ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނުފެންނަ ކަމަށް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ނިންމައި އެ ބިލު މަޖިލިސް ތަޅުމަށް ފޮނުވައިފި އެވެ.

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ އެވެހިކަލެއް ޕާކް ކުރެވޭނެ ގަރާޖެއްގެ ލިޔުމަކާއި އެކުގައި ކަމަށް އޮންނަ ޝަރުތު އުވާލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ގަރާޖުތަކުން އެފަދަ ލިޔުން ވިއްކުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ފަރާތްތަކުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކަމުގައި ކޮރަޕްޝަނުން އެ ހުއްދަ ދޫކުރާ ކަމުގެ ޝަކުވާއަކީ ޒަމާންތަކެއް ވެފައިވާ ޝަކުވާއެކެވެ. ސައްހަ ނޫން އެފަދަ ލިޔުންތަކުގެ ސަބަބުން ގަރާޖުތައް ހުރި ކަމަށް ބުނެ ލިޔުން ހުށަހެޅިޔަސް ކާރުތަކާއި ޕިކަޕުތައް ގިނައިން ޕާކް ކުރަނީ މަގުމަތީގައެވެ.

އެކަން ހުއްޓުވުމުގެ ގޮތުން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވީ ގަރާޖު ސިޓީއެއް ހުށަހެޅުން ލާޒިމު ނުވާ ގޮތަށް ގާނޫނު ބަދަލު ކުރުމަށެވެ. އޭރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ކޮރަޕްޝަނާއި އުޅަނދު އެތެރެ ކުރުމުގައި ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

މިހާރު ގަރާޖު ސިޓީ ދޫކުރަނީ މާލޭ ސިޓީ ކައުންސިލް މެދުވެރިވެގެންނެވެ. ސިޓީ ކައުންސިލުން ވެސް ވަނީ ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައެވެ. ވެރިކަން ކުރާ އެމްޑީޕީގެ ސީނިއާ މެންބަރުން ވެސް ވަނީ ގަރާޖު ސިޓީ އުވާލުމާއި ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސ

    މިވެސް ރައްޔިތުންގެ މަންދޫބުން އެކަމަކު ރައްޔިތު މީހާޔަށް ފަސޭހަ ވާގޮތަކަށް ކަމެއްނުކުރޭ ވަކިބަޔަކު ނާޖާއިޒު ފައިދާ ނެގޭނެ ގޮތަކަށް ކަންކިރާބަޔެއް، ނިކަމެތިން ހަމަ ނިކަމެތި ވާގޮތަށް މުއްސަދިން މުއްސަދިވާގޮތަށް !

  2. ޙަދިސައިބު

    ތިޔަ ލިޔުންދީގެން އަނދުންގޭ މީހުން މުސަދިވަނީ އެގޭ ގަރާޖަކީ މެޖިކު ގަރާޖެއް އެގަރާޖުގައި 200 ކާރާއި 100 ޕިކްޕް ޕާކުކުރެވޭނެ އަދި އަދުން ހުސެންގެ ސިޓީކީއަކީވެސް މެޖިކެއް ގޭކައިރީ ސަހަރާގައުވެސް އޭނާގެ ސިޓި އާއެކު ޕާރކު ކުރެވޭނެ.

  3. އަހްމަދު މާހިރު

    މައްސަލައަކީ ގަރާޖު ސިޓީއެއް ނޫނެވެ. މައްސަލައަކީ ތަންފީޒުނުކުރެވޭ ކަމަކަށް ވާތީއެވެ. ކޮރަޕްސަނަށް ހުޅުވާދޭ ދޮރަކަށް ވާތީއެވެ. 4 ކާރު ޖާގައަށް 100 ކާރު ޖައްސާ ކާރަކަށް 75000 އާއި 130000 ރުފިޔާ ކޮރަޕްސަނަށް ނަގާތީއެވެ. ދައުލަތަށް ވަންނަ ނަމަވެސް ކިތަންމެހައިވެސްރަނގަޅެވެ. މިހާރު ތިކަން އޮތީ ސިޓީ ކައުންސިލްއަށެވެ. ހައްޓަކު ހޭ ނުހުންނާނެ ކަމާމެދު ސައްކު ކުރާނެ މީހަކު ވެސް ނެތެވެ.

  4. އަހްމަދު

    މާލޭގެ މޭޔަރައްދަންނަވާލަން މާލޭގެސަރަހައްދުތަކަކުން ޕާކިންޖާގަ ވިއްކައި އެތަނައް ހަތަރުފުރޮޅުލީއެއްޗެހި ރަޖިސްޓްރީކުރެވޭގޮތް ހަމަޖައްސަވައިދެއްވާ

  5. ރައްޔިތުމީހާ

    ތި އިއްޒަތްތެރިން ވޯޓް ހޯދަން އަންނާނެ...މާކަ ދުރެއްނޫން...ދުނިޔޭގެ އެއްވެސް ގައުމެއްގަ އޮންނަ އުސޫލެއްނޫން ގަރާޖު ސިޓީ އަކީ...އެއީ ކުޑަ ސިޓީގެ ޒަމާނުގެ ސިޓީއެއް..ރައްޔިތު މީހާ ސަލާމް ޖެއްސުން..އަޅުވެތިކަން.....މިހާރު މީ މާލޭ ސިޓީގެ ޒަމާން..ނިކަން ބުރިޖު ސިޓީ ވެސް ހަދާލަބަލަ.....ވ.ސަލާމް

  6. ހަސަނާ

    އިއްޒަތްނުލިބިގެން ރެއާދުވާލު ހަޅޭލަވާ ބަޔަކައް އަދިއިތުރު އިއްޒަތެއްހޯދަންބަރުލަމާނު އައްރައްޔިތުންހޭހުރެ ތާއީދުނުކުރާތި..