މާލެ ސިޓީގައި އެކި ދުވަސްމަތިން ނައިޓް މާކެޓް ބާއްވަން ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބެއްވުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި މަގުމަތީ ބާޒާރު މާލޭ ސިޓީގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެެ.

އެ އިއުލާުނުގައިވާގޮތުން މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވަން ހުއްދައަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ.

މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 10:00 13:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާގައިވާ މާލޭ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޝަން ސެކްޝަނުން ކަމަށް އެ އިއުލާނުގައި ވެއެވެ.