ޕިއްޒާ މައްމަމިއާ ގެ ރެސްޓޯރެންޓެއް މާލޭގައި ހުޅުވައިފިއެވެ.

ފާސްޓް ފުޑް ރެސްޓޯރެންޓެއް ގޮތަށް ހިންގަމުން އަންނަ ރެސްޓޯރެންޓު ހުޅުވައި ދެއްވީ މިނިސްޓުރީ އޮފް ޖެންޑާ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ.

ޕިއްޒާ މައްމަމިއާ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކުޑަކުދިން ހިޔާގައި ތިބޭ ކުދިންްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ޕިއްޒާ މައްމަމިއާ ހުޅުވައި ދިނުމަށް ފަހު މިނިސްޓަރު ޒެނީޝާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވި ގޮތުގައި " ޕިއްޒާ އަކީ ހުރިހާ ކުދިންނަށްވެސް ވަރަށް ކަމުދާ އެއްޗެއް ކަމަށް ވުމާއެކު ކުޑަކުދިންްގެ ހިޔާގެ ކުދިން ބައިވެރިކޮށް މިފަދަ އިނީޝިއެޓް އެއް ނެންގެވީތީ ޝުކުރު އަދާކުރަން . ހަމައެއާއެކު އެހެން ކުންްފުނިތަކުން ސީއެސްއާރު ގެ ދަށުން މިފަދަ އިނީޝިއެޓިވް އެއް ނަންގަވާނެކަމަ އުންމީދު ކުރަން" މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓަރު ޒެނީޝާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން މިނިސްޓުރީ އާއެކު ޕާޓްނާޝިޕް ގެ ދަށުން ކުންފުނިތަކުން އެހީތެރިވެ ދެއްވަމުން އަންނަކަމަށެވެ.

ޕިއްޒާ މަންމަމިއާއި ބެހޭ ގޮތުން އެތަނުގެ އޮޕަރޭޝަން މެނޭޖަރު އަހުމަދު ޖަމީލް ވިދާޅުވި ގޮތުގައި " ރާޢްޖޭގައި ތިބި ހުރިހާ މީހުންވެސް ބޭނުންކުރާނެ ގޮތައް ބެލި އެތަނުގެ ރަހަތަށް ތައްޔާރުކުރެވިފައި ވަނީ ." އަހުމަދު ޖަމީލް ވިދާޅުވިއެވެ.

އަހުމަދު ޖަމީލް ފާހަގަ ކުރެއްވި ގޮތުގައި ޕިއްޒާ މަންމަމިއާއިން ޕިއްޒާ، ބާގާރ ، ސަބްމެރިން، ސޭންޑްވިޗް، ގެއިތުރުން އައިސްކުރިމް ލިބެން ހުންނާނެ ކަމަށްށެވެ. އަދި އައިސް ކުރީމާ ގެގޮތުގައި ލިބެން ހުންނާނި މޫވް އެން ޕިކް ބުރޭންޑް ކަން ފާހަގަ ކުރެއްވިއެވެ.

އަހުމަދު ޖަމީލް އިތުރަށް ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް އެހީތެރިވުމުގެ ގޮތުންއެ ކުންފުނިން އިސްނަގައިގެން ކުޑަކުދިންނަށް ހާއްސަކޮށް ހިޔާގެ ކުދިންނަށް އިނާޔަތެއް ދިނުމަށްހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ކުޑަކުދިން ހިޔާގަތިބި 16 އަހަރުން މަތީގެ ކުދިންނަށް ވޯކިންގް އެކްސްޕީރިއަންސް ހޯދަދިމުމަށް މިނިސްޓުރީ އާ މަޝްވަރާކުރެވެމުންދާކަމަށް ޖަލީލު ފާހަގަކުރެއްވިއެވެ.

އަދި ކުރިޔަށް އޮތްތަނުގައި ޕިއްޒާ މައްމަމިއާ ގެއިތުރު އައުޓްލެޓްތަކެއް ހުޅުމާލޭގަ އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި އޮކްޓޯބަރު - ނޮވެމްބަރު މަސްތެރޭގައި އެހެން ބުރޭންޑް އެއްގެ ރެސްޓޯރަންޓެއް ހުޅުވުމަށްހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޕިއްޒާ މަންމަމިއާ ރެސްޓޯރެންޓް ހުންނަނީ ގަލޮޅު މޫންލައިޓް ހިގުން ސަބުދޭރިޔާ މަގުގައެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙިސް

    މައްމާމިއާ... ލޮލް

  2. މުފީދު

    ވަރަށް ސަޅި ތިކަން ތިކުރި ގޮތް.

  3. ޔަހުޔާ

    މިފަދަ ރަގަޅު މަޤްސަދުތައް އިސްކޮށްގެން ކުރާ ވިޔަފާރިތަކަށް ކޮންޓްރިބިއުޝަން އަޅުގަޑުގެމެން ދޭނަން. ކީޕްއިޓްއަޕް.