ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ފަހު ދައުރުގައި ސަރުކާރު އަދި ރައްޔިތުންގެ މަޖިލިހުން ޒަމާނީ ޖުޑިޝަރީއެއް ގާއިމްކޮށް އޭގެ ނަތީޖާ ފެންނަން ފަށާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރަން ޖޭއެސްސީއާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ "މޮޑަނައިޒޭޝަން ޕްލޭން" އެއް އެކުލަވާލައިގެން ކަމަށެވެ.

އެ ޕްލޭންގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވޭ ތިން ކަމަކީ ޝަރުއީ ނިޒާމު ޑިޒިޓައިލައިޒް ކުރުމުގެ ޕްރޮގްރާމްއާއި، ފަނޑިޔާރުންނާއި މުވައްޒަފުންގެ ތަމްރީން ހަރުދަނާ ކުރުން އަދި މައްސަލަތައް އަވަސް ކުރަން ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ގެންދިއުން ކަން ހިސާން ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި ވެސް އެންމެ ބޮޑު ސަމާލު ކަމެއް ޖުޑިޝަރީ އިސްލާހު ކުރަން ހިމެނިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. މި ގޮތުން ޖުޑިޝަރީއަށް ކަނޑައެޅޭ ބަޖެޓް މިދިޔަ ތިން އަހަރު 33 އިންސައްތައަށް އިތުރުވި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަންނަ އަހަރު ބަޖެޓް ފޯކަސް ކޮށްފަ މި އޮތީ ވެސް ޖުޑިޝަރީ އިސްލާހު ކުރުމަށް އަމާޒު ހިފާފައިވާ ބަޖެޓެއް، މި ޖުޑިޝަރީގެ އަމާޒަކީ ޒަމާނީ ޖުޑިޝަރީއެއް ގާއިމް ކުރުން، މޮޑަނައިޒޭޝަން ޕްލޭނެއް އެކުލަވާލާފައި މި ވަނީ،" ހިސާން ވިދާޅުވިއެވެ.

ހިސާން ފާހަގަ ކުރެއްވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ޖިނާއީ އަދުލުގެ ނިޒާމު ތަރައްގީ ކުރުމުގައެވެ. އެއީ މަދަނީ އަދި އާއިލީ މައްސަލަތަކާ ވެސް ޚިލާފަށް އެ ދާއިރާގައި ކަރެކްޝަންއާއި ފުލުހުން ފަދަ އެހެން މުއައްސަސާތަކަށް ވާން ޖެހޭ ބަރޯސާ މާ ބޮޑަށް އޮންނާތީ ކަމުގައި ފާހަގަ ކުރެއްވިއެވެ.

"ކަރެކްޝަންސްގައި މި އޮންނަނީ ޖުމުލަ ތިން އޮންލައިން ސިސްޓަމް، އެހެންވެ އޭގެ ފުލް ކެޕޭސިޓީގައި ވެސް ދުވާލަކަށް 15 މައްސަލަ ހިންގެން އަންނަނީ، އަދި ކޯޓުގަ މައްސަލަ ތާވަލު ކުރިޔަސް މި ކަން ވާކަށް ނެތް،" ހިސާން ވިދާޅުވިއެވެ.

މި ގޮންޖެހުންތަކާއެކު ވެސް ޖުޑިޝަރީ ދާއިރާ ތަރައްގީ ކުރަން ވިސްނުންތަކެއް އެބަ ހުރި ކަމަށް ހިސާން ވިދާޅުވިއެވެ. މި ގޮތުން އަންނަ އަހަރު ޝާކިޓް ކޯޓުތައް ގާއިމްވެ އެއިން ޝާކިޓަކަށް މެޖިސްޓްރޭޓަކު ހަމަޖެހުމުން ރަށްރަށުގައި ހުރި މައްސަލަތައް އަވަސް ވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

2023 ގެ ކުރިއަށް ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ވެސް ނިމިގެން ދިއުމުން، ސަރުކާރު އަދި މަޖިލީހުން އަމާޒު ކުރި ޒަމާނީ ޖުޑިޝަރީއެއް ގާއިމްވެ ރައްޔިތުން ދެކެން ބޭނުންވާ ނަތީޖާ ފެންނަން ފަށާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"2023 އަށް އަޅުގަނޑުމެންނަށް ފެނިގެން ދާނެ މަސައްކަތުގެ ދުވެލިއަށް އަންނަ ބަދަލު،" ހިސާން ވިދާޅުވިއެވެ.

ހިސާންގެ ވާހަކައިގައި މިދިޔަ ތިން އަހަރު ކުރެވުނު މަސައްކަތަކީ ވެސް ކާމިޔާބީއެއް ގޮތުގައި ސިފަކުރެއްވިއެވެ. މި ގޮތުން ސުޕްރީމް ކޯޓަށް ގެނެވުނު ބަދަލުންނާއި، މަސައްކަތް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުންނާއި، އަބަދުހެން މަސައްކަތެއް ނުކޮށް އޮތް ޖޭއެސްސީ ހަރަކާތްތެރިވާން ފަށައި، ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމުން ރައްޔިތުންގެ މެދުގައި ޖުޑިޝަރީއަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމަށް ހިސާން ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޙަަަހަ

    ތިދެންނެވީ ޖުޑިޝަރީއޮތްގޮތަށް ކޯޓުތަކުގައި ފަޑިޔާރުކަންވެސް ކުރައްވާނީ ތިޔަބޭފުޅުން ރުހޭ މީހުންނޭތޯ

    38
  2. ހުސެން

    2023 އެބައޮތް .ކުޑަކުދިން ހައްލަން ލޮލީ ޕޮޕް ދޭހެން ރައްޔިތުން ބޯކާނުލެވޭނެ އަބަދަކު އެމްޑީޕީ މީހުންނަށް .ބޮޑުތަނުން ބަލިކޮށް އެމްޑީޕީ ގެ ސިޔާސީ ބާރު ބަލިކުރާނެ ދިވެހިން

    34
  3. އަހުމަދު

    ހުރިހާ ކަމެއްވެސް 2023 އޭ ކިޔާ. ކޭހައި ފައިސާވެސް ފެންނާނެތާ އެހާއިރާށް

    36
  4. ރަން ރީނދޫ

    ބޭކާރު ވާހަކަ ނުދައްކާ ޖޭއެސްސީއިން އިސްތިއުފާ ދީ.

    37
  5. ހުސޭނުބޭ

    އެހެންވިއްޔާ މަންޖެ ތި ތަނުގައި ތި ކުރަނީ ކޮންކަމެއް! ޒަމާނީ ޖުޑިޝަރީ ފެންނަންދެން ގޮނޑި ދޫކޮށްލާފައި ގޮސް ގޭގައި ހުރެބަލަ. އަދި މިވީ ދުވަސްތަކަށް ތިތަނުން ނެގި މުސާރަ އަނބުރާ މީރާއާއި ހަވާލުކުރޭ......... އެހެނީ މި ހުރިގައި ދުވަހު ކުރި އެއްވެސް ކަމެއް ނެތް

    32
  6. ދިވެހި ރައްޔިތެއް

    ޒަމާނީ ޖުޑިޝަރީއެއްފެނުމުގެ ކުރިން ރަނގަޅަށް ގައިންތާހިރުވެ ޢައުރަނިވާކޮށްގެން އިންނަތަން ދެކެން ދިވެހި ރައްޔިތުން މާބޮޑަށްބޭނުންވާނެ.

