބެންޖެހޭތަ... ވަޒީފާ ގަޑި 1 ގަޑިއިރަށް ހަދާފަ ބާކީ ހުރިހާ ގަޑިއެއް އިތުރު ގަޑިއަށް ހެދީމާ ހުންނާނީ ރަނގަޅަށް

    މިއޮތީވާ ސިވިލްސާވިސް އެއް

    މިހާރުވެސް ރަނގަޅަށް ޚިދުމަތްދެވެނީ މެންދުުރު ކުރިން އެންމެ ދެގަޑިއިރު ދެންކޮން ބަހަނާއެއް

    7
    18
    • ކަމާލާ ހާރިޝް

      ޢަމައްޔާތް ދެން "އައްޗި" އޯ...
      އާތް.... ހަދަ އަރާމުގައޭ ސިވިލް ސަރވިސް ކުދިން އުޅެނީ. މިހެން ނޫޅެވޭދޯ؟؟؟

  6. ކާފަ

    ވަރަށް އިހްތިރާމާއެކު ދަންނަވަން. ސްކޫލުތަކުގެ އިދާރީ މަސައްކަތްކުރައްވާ މުވައްޒަފުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހާއި މިނޫންވެސް ރަސްމީ ބަންދުދުވަސްތަކާއި ރޭގަނޑު 10:00 ވަންދެން އެމީހުން ނެރެގެން ޕްރިންސިޕަލުން މަސައްކަތްކުރުވާ. ޚަބަރުތައް ލިޔަންވާނީ ކަންކަން ހިނގާގޮތް ރަނގަޅަށް ބަލާފައި.

    18
  7. ސޮލް

    އިތުރު ގަޑި ކޮންމެހެން ދޭންޖެހޭތަ؟

    6
    10
  8. މޫސަ

    ބޯޑުން ލަފާ ދިން ގޮތައްތަ މިހާރު ތިޔަ ނިންމީ. ބޯޑުގެ ލަފައިން ކަލެއަށް ފާހަގަ ކުރެވުނީ ހަމަ އެކަނީ ގަޑި އިތުރު ކުރަންދޯ ތިޔަޢީ ގޭމެއް ތިޔަ އުޅެނީ އިތުރު ގަޑީގެ ފައިސާ ނުދީ ވާނެ ގޮތެއް ތިޔަ ހޯދަނީ.

