މިސަރުކާރުން ކުރާ އިސްރާފު ކުޑަކޮށްފިނަމަ ހިޔާ ފްލެޓްގައި "މާބުލް" ވެސް ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖެ އެނބުރި ވަޑައިގެން ހޮޓެލް ޖެންގައި ހުރި ދުވަސްތަކަށް ދައުލަތުން 698،168 ހަރަދު ކޮށްފައިވާ ދަނޑިވަޅެއްގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖަމީލު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓް އެއީ އެތައް ބަޔަކަށް ބޮޑު ރަޙްމަތެއް ކަމަށާއި އެމްޑީޕީ މެމްބަރުން ކުރިހާ ވެސް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގަނޑުވަރުކޮޅާއި ރަސްކަލުންގެ ދިރިއުޅުން ވެދުން ކުރުން ކަމަށެވެ.

"މި އިސްރާފު ކުޑަކޮށްފިނަމަ ހިޔާ ފްލެޓްގައި މާބުލްވެސް ޖެހިދާނެ. ރައީސް ޔާމީން ވެރިކަންކޮށްދެއްވީ ރައްޔިތުންނަށް" ޖަމީލު ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ ޖަމީލް ވަނީ މި ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކަށް ހަރަދުވާނެ ވަރު ކަމަށް ބަލައި މީޑިއާތަކުން ގެނެސްފައިވާ ހަބަރުތަކުގެ ސްކްރީންޝޮޓްތައް ވެސް ހިއްސާ ކޮށްފައެވެ.

ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ޖެންގައި ހުންނެވުމުގެ ހަރަދު ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް ބޭސްފަރުވާ އާއި މާލޭގައި ހުންނެވުމުގެ ހަރަދު މިހާރު ކުރަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުންނެވެ.

ނަޝީދު ރާއްޖެ ވަޑައިގެން ޖެންގައި ހުންނެވީ އެމަނިކުފާނު ހުންނެވުމަށް ދައުލަތުން ކަނޑައެޅި ވަގުތީ ގެކޮޅުގެ މަސައްކަތް ނުނިމޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައުރޫފް

    އެއީ ތެދެއް. ނުވިތާކަށް ބޮލުގަ އިސްތަށިވެސް އިންދޭނެ

    3
    2
  2. ބޮކި

    ކީއްވެގެންތޯ ވިދާޅުނުވީ ސަންގުމަރުމަރު ހިލަޖަހާނެ ވާހަކަ !

    3
    4
  3. ގައުމު

    މިއީ އިސްރާފު ކިޔާ އެއްޗެއް ދަންނަ ބައެއް ނޫން. މި ކުރީގެ ރައީސް މީހާއަކީ މި ގައުމަށް ނުކަތައިގެން އުޅޭ މީހެއް. މިހާރު ޖުޑީޝަރީގައި މަސައްކަތްކުރާ އެތައް ސަތޭކަ މުވަައްޒަފުންގެ ސައިކަލްތައް ޕާކްކުރާ ޒޯނުވެސް މި މަނިކުފާނުގެ މޮޓޭކޭޑް ކޮޅަށް ޣަސްބުން ފޭރިގެންފި. ނިކަމެތި މުވައްޒަފުން މިހާރު ޖެހެނީ މަސްމާރުކޭޓް ނޫނީ ސުޕްރީމް ކޯޓު ކުރިމަތީ ޒޯނަކުން ޖާގަ ހޯދައިގެން ސައިކަލް ޕާކްކޮށް، ހިނގާފަ އޮފީހަށް އަންނަން. މި މީހާއަކީ އެއްބެސް ކަހަލަ އުސޫލެއް ހަމައެއް ލަމައެއް އޮންނަ މީހެއް ނޫން. ރައްޔިތުންނޭ ކިޔައިގެން ރައްޔިތުންގެ ފައިސާކޮޅު ޣަސްބުން ފޭރި، ރައްޔިތުންނަށް ނޮހޮރޮއްޕާންކުރަން އުޅޭ ގައުމަށްޖެހިފަހުރި ބޮޑު ވަބާއެއް.

    4
    1
  4. ބޮއްލްބޭ

    ޖަމީލުތިދައްކާ ބޭކާރު ފިތުނަވެރި ވާހަކަތައް ހުއްޓާލައިފިނަމަ ތިކުރާ ފާފަތަކުން ސަލާމަތްވާނެ