    31
    • Anonymous

      އެއްމެ ފަހަރަކުވެސް ފެންވެރި އަންހެނެއްތޯވެސް އިންޓަވިއުގައި މިމަންޖައާއި ސުވާލިކޮށްލާނަމަ؟؟؟ ފިރިކަލުންއަތުގަވެސް މިހާރު ނެތްވިއްޔާ މެމްބަރުންނަށް ނުދައްކާ އެއްޗެއް އުތެ##

      • ޓުރޫ

        ރައްޔިތުންނަށް ދައްކާލުމެއް ނެތްބާ؟

  7. ނ

    ފަނޑިޔާރުންނަށް މިހާ ބިރުވެރި ދުވަސް ވަރެއް ނާދޭ
    ނާޒިމް ސައްތާރު...ނުރުހިއްޖެ ނަމަ އެ ގާޒީ އެއް ސަސްޕެންޑް ކުރަނީ ރަށް ރަށަށް ފޮނުވާލަނީ...ތިޔަ ޖޭސީގައި އިންނަ ސުޖޫނަކީ ވެސް ނުބައި ނުލަފާ އަންހެނެއް...

    31
  8. ޖާމުނަގަރު

    އަނގަހުޅުވަން ލަދެއްވެސް ނުގަންނަ މީހުންމީ ،، ކީއްކުރާނީ // ގައުމުގެ ހަލާކު //

    30
  9. ތޯތާ

    ތިއިރުން މީހުންނަށް ބަލާލަންކެރޭ ވަރަށް ވުރެން ސިފަހުތުރުވާނެ

    28
  10. ދަރަނި ދަންތުރަ

    މ ސޭޑީ ހޯމް ސޮރަކު ތިޔަބުނާ ޖުޑިސަރީގެ ފައްކާކަން އެބަދައްކާ މިސްކިއްތަކަށް އަރާ ...

    26
  11. ޖުހާ

    ކޮންމެވެސް ޒަމާނާކުން ފެނާނެ ބުނިނަމަ މަ ގަބޫލުކުރީސް

    24
  12. އައްޑޫ މީހާ

    ޒަމާނީ ވީވީނުން ގޭގައި ތިއްބާ ތުހުމަތުކޮށް ސާބިތު ނުވިޔަސް ބޭނުން ގޮތަކަށް ހުކުމްކޮށްފަ ވައްޓާލާނެ އޭރުން ހެކިވެސް މުހިންމެއް ނުވާނެ

  13. ދ ރައްދު

    ޒަމމމ މާނީ ޖުޑިސަރީ ގެންނާނީ ކަލޭ މެންނެއް ނޫނެވެ އެކަ މަކު
    2023 ގައި ވެރިކަ މަށް އަންނަ މީހުންނެވެ މިހާރު އޮތް
    ޚުދު މުޚްތާރު ވެރިކަ މުގައި ހިންގާފައިވާ ކޮރަޕްޝަނާއި
    ވައްކަންތައް ބަލައި މިންކޮށް ހައްގުއަދަބު ދޭނީވެސް ހަ މަ
    އެ ވެރިކަ މުގައެވެ އެދުވަސް އަރާ ހަ މަކުރާނެއެވެ!

  14. ހަސަން

    ތި މޮޑަނައިޒިން ޕްލޭނަކީ ލާދީނީ އެއްޗެއްކަމަށް ވާނީ

  15. Anonymous

    އެއްމެ ފަހަރަކުވެސް ފެންވެރި އަންހެނެއްތޯވެސް އިންޓަވިއުގައި މިމަންޖައާއި ސުވާލިކޮށްލާނަމަ؟؟؟ ފިރިކަލުންއަތުގަވެސް މިހާރު ނެތްވިއްޔާ މެމްބަރުންނަށް ނުދައްކާ އެއްޗެއް އުތެ##

  16. ނުފެންނަބެއްޔާ

    މިހާރުވެސް އެބަފެނޭ ތިޔަބުނާ މަންޒަރ ދެން މިޔައްވުރެޒަމާނީ ވެއްޖެއްޔާ މިގައުމުންޖެހޭނީ އިންސާނުން ފައިބަން ރޯމާދުވާލް ކޮރަޕްޝަން އިންތިހާބައްޑުރަގް އެތެރެވެ އެބޯމީހުން މިނިވަންކަން މަތީ އުޅޭނެގޮތަކައް އުޅޭނެގޮތަކައް އުޅުން ވަންކަންކުރާމީހުންނާއި ފޭރޭމީހުންނާއި މިހެންކިޔާކޮޅުންނުލާނެ ކުއްވެރިން ވެރިންގެގޮތުގައި މިނިވަންކަމާއެކުއުޅުން ބޭރުމީހުން ވިސާނެތި ވޯކްޕާރމިޓްނެތި ހިތުހުރިކަމެއްކޮއް އުޅޭނެގޮތެއްގައި އުޅެއުޅެއެތިބަ އުޅެނީ އެހެންވީމަ ދެން މިޔައްވުރެ ރަނގަޅުވެއްޖެއްޔާ ޖެހޭނީ މިގައުމުންފައިބަން

  17. އިންޑިއާ އައުޓް

    2023 ގެ ނަނަނާ ހުވަފެން ޗޮކުން މާތްﷲއަށް އުރެދުމުގެ ބަދަލު ދެހާސްތޭވީހުގައި ސަލާމަތްވާން ބޭނުމިއްޔާ އަންބޮޑި ފޮށި ތަންމަތި ބަދެ ފުރަން ތައްޔާރުވެގެން ތިބޭތި މިދުނިޔެއަކީ މުސްލިމުންގެ ހުރަގެ އައުރަނިވާނުކޮށް ތިހެންތެޅޭ ރަންޑީންގެ ސުވަރުގެ މަޙުޝަރުގެ މައިދާނުން ބަރަހަނާހާލުގައި ތިފަދަ ކަސްބީ ރަންޑިން ދަމާކޫތަފަ ނަރަކައަށް ގެންދެވޭނެ އަސްލު މުނާގިގުންގެ ސިފަ ތިމާގެމޫނުމަތިން ނާއި ތިމާގެ ބަހާއި އަމަލުންވެސް ފެންނަންއެބަހުރި މާދަމާވެސް މާތްﷲގެ ކުޅަދުންވަންތަކަމުން ތމާއަށް ބޮޑުވެގެމްވާ ބަލާވެރިކަމެއް ޖައްސަވައިފިނަމަ ތިގޮތައްހަމައުޅެވިދާނެބާ ވިސްނާ ތިމާއާއި އެންމެ ކައިރީގައި މިކުރާ ނުބައި ކަންތަކާއި އޮޅުވާލުމާއި މަކަރުވެރިކަން ތިމާދުނިޔޭއުޅޭހާދުވަހަކު ތިމާގެ ހުރިހާކަމެއް ލިޔެވިލިޔެވި ހުންނާނެކަމީ ޝަކެއްހުރިކަމެއްނޫން އަމިއްލަ އެދުންބޮޑުކަމުން ތިމާ ހެއްދެވިފަރާތްމަތިން ހަނދާނަތާލާ ހިތައެތިހާނުބައިކަމެއް މާތްﷲ ނަހީކުރެއްވި ހުރިހާކަމެއް ކުރުމުގައި ތިބައިގަޑު ހައްދުޗަހަނައަޅައި ހަރާމެއް ހަލާލެއް ހަމައެއް ލަމައެއްނުބަލައި ތިތިބަތެޅިބާލައީ ﷲ ތިބައިގަޑު ނުބައިވެގެންވީ ބޮޑު ބޭޒާރުވުމަކުން މުޅިދުނިޔެއްއަށް ބޭޒާރުކުރައްވާށި އާމީން:

  18. އިންޑިއާ އައުޓް

    2023 ގެ ނަނަނާ ހުވަފެން ޗޮކުން މާތްﷲއަށް އުރެދުމުގެ ބަދަލު ދެހާސްތޭވީހުގައި ސަލާމަތްވާން ބޭނުމިއްޔާ އަންބޮޑި ފޮށި ތަންމަތި ބަދެ ފުރަން ތައްޔާރުވެގެން ތިބޭތި މިދުނިޔެއަކީ މުސްލިމުންގެ ހުރަގެ އައުރަނިވާނުކޮށް ތިހެންތެޅޭ ރަންޑީންގެ ސުވަރުގެ މަޙުޝަރުގެ މައިދާނުން ބަރަހަނާހާލުގައި ތިފަދަ ކަސްބީ ރަންޑިން ދަމާކޫތަފަ ނަރަކައަށް ގެންދެވޭނެ އަސްލު މުނާގިގުންގެ ސިފަ ތިމާގެމޫނުމަތިން ނާއި ތިމާގެ ބަހާއި އަމަލުންވެސް ފެންނަންއެބަހުރި މާދަމާވެސް މާތްﷲގެ ކުޅަދުންވަންތަކަމުން ތމާއަށް ބޮޑުވެގެމްވާ ބަލާވެރިކަމެއް ޖައްސަވައިފިނަމަ ތިގޮތައްހަމައުޅެވިދާނެބާ ވިސްނާ ތިމާއާއި އެންމެ ކައިރީގައި މިކުރާ ނުބައި ކަންތަކާއި އޮޅުވާލުމާއި މަކަރުވެރިކަން ތިމާދުނިޔޭއުޅޭހާދުވަހަކު ތިމާގެ ހުރިހާކަމެއް ލިޔެވިލިޔެވި ހުންނާނެކަމީ ޝަކެއްހުރިކަމެއްނޫން އަމިއްލަ އެދުންބޮޑުކަމުން ތިމާ ހެއްދެވިފަރާތްމަތިން ހަނދާނަތާލާ ހިތައެތިހާނުބައިކަމެއް މާތްﷲ ނަހީކުރެއްވި ހުރިހާކަމެއް ކުރުމުގައި ތިބައިގަޑު ހައްދުފަހަނައަޅައި ހަރާމެއް ހަލާލެއް ހަމައެއް ލަމައެއްނުބަލައި ތިތިބަތެޅިބާލައީ ﷲ ތިބައިގަޑު ނުބައިވެގެންވީ ބޮޑު ބޭޒާރުވުމަކުން މުޅިދުނިޔެއްއަށް ބޭޒާރުކުރައްވާށި އާމީން:

  19. ބަޚީލުކަލޭގެ

    ޒަމާނީ ޖުޑިޝަރީ އަހަރުމެންނަށް 2023 ގައި ދައްކާލާއިރު ބުރުގާ އަޅުވާފައި ދައްކާލައްޗޭ.

    7
    2
  20. ބުރިވަރު

    އަހަރެމެން ބޭނުމީ ޖަޒީރާ ޖުޑިޝަރީއެއް

  21. ސާފުވެއްޖެ

    ތިކަން މިހާރުވެސް ފެނޭ. އެމްޑިޕީ ސަރުކާރުން ބޭނުން ހުރިހާ ކަމެއްވޭ. އެހެން މީހުނަކަށް ނުވޭ. މައްސަލަތައް އަދިވެސް އެހާ ސްލޯ. 2023 އަށް އާކަމެއް ނުދައްކާ ކަމަނާ އިސްތިއުފާދީ. އޭރުން ޒަމާނީ ކަމެއް ފެނިދާނެ.

  22. މުސައްލަ

    ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކުރެވިގެން އުޅެނީ ޔާމިން ޖަލުން މިނިވަންވެދާނެތީއޭ ބުނަން ހަނދާންނެތުނީ.

  23. Anonymous

    މިހާރުވެސް ޒަމާނީ ޖުޑިޝަރީއެއް ފެނޭ. ވެރިކަންކުރަނީ މަޖުލިޝް ހިންގަނީ ޖުޑިޝަރީ ހިންގަނީ އެކަކު އަދި އެއްބަޔެއް.މިބައިމީހުން ހިތްހަމަނުޖެހޭ ކަމެއް ކޯޓާއި ގުޅުމެއްނެތަސް ވަގުތުން ފިޔަޅުއަޅައި ވަކިކުރާނެ. ވަރަށް ޒަމާނީ