މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށްޓަކައި ފަންޑު ހޯދުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާއަކަށްވާ އިރު، މިސްކިތްތަކުގައި އާބާތުރަ ފިލުވަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ވަކިވަކި މިސްކިތްތަކުގައި ހުރި މައްސަލަތައް އެސެސްޓް ޔުނިޓުން ވަރަށް ތަފްސީލްކޮށް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިސްކިތްތައް މަރާމާތު ކުރަން ބަލާ އިރު، ސިޓީ ކައުންސިލްގައި ބަޖެޓެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ހުރިހާ މިސްކިތްތަކެއްގެ އާބާތުރަ ފިލުވަން 13 މިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

"އިސްލާމިކް މިނިސްޓްރީން ދެއްވާފައި ވަނީ އެއް މިލިއަން ރުފިޔާ (މިސްކިތްތަކުގެ އާބާތުރަ ފިލުވަން)،" މުއިއްޒު ވިދާޅުވިއެވެ.

މި ސަބަބާ ހުރެ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ފައިސާ ބޭނުންވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންވެ އިންވެސްޓްމަންޓް ފޯރަމްގައި ކަން ކުރާ އުސޫލުން ސްޓޯލްތަކެއް ހަދައިގެން މިސްކިތްތަކުގެ ހާލަތު ފޮޓޯ އާއި އެ ނޫން ގޮތް ގޮތަށް ހާމަކޮށްދޭން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒުގެ ވިސްނުން ހުރީ ސަލްޓަން ޕާކްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ހަރަކާތަށް ބޮޑެތި ވިޔަފާރިވެރިންނާއި ކުދި ވިޔަފާރިތަކަށް ވެސް ދައުވަތު ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތަނުގައި މިސްކިތްތަކުގެ އާބާތުރަ ފިލުވަން އެހީވެވޭނެ ގޮތްތަކެއް އެ ތަނުގައި ހުންނާނެއެވެ.

އެގޮތުން ފައިސާ އިން އެހީވުން ނުވަތަ ތަކެތި ދޭން ބޭނުންވާ މީހުންނަށް އެކަން ހަމަޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

"އެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކޮމިއުނިޓީ އިވެންޓެއް ބާއްވަން ބޭނުން ވަނީ. އޭރުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެހީތެރިކަން ދީފާނެ،" މާލެ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވިއެވެ.

"އެހެންވެއްޖެ ނަމަ ހުރިހާ މިސްކިތްތަކެއް ރަމަޟާން މަހުގެ ކުރިން މަރާމާތު ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،"

މޭޔަރު ވިދާޅުވި ގޮތުގައި މި އިވެންޓު ބޭއްވުމަށް މަސައްކަތް ކުރާނީ އަންނަ ހަފްތާގެ ބަންދުގެ ތެރޭގައެވެ.

މާލެ ސިޓީ ކައުންސިލްގައި އޮތް ބައްދަލުވުމުގައި ވަނީ ވަގްފް ފަންޑުގައި ހުރި ފައިސާ މިސްކިތްތަކަށް ފަންޑު ކުރުމަށް ހަމަޖައްސައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަން ފާސްކޮށްފައެވެ.

މި ދެ ނިންމުން ވެސް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 15 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ބައްދަލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެން މިއީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހާލުފޮޅި

    އެވަރުކަމެއްވެސް ސަރުކާރަށް ނުވި؟؟؟

    49
    1
    • ކިނބޫ

      އާނ! ބޮޑުވަޒީރަށް ޚަރަދުކުރެވޭ މިލިޔަނުން އެކަމަކު.

      41
      1
  2. ސައްފަތު

    އިންޑިއާގަ ހަދާހެން ކޮންމެ ހުކުރު ދުވަހަކު ޚުތުބާ ކިޔާ ގަޑީގަ ބާލިދީ ހިފައިގެން ސަފުތަކުގަ ބުރުޖަހާ މަންޒަރު މިގައުމުން ފެންނަން އުޅޭހެން ހާދަ ހީވެޔޭ. އިންޑިއާއަކީ އެތައް ދީނެއް އޮންނަ ތަނަކަށްވާތީ އެއްވެސް ދީނެއްގެ ދީނީ ކަންކަމަށް ސަރުކާރުން ޚަރަދު ނުކުރާކަމަށް މީހުން ބުނޭ. އެކަމަކު ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށްވާއިރު ދީނުގެ ކަންކަމަށް ދައުލަތުން ޚަރަދު ނުކުރެވެންވީ ސަބަބެއް ނުވިސްނެ. ރައީސް ސޯލިހުގެ ކެމްޕޭންގަ ވިދާޅުވި ހުރިހާ މިސްކިތެއް އެއަރކޯން ކުރާނަމޭވެސް. އެކަމެއްވެސް ނުފެނޭ.