    15
    1
  9. މަރީނާތ

    ގައުމަށް ޖެހިފަ އޮތް ވަބާއެއް މިސަރުކާރަކީ

    12
    1
  10. ކަމަނަ

    މި ޔަހޫދީ ވިސްނުން ހުންނަ ގޮތަކީ ކޮއިފުޅުންނޭ!!! އެންމެ ދަށް މުސާރައަކީ 7000ރ. އޭ ކިޔާފަ މަސައްކަތު ގަޑި 8ގަޑި އިރަށް ހެދީމާ، ދެވަނަ ފިޔަވަހިން ދެއްވި ފްލެޓް ކުލި ދައްކަނީ ކިހިނެއްތޯ؟ މިހާރު ވިއްޔާ އިތުރުގަޑީގައި ބުރިބިންދައިގެން މަސައްކަތްކޮށްގެން ކިރިޔާ ފްލެޓް ކުލިދެއްކޭނީ. ދެން ތިޔަދެއްވި ހަދިޔާއިން ކޮންމެ ދުވަހަކު 8ގަޑި އިރު މަސައްކަތްކޮށްފައި އިތުރުގަޑީގައި ބުރިބިންދައިގެން ލިބޭ ލާރިކޮޅު ލިބުމުގެ ފުރުޞަތު ޔަހޫދީ ވިސްނުމުން ތިޔަ ވަގަށްނެންގެވީ. ފައްޔާޒު ވަޑައިގަންނަވަންވީނޫންތޯ ތިނޫން ބޯޑެއްގެ ލަފާ ހޯއްދަވަން. ފައްޔާރުއަށް މުސާރަ ދެއްވަނީ ތިޔަބޯޑުންތޯ؟ ނަހަލާލުމިންވަރަށްދޭން ދެން ވިޔަސް، ތިޔަ ނަންގަވަނީ ރައްޔިތުންގެ ޖީބުން. އެހެންވީ އިރު ކޮން ބޯޑެއްތޯ؟ އަމުދަކުން ތިޔަ ނޮހޮރޮއްޕާން ބޯޑަކީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް ވިސްނާ ބޯޑެއްނޫން.
    ދެން ތިޔަވިދާޅުވަނީ ރައްޔިތުން ސަރުކާރުގެ އޮފީސްތަކުން ސަލާމް ޖަހައިގެން ޚިދުމަތް ހޯދަން ކޮންމެ ދުވަހަކު 8ގަޑި އިރު ތިބެވޭނެއޭ. ފައްޔާޒު ތިޔައީ ކޮން ޒަމާނެއްގެ ބޭފުޅެއްތޯ؟ އަމުދުން ކޮވިޑް ފަހުން ރައްޔިތުން ބޭނުމެއް ނުވޭ އޮފީސްތަކަށް ސަލާމް ޖަހައިގެން ޚިދުމަތް ހޯދާކަށް. އެމީހުން ބޭނުންވަނީ އެމީހުންގެ ޖިފުޓިގަނޑުގައި ތިބެގެން އޮންލައިންކޮށް ޚިދުމަތް ހޯދަން. އަހަރެންގެ 66 އަހަރުގެ ކާފަވެސް ދަނޭ ވެބްދައިޓްތަކަށް ވަނދެ ނޫސް ކިޔާ ހަދަން. އިހަށްދުވަހަކު ބުނެފި ދަރިފުޅާއޭ މިހާރު ޑީ.އެން.އާރ ހާދަ ފަސޭހައޭ. އޮންލައިންކޮށް ކާފަ ވެސް ކުރިންދުވަހު އައި.ޑީ ކާޑު އައުކުރަން ފޯމް ލައިފީމޭ.
    އަނެއް ކަމަކީ 26،000 ސިވިލް ސާރވިސް މުވައްޒަފުންގެ ދަރިންނާއި، އަނބިން، ކާފަ މާމައިން ބަލަނީ ކިހިނެކޯ ކޮންމެ ދުވަހަކު 8 ގަޑިއިރު އޮފީހުގައި ބައިތިއްބައިގެން، ނޫނީ ބަންގްލާ ބޯއީސް ކޯޅެއް ފައްޔާޒުގެ ދީލަތި ޚަރަދުގައި ހަމަޖައްސަވައިދެއްވިއަސް އެންމެ ރަނގަޅު.

    3
    1
  11. ހަނާ

    8 މަސަކަތް ކުރަންޖެހޭނެ.....

    5
    4
  12. ވާވާ

    މިނިވަން ވޭޖުން މިވަގުތު އަސަރުކުރަންޖެހޭނީ ބޮޑު މުސާރަ ލިބޭ ބަޔަކަށް ނޫން. މި މާލޭގައި އަދި ރަށްރަށުގައި އުޅޭ ކުޑަ މުސާރަ ލިބޭ މީހުންނަށް. ރަށްރަށުގައި އަދި މާލޭގެ ފިހާރަތަކާއި ކުންފުނިތަކުގައި މަސައްކަތް އެބަކުރޭ މަހަކު -/2000 ރ އަށް ވެސް.
    ރާއްޖެއަށް ފުރަތަމަ ޓެކްސް ނިޒާމް ތައާރަފު ކުރީމާވެސް ވަރަށް ވާހަކަ ދެއްކި

  13. އަލީ

    " މަހަކު 40 ގަޑިއެއްނޫން! ހަފްތާއަކު 40 ގަޑި! " ދުވާލަކު2ގަޑިއިރު މަހަކު 20 ދުވަހު ވީމަ 40ގަޑިއިރުވާނީދޯ ހުކުރު ހޮނިހިރު ބަންދު ،،، ސަލާމް