ދިރާގާ ގުޅިގެން ރާއްޖޭގައި ހިންގާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ކުރިއަށްގެންދާ "ފިލްމް ފޯ ޗޭންޖް:ކްލައިމެޓް އެޑިޝަން" ފަށައިފި އެވެ.

2017 ވަނަ އަހަރު ފެށި "ފިލްމް ފޮރ ޗޭންޖް" ގެ މަގްސަދަކީ، ޔޫއެންޑީޕީ އާއި ދިރާގާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ފިލްމްގެ އޯލްޓަރނޭޓިވް މީޑިއަމްގެ ބޭނުން، ޒުވާނުންނާއި، ނިންމުންތައް ނިންމާ ފަރާތްތަކާއި، މުޖުތަމަޢުގެ މެދުގައި ތަފާތު އިޖްތިމާޢީ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާރުއެޅުމެވެ.

މިފަހަރުގެ ސީރީޒް އަކީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ދިރާސާކޮށް، އެމައްސަލަތަކާއި ގުޅޭ ވާހަކަތައް މީޑިއަމް އޮފް ފިލްމްމެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސިލްސިލާއެއް ކަމަށް ދިރާގުން ބުނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ އެކްސެސިބަލް ޑިވައިސްތައް ބޭނުންކޮށްގެން ޑޮކިއުމެންޓްރީ ސްޓައިލްގެ ކުރު ފިލްމުތައް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި އުފެއްދުންތެރި ހުނަރުތައް ފޯރުކޮށްދޭނެއެވެ.

"ފިލްމް ފޯ ޗޭންޖް" ގެ ޒުވާނުން ތަމްރީނު ކޮމްޕޯނަންޓަކާއި އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއެކު ޕޯސްޓް ޕްރޮޑަކްޝަން ކޮމްޕޯނަންޓެއް ހެދުމަށް ހަމަޖެހިފައިވާއިރު، ގްރޫޕްތަކުގައި ތަމްރީނުވާ ފަރާތްތަކުން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް: ކްލައިމެޓް އެކްޝަން (އެސްޑީޖީ-13) އިން އިންސްޕަޔާވެގެން މައިގަނޑު ތީމްގެ ދަށުން ފަސް ކުރު ފިލްމު އުފައްދާނެއެވެ.

އެއަށްފަހު މި ފިލްމުތައް މީސް މީޑިއާ އާއި އެހެނިހެން ޕަބްލިކް ޕްލެޓްފޯމްތައް މެދުވެރިކޮށް ޑައިލޮގްގެ ޒަރިއްޔާއިން ދައްކާނެއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޒުވާނުން ވަކާލާތުކުރުމަށް ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ޕްލެޓްފޯމްތަކުގައި ދެއްކުމުގެ ފުރުސަތުވެސް މި ފިލްމުތަކުގައި އޮތްކަން ދިރާގުން ފާހަގަ ކުރިއެވެ.