    29
    • ޔާރާ

      ޙިންދީ ދީނުގެ ކަންތަކަށް ވަރަށް ގިނަ ޚަރަދު ކުރޭ .ބއެހެން ދީން ތަކަށް ޚަރަދު ނުކުރަނީ.

  3. އަހްމަދު

    ނަސީދު ޖެން ހޮޓަލުގަ ބަހައްޓަން ދުވާލަކު 30000 އޯކޭ .... އެކްމް މިސްކިއްތަ މަރާމާތު ކުރާކައް ލާރި އެއް ނެތް....

    46
    1
  4. ސަނައްޓޭ

    އަންނި އަށް ދުވާލަކު 33000ރ ހަރަދުކުރަން ލާރި ހުރޭ. މިސްކިތް ހަދަންވީމަ ނުހުރޭ

    42
    1
  5. ތޭރިއެމްވީ

    މުސްލިމް ޤައުމެއްގައި މުސްލިމުން އަޅުކަން ކުރަން ހަދާފައިވާ މިސްކިތްތައް އާބާތުރަ ފިލުވަން ފައިސާއެއް ނެތް. ޖެހެނީ ސަލާން ޖަހަން. އެހެނަސް ރައީސް ނަޝީދުގެ ހުރުމާއި ކެއުމަށް ދުވާލަކު 33،000 ރުފިޔާ މިހާރުވެސް ދައުލަތުގެ ބަޖެޓުން. ސަޅިއޭ ބުނީ

    31
    1
  6. ޒަންޖަބީލު

    ސަރުކާރަުށް ބޮޑުމުސާރަ ދީފަ ސުޓޭޓު މިނިސްޓަރުން ފެންވަރުގެ މަގާމުތަކަށް މީހުންލާއިރު މިސްކިތްތަށް މަރާމާތުކުރުމަށް ސަރުކާރަށް ފައިސާހަރަދު ނުކުރެވުމަކީ ބޮޑުވެގެންވާ ޖަރީމާއެއް މިޖަރީމާ ހިންގާމީހަކު ހީކުރަނީ ކޯއްޗެއްބާ؟.......!!!

    25
    2
  7. ގާދިރު

    މިސްކިތްތަށް އާބާތުރަ ފިލުވަން ސަރުކާރުގަ ލާރިއެއްނެތް ބޮޑު މުސްކުޅި ބެއަކު ގެނެސް ހޮޓަލް ޖެންގައި ބަހައްޓައިގެން މިލިއަނުން ލާރި އެހެރަ ހަރަދުކުރަނީ

    27
    1
  8. ކިނބ

    ފެއިލް އެެމޑޕީ ސަރުކާރު ނަސީދު އަށް މިލިޔަނުންް ދެެވޭ... ނާޗަރަންގީ ކުޅެންވެސް. ސާބަސް މުއިޒްއަށް ، މިލާދނީ ސަރުކާރު އޮބިއަޅާތި.

    26
    1
  9. ނަޝީދު

    ނަޝީދު ބޭސް ފަރުވާއަށް ބަޖެޓް ދިންގޮތައް މިސްކިއްތައް ހަދަން ހަރުދު ނުކުރެވެނީ ލާދީނީ ވީމަ ތޯ

    27
    1
    • ކިނބޫ

      ސެކިއުލަރ ވިސްނުން ހުންނަ މީހުން ހިންގާ ސަރުކާރެއްވީމަ. މިސްކިތްތަކަކީ މިހާރު ދައުލަތުން ބަލަހައްޓަންޖެހޭ ތަންތަނެއް ނޫނޯ. ކިހާބޮޑު ބލ ވެރިކަމެއް މީ ދެން.

  10. މުހައްމަދު

    ކިހާ ދެރަކަމެއް. ކޮންހަރަކާތެއްތޯ ބާއްވާކަށްތަ؟ މިހާރު ތި ފާސްކުރަމުން އެގެނދާ ދައުލަތުގެ ބަޖެޓްގައި އިސްލާމިކް މިނިސްޓްރީއަށް ކިހާ އަދަދެއްގެ މިލިއަނެއް ތޯ ބަޖެޓްގަ ޖަހާފަހުރީ؟ އޭގެން ތިކަމަށް ހަރަދުނުކުރެވެނީތޯ؟ ރަނގަޅު މާލެސިޓީގެ ޒިއްމާއެއް. އެހެންވެއްޖެއްޔާ ސިޓީ ކައުންސިލްގެ ބަޖެޓް ތެރެއިން ތި މަސައްކަތް ތައް ނުކުރެވެނީތޯ؟

  11. ސަންފަ

    ކޮބާހޭ ޝަހީމްގެ މިނިސްޓަރ ކަމުގަ އެޅި ވަގުފު ބިނާ .އެއީ މިސްކިތްތައް މަރާމާރުކުރުމަށް ފައިސާ ހޯދަން ހެދި ތަނެކޭ . ބޮޑުވަޒީރަށް ޚަރަދު ކުރާނެ ފައިސާ ހޯދާކަށް ހެދި ތަނެއް ނޫނޭ .
    އަންނި ވެރިކަމުން ފޭބިއިރު މިސްކިތް ތައް މަރާމާތުކުރާނެ ފައިސާ ނެތިގެން
    ޢެއިރު ޓެލެތޯނެއް ބާއްވައިގެން ފައިސާ ހޯދާފަ މިސްކިތްތަކަށް ދާއިމީ ކޮށް ފައިސާ ލިބޭ ގޮތަށް ހެދި ބޮޑު އިމާރާތެކޭ އެއީ. ޢިސްލާމިކް މިނިސް ޓަރާ ފިނޭންސް މިނިސްޓަރ ބުނެދީ ބަލަ އެތަނަށް ލިބޭ ފައިސާއަށް ހަދާ ގޮތެއް.

  12. ލލ

    ދައުލަތުގެ އިސްރާފު ކުޑަކޮށްފިނަމް މިސްކިތް މަރާމާތުކޮށް ބާތުރަ ފިލުވަން ފައިސާ ސޭވް ވާނެ !

  13. ބޯހަލާކު

    މިސްކިތް ތަކަށް ޚަރަދު ކޮށްލާނެ ފައިސާ ދައުލަތުގެ ޚަޒާނާގައި ނެތީތޯ؟ ވަކި މީހަކު ބޭރުގައި ބޭހަށޭ ބުނެ ޗުއްޓީއަށް ކުރި ޚަރަދާއި، މާލޭގައި ގޯތި ގެދޮރު ހުރެމެ ހޮޓެލް ޖެންގައި ރެޔަކާ ދުވާލަށް އެތައްހާސް ޑޮލަރެއް އެތައް ދުވަހެއް ވަންދެން ޚަރަދު ކުރަން ފައިސާ ހުރޭ، މިއޮތީ ވާ ވެރިކަމެއް، ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ ...

  14. ނަންރީތި ސަލީމް

    ކަނޑުވި

  15. އަލީ

    މިސްކިތް މަރާމާތުކުރުމުގެ ނަމުގައި ނަގާ ފައިސާ މުއިއްޒު ކާލާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެހެން ކައުންސިލަރުން މިކަމަށް ލޯހުޅުވަން އެބަޖެހެއެވެ. ރައްޔިތުން ޖަޒުބާތުގައި ޖެހިގެން މުއިއްޒުއަށް މާގިނަ ފައިސާ ނުދޭށެވެ. ތިފައިސާ ވަންނާނީ ސަރުކާރުގެ ޚަޒަނާއަށެވެ. ދެން ހޭދަކުރާނީ ބޮޑުވަޒީރަށެވެ. އަޑިއަޑިން މުއިއްޒުއާއި ބޮޑުވަޒީރަކީ އެކައްޗެކެވެ.

  16. އޖެންސީ ކަޅެ

    މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދަން ބޮޑު ހަރަކާތެއް ބާއްވަނީ މީކިހާލަދުވެތިކަމެއްތޯ ރައީސް އެވިދާޅުވަނީ މީތާހިރު 5 އަހަރޭ ތިޔަކަހަލަގެ ކަންތައް ކުރީމާ އެކުރެވެނީ މަލާމަތެއްނޫންތޯ އެކަމަކު އެންމެމީހެއްގެ ދުވާލް ޙަރަދައް ރައްޔިތުމީހަގެ ޓެކްސްޕޭ ރުފިޔާއިން 33000 ރުފިޔާ މިސްކިތެއް މަރާމާތުކޮއްލާކައް އިސްލާމީދައުލަތެއްގަ ރުފިޔާއެއްނެތް ކިހަވަރަކައްތޯ އިސްލާމްދީންދެކެ މިބޭފުޅުންނައް ލޯބިވެވެނީ މީނޫހެއްގެ ފަލަސުރުޙީ (ނަޝީދު ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،000ރ.) ލަދުގަންނަން މިޖެހެނީ މިޙަބަރކިޔަމީހުން ލަދުންބޯހަލަކް

  17. މުހަންމަދު

    ދީނަށްޓަކައި ކުރާނެ ހަރަދު މިސަރުކާރުގައި ނެތީ // ލާދީނި މީހުނަށް ހަރަދު ކުރެވޭ //