16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިސްލާހީ މަސައްކަތް ކާމިޔާބުވުމާ ވަރަށް ގާތްވެއްޖެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވާ ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށް، އެކަހެރިކޮށްގެން ގެންގުޅޭތާ 150 ދުވަސްވެފައި ވާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށް ގުޅިފައިވާ ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މައުމޫން ހައްޔަރުކޮށްފައި ވަނީ އިންސާފުވެރި ޝަރީޢަތަކުން ކުށެއް ސާބިތުވުމަކާ ނުލައި ކަމަށާއި އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައި ހުރުމަކީ ޤައުމީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

" އާއިލާ އާއި ދުރުގައި އުމުރުފުޅުން 80 އަހަރުވެފައި ވަނިކޮށް އަދި ތަފާތު ސިއްޙީ މައްސަލަ ތަކެއް ވެސް ތަހައްމަލު ކުރައްވަމުން ގެންދަވަނިކޮށް، ގިނިކަންޔާ އެކަހެރިކޮށް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ އިންސާނީ ވަންތަކަމުގެ ގޮތުން ވެސް މުޅި ދިވެހި ޤައުމު ނުހަނު ބޮޑަށް ހިތާމަ ކުރާ ކަމެއް " ބަޔާނުގައިވެއެވެ.

މީގެ އިތުރުން މައުމޫންގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ހައްޔަރު ކުރެވުނުތާ 150 ދުވަސްވެފައިވާ ކަމަށާއި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ބަންދުކޮށްފައި ހުންނަތާ މި މަހުގެ 18އަށް އެއް އަހަރު ވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި ބަޔާނުގައި އިތުރަށް ވަނީ ދުނިޔޭގެ އެންމެ ފަޤީރު ފަސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައި ވަނިކޮށް ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުއްވީ ރައީސް މައުމޫންގެ މަސައްކަތްޕުޅުން ކަމަށެވެ.

" ރާއްޖެއަށް އެކި ރޮނގު ރޮނގުން ގިނަ ގުނަ ޚިދުމަތްތަކެއް ވަރަށް ދިގު މުއްދަތެއްގެ ތެރޭގައި މައުމޫން ވަނީ ކޮށްދެއްވާފައި ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ތަޢާރަފް ކޮށްދެއްވީ ވެސް ރައީސް މައުމޫން " ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައްޔިތުންނަށް އިޚްލާޞްތެރި ބޭފުޅަކު އިންތިހާބަށް ނެރެފައިވާ ކަމަށާއި އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދިވެހި ރައްޔިތުން ތާއީދުކޮށް ދެއްވުމަށް އިދިކޮޅުން ނެރުނު މިބަޔާނުގައި ވެއެވެ.

" ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި މިހާރު މިއޮތް ސަރުކާރު ބަދަލުކުރުމަށްޓަކައި ސާބިތުކަންމަތީ ދިވެހި ރައްޔިތުން ތިއްބެވުމަށް އަޅުގަނޑުމެން އެންމެން ވަރަށްބޮޑު އިލްތިމާސް ކުރަމެވެ" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެއެވެ.

އަސާސީ ޙައްޤުތައް ހޯދައިދީ ޝަރުޢީ ދާއިރާ މިނިވަންކޮށް ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ދައުރު ފުރިހަމަށް އަދާ ކުރެވޭނޭ މަގު ޕާޓީތަކުން ތަނަވަސްކޮށްދޭނެ ކަމަށް އެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    ރައީސް ބަކަމޫނު އެއީ.

  2. ދޮންޔޫސުފު

    ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ރިޝްވަތު ބެހީމަ ވީގޮތެއްނު އެއީ.

  3. ހަމަ ގައިމުވެސް އަޅުގަނޑު މޑޕ އެކުލެވޭ އެއްވެސް ބަޔަކަށް ތާޢީދެއް ނުކުރާނަން.

  4. ޙަފްޞާ / މާލެ

    3 އަހަރުގެ ވެރިކަމުގައި ހަދާލިގޮތް ދިވެހިން ހަނދާން ނުނެތޭ! މުޅި ރާއްޖެ ދަވާލުމުގެއިތުރުން ޝަރުޢީކޯޓުތަކުގައި ތަޅުއެޅުވިކަމާ ، ޤާޟީންނަށް ބިރުދައްކާ ވަގަށްނެގިކަމާ ، ދިވެހިންގެ މާލިއްޔާ ކަާހުސްކޮށްލިކަމާ ، އާމުދަނީލިބެންހުރި ހުރިހާ ދޮރުތައް ބޭރުމީހުނަށް ވިއްކާލިކަމާ ، ދިވެހި އިސްލާމް އިޚްތިޔާރީކަމަކަށް ހެދުމާ ، އިސްރާއީލާ ގުޅުން ބަދަހިކުރިކަމާ ، ސިވިލްސަވަންޓުންގެ މުސާރަ ބަނޑުއެޅިކަމާ ، އަތޮޅުތަކުގެ ރައްޔިތުންގެ އެކައުންޓްތައް ފެލާލިކަމާ ، ޑޮލަރުގެއަގު އަތްނުފޯރާފަށަށް ދިޔުމާ ، ޞިއްޙީދާއިރާ ކަފުންކުރިކަމާ ، ތަޢުލީމީ މަންހަޖުގެތެރެޔަށް އިޒްރޭލުގެ މުޤައްރަރު ވައްދަންއުޅުނުކަމާ ، ޑޮކްޓަރުން މުސާރަތައް ދަށްކޮށް ހޮސްޕިޓަލްތައް ފަޅުވިކަމާ ، ރާއްޖޭގައި ފައްޅިއެޅުމުގެ ކަންއް ކުރިޔަށް ގެންދިޔަކަމާ ، މިސްކިތްތަކާ ސުކޫލުތައް ވީރާނާކޮށްލިކަމާ ........ މިއީ މަދު ވަރެކެވެ. އަގަ ތަޅާއިރު ފުރަތަމަ ލަދުކޮބައިހެއްޔެވެ؟