ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖްއާ ދެކޮޅަށް އަޑު އުފުލައި، "އެމީހުންނަށް ހައްގުވާ މިންވަރު" ދިނުމަށް ގޮވާލައިފައެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދިނުމަށް ވެސް އިހްތިޖާޖްގެ ބައިވެރިން ގޮވާލާފައިވެއެވެ. މުޒާހަރާ ކުރީ ދުސިތް ތާނީ އާއި މެރިއޮޓްގެ ވެސްޓިންގައެވެ.

ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ހިފައިގެން ތިބި ބޯޑުތަކުގައި "ސަރުކާރު އޮތީ ވިޔަފާރިވެރިންގެ ދަށުވެފައި"، "ސާވިސް ޗާޖުން ކުރާ ވައްކަން ހުއްޓާލާ"، "ދޭން ބުނި 10،000ރ. ކޮބާ؟ ކަޓުވާލި 900ރ." "ފައްޔާޒް އިސްތިއުފާ" "ކަޓުވާލި 900ރ. މިހާރުން މިހާރަށް ދީ" ފަދަ ޝުއޫރުތައް ހިމެނެއެވެ.

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވައުދުވި ގޮތަށް މިނިމަމް ވޭޖް 10،000ރ. އަށް ބޮޑު ނުވުމެވެ.

ސަރުކާރުން އިއުލާނުކުރި މިނިމަމް ވޭޖުގައިވާ ގޮތުން ކުދި ވިޔަފާރިތަކަށް 4،500ރ. ލިބޭނެއެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިވިލް ސާވިސްގެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 7،000ރ. ވަނީ ކަނޑައަޅައިފައެވެ. އެންމެ ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖަކީ 8،000ރ. އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތުން އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ރިސޯޓުތައް ހިމެނެއެވެ. އެންމެ ބޮޑު ވިޔަފާރިތަކަށް 8،000ރ. ކަނޑައެޅި އިރު އެކަމަކު، މިއީ ވޭޖް ބޯޑުން ކަނޑައެޅި ވަރަށް ވުރެ 900ރ. ކުޑަ އަދަދެކެވެ.

މި ސަރުކާރުގެ ވައުދުތަކުގެ ތެރޭ ހިމެނޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އެންމެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 16،000 ދިވެހިންގެ ތެރެއިން 13،000 މީހުންނަށް މިނިމަމް ވޭޖްގެ ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ. އެ މަސައްކަތްތެރިންނަށް ސާވީސް ޗާޖްއާ އެކު މަދުވެގެން 12،000 ރުފިޔާ ލިބެނޭ ކަމަށް ވިދާޅުވިއެވެ.

ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި ސާވީސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ބަހާލުމުން ކޮންމެ މުވައްޒަފަކަށް ޖެހެނީ 10،000-5000 ރުފިޔާ ދެމެދުގެ އަދަދެއް ކަމަށާއި ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖް އަކަށް 8،000ރ. ކަނޑައެޅިގެން ދިޔުމުން "އެންމެ މަދުވެގެންވެސް ރިސޯޓުތަކުގެ މުވައްޒަފަކަށް 12،000ރ. ލިބެން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސްނޭޕް

    މި ނޫނި ފުދިގެން އުޅެން ނުދަންނަ ބައެއް އުޅޭތަ މި ގައުމުގަ.؟

    2
    2
  2. މިނިސްޓަރ ފައްޔާޒު

    ރިސޯޓުން ކާންދީ، ބޯންދީ، ނިދާނެ ތަންދީ، ކުޅޭނެ ކުޅިވަރު ހޯދަދީ ހަދާފައި އޮއްވާ ގެސްޓަކަށް 2 ރާފުޅި ދިއްކޮއްލާފަ 10000 ރުފިޔާ މަދުވެގެން އެކަމާ ތިޔަ ހޭރެނީ....5600 ރުފިޔާ ހަޖަމްކޮއްލައިގެން 15 އަހަރު ސިވިލް ސަރވިސްގައި އުޅުނު މީހުންނާ މެދު ވިސްނާލާފަ ޝުކުރު ކޮއްބަލަ. ބަރަކާތް ލައްވަނީ މުޒާހަރާ ކުރީމައެއް ނޫން..ފުރަތަމަ ﷲ އެންގެވި ހަލާލު ގޮތުގަ ލާރި ހޯދަން ފައިނަގާ...... ރާ އުފުލައިގެން، މިއުޒިކް ކުޅެގެން ތިޔަ ހޯދާ ލާރި ކިތަންމެ ގިނަ ކުރިޔަސް ހިތްހަމ ޖެހުމެއްވެސް ބަރަކާތެއްވެސް ތިޔަކު ނޯންނާނެ. 10000 ން ވެސް ނުފުދިގެން ތިޔަ އުޅެނީ....ވިސްނާލުން ރަނގަޅު

    4
    6
    • މުނާފިޤު

      ކަލޭ އާއި ކަލޭގެ މުޅި އާއިލާ ކައި ބޮއެ ހަދަނީވެސް ހަމަ ތިޔަ ބުނާ ރަލާއި އޫރު މަސް ވިއްކައިގެން ހޯދާ ލާރިން. މުޅި ދައުލަތުގަ އެނބުރެނީ އެ ފައިސާ. ރާއްޖޭގެ ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަނީ ޓުއަތިޒަމުން. ރިޒޯރޓްގަ އުޅޭ އެންމެންނަކީ ރާފުޅި ވިއްކަން އުޅޭ ބައެއްވެސް ނޫން. ފުރަތަމަ އަމިއްލާ މީހާ އިސްލާހުވެބަލަ.

  3. Anonymous

    ރިސޯޓުމުއައްޒިފުން ކެއްކޮއްލައްވާ ތިބޭފުޅުންނިދިދިކުރއްވާނިީ އަބިންކާރީގަ

  4. ރިސޯޓް ބޯއީ

    ކަންކުރީ ސަރުކާރަށް ފެންނަ ގޮތަށެވެ. އަހަރުމެންނަށް ފެންނަ ގޮތަށް އަމަލުކުރާނީ 2023 ގައެވެ. އެކަން މިސަރުކާރަށް ހާމަ ކޮށްދޭނަމެވެ. ހަކުރު ދެންޏާ ބޮޑުބޭބެ އަކަށް ވާގޮތަށެވެ. މިނެދޭ ނާޅިން މިނެދޭން އަހަރުމެންނަށްވެސް އެނގެއެވެ. ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ. މިއަދު ތިމީހުންގެ ދުވަހެވެ. މާދަމާއަކީ އަހަރުމެންގެ ދުވަހެވެ. ވިސްނާށެވެ. ކަރުބުޑުގަ ހިތި ރަހަ ލައްވާލާނަމެވެ.

  5. ނަމަ

    މިނިމަމް ވޭޖް، އިހުތިޖާޖު، ގައުމު ފުޑެނީ

  6. މިތުރާ

    މިނިމަމް ވޭޖު ކަޑައެޅީ އެއްވެސް ހިސާބު އަދަދަ ކުން ނަންބަރ ހަދައިގެނެއްނޫން، ފައިޔާޒު ހިތުހުރި ގޮތަ ކަށް އަދަދު ނެރެފަ ހުޜީ، ރާއްޖެގެ މީހުން ބޭނުން ކުރާ، އެއްޗިސްސަ ކީ 99% އިމްޕޯޓު މުދާ،، އެންމެ އާދައިގެ މީހާގެ ވޭޖު އަ ކީ ދުވާލަ ކަށް ގަޑިޔަ ކު 360ރުފިޔާވުރެން މަދު ނޫން މުސާރައެއް، ދުވާލަ ކު 8ގަޑިއިރަށްވުރެން އިތުރުގަޑީގަ މަސައް ކަތް ކުރުވާނަމަ އިތުރު ގަޑީގަ މުސާރަ ލިބެންޖެހޭ، ، ރިސޯޓުގަ އުޅޭމީހުން ގެ މުސާރަ މަދުވެގެން ގަޑިޔަ ކަށް 1000ރފ ލިބެން ޖެހޭ،،ރައްއިތުން ހަނާވަނީ، ! ތިއުވާލާ، މާމޮޅުކަމެއް ކުރެވިއްޖޭ ބުނަން، !

  7. ނަން

    މަގޭ ވޯޓް ޖާބިރަށް