ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް ކަމަށް މަރިޔަމް މުނާ އައްޔަންކޮށް، ނައިބް ރައީސް ކަމުގެ މަގާމަށް ޑރ. އަހްމަދު އާދަމް އަބްދުﷲ އައްޔަންކޮށްފިއެވެ.

އެ މަގާމަށް ދެބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މުނާ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިންނެވެ. މަރްޔަމް މުނާ މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ އެ ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ. އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގ ގެ ކޯޕަރޭޓް ސެކްރެޓަރީގެ މަގާމުގައެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަގާމުތައް މުނާ ފުރުއްވާފައިވެއެވެ.

ޑރ. އަޙްމަަދަށް ބަލާއިރު، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. މީގެ ކުރިން އެބޭފުޅާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ޑޮކްޓަރ އަދުހަމް އަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސް ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ޑރ އަދުހަމް މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ އެ ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    އެ މީހަކާ އެ މީހެއް. އަތު ޖެހުނު ދިމާލަކުން ވީދާލައިގެން ކާލަނީ. ބައި އަޅަނީ. ވައްކަން މެކުހަށް،ޒީރޯ ޓޮލަރެންސްގެ ދަށުން. ސާބަސް ހިންނަވަރު ކުޑަ މޯދީ.

  2. ހަލިޔަބޭ

    ހައެދުރޫސް!