ހަތިމަށްވެސް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާ މީގެ ކުރިން ވަނ ީރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ކުޑަކަމުގޮސްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރިއެވެ. އަދި އޭނާ ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލިއެވެ.

ނަމަވެސް އޭނާ ދޫކޮށްލިތާ މާގިނަ ދުވަސްތަެއް ނވަނީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރީ އާދީއްތަ ދުވަހުގެ ހަވީރުއެވެ.

ކްރިމިނަލް ކޯޓުން އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާކއި ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވެއެވެ.

ހަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މިދިޔަ ހަފްތާގައި ވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ.

އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހައްވަ

    މިނުބައި ކަލޭގެ ނުލަފާ ޢަމަލު އެއްވެސް ސިޔާސީ ޕާޓީއަކުން ކުށްވެރި ނުކުރާތީ ޕާޓީތައް ވަރަށް ބޮޑަށް ކުށްވެރި ކުރަން.

  2. މޫސާފުޅު

    އޭ ވެރިންނޭވެ. މިފަދަ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ކަންކަމަށް އައްޔަން ކުރެވިފައިތިބޭ ވެރިންނެވެ. ކިތަންމެ ބިރުކަނޑާލާފައި އުޅުނަސް މާތްﷲ ގެ ކޯފާއަކަށް ނުފިލޭނެއެވެ. ބޮޑެތި ޤައުމުތަކުގެ ވެރިންދެކެ ބިރުގަންނަ އިރު މުޅި ކާއަިނާތުގެ ވެރި އިލާހްދެކެ އަހަރެމެން އެންމެން ބިރުވެތިވާންޖެހެއެވެ. ﷲ ގެ ކޯފާއާ ބައްދަލުވާނީ ކޮންއިރަކު ކޮންތާކު ހުއްޓާކަމެއް އެބަ އެނގޭހެއްޔެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވެރިންގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރާށެވެ. އަދި ޢާއްމުންވެސް ބިރުވެތިވެ މާތްﷲ ގެ މަގަށް ރުޖޫޢަވަމާތޯއެވެ.

  3. އަހުމަދު

    ވަރުގަދަ އަދަބުދީ

  4. ބަރުގޮނު

    ވަރަށް އާދައިގެ ކަންކަންވެސް ބޮޑު މަސްއަލައެއްގެ ގޮތުގައި މަޖްލިސަށް ވައްދާ. އެކަމަކު މިމީހާގެ މަސްއަލަ މަޖްލިސަށް ވައްދަން ކެރުނު މީހަކުނެތް.