އިދިކޮޅު ފަރާތްތަކުގެ ދުވެލި ހުރިގޮތާއި އެބޭފުޅުންގެ ކޯޅުން ހުރި ގޮތަށް ބަލާއިރު ބައެއް އިދިކޮޅު ފަރާތްތަކުގެ ބޭފުޅުންވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވޯޓް ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ލ.ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުން ފައްޓަވާ ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަހަރުގެ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ރައްޤީއަށް ލޯބި ކުރައްވާ ހުރިހާ އިދިކޮޅު ފަރާތްތަކާއި ދީނީ ހުރިހާ ޢިލްވުރެެރިންގެ ވޯޓްވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ރާއްޖޭގެ ސިޔާާސީ މަސްރަޙް މިއަދު ހުރި ގޮތާއި ކަންކަން ބަދަލުވެގެންދާ ގޮތަށް ބަލާލާއިރު، އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން އެބަދޭ ރާއްޖޭގެ ދީނީ އިލްމުވެރިންވެސް މިފަހަރު ވޯޓް ދެއްވާނީ ރައީސް ޔާމީނަށް. ހަމަ އެޔާއެކުގައި ތަރައްޤީއަށް ލޯބި ކުރާ ހުރިހާ ބޭފުޅުންވެސް މިފަހަރު ވޯޓް ދެއްވާނީ ރަޢީސް ޔާމީނަށް. އަދި އިދިކޮޅު ފަރާތްތަކުގެ ދުވެލި ހުރިގޮތާއި އެބޭފުޅުންގެ ކޯޅުން ހުރި ގޮތަށް ބަލާއިރު އިދިކޮޅު ބޭފުޅުންގެ ތެރެއިންވެސް ރައީސް ޔާމީންއަށް ވޯޓް ދެއްވާނެ ބޭފުޅުން ފެނިގެންދާނެ ކަމަށް ޤަބޫލު ކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނަށް "އޭ" ރިޕޯޓްއެއް ލިބިވަޑައިގެންނެވި ކަމަށާއި އަޅުގަނޑުމެން ފަޚްރުވެރިވާފަދަ ވެރިޔަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ލ އަތޮޅަށް މިއިންތިޚާބަކީ މުހިންމު އިންތިޚާބެއްގެ ގޮތުގައިވަނީ ސިފަކުރައްވާފައެވެ. މިގޮތުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެހެންކަންކޮޅު ތަކާއި އަޅާ ބަލާއިރު ލ އަތޮޅަށް ރައީސް ޔާމީންގެ ޚިދުމަތްތައް އިތުރު ކަމަށާއި އަތޮޅަށް އިތުރަށް ތަރައްޤީ ގެންނަން ބޭނުންފުޅުވާން އެދޭނަމަ ދެން އޮތް ދައުރަށް ރައީސް ޔާމިން ހޮއްވަވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށްރަށުގެ ނިސްބަތުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާނީ ފޮނަދޫން ކަމަށް މިނިސްޓަރ ޝައްކަކާއި ނުލާ ޤަބޫލު ކުރާ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މިއާ ޚަލީފާ

    ވަރަށް ރީއްޗަށް ދޭނަން.. އާދެބަލަ ނިކަން.

  2. ޖައްސާތި

    އިދިކޮޅު ފަރާތް ތަކުގެ ވޯޓް ރައީސް ޔާމީން އަށް ލިބޭނީ މާލެ ސަރަހައްދުގައި ވޯޓް ލާން ތިބި އެތައް ހާސް މީހުންގެ ވޯޓް ސީދާ ރައީސް ޔާމީން އަށް އެކަނި ލިބޭނެ އުސޫލުން އެ ސްޓްރެޓެޖީ އެކުލަވާލައިގެން ނެވެ. އެކަން ކުރެވޭނީ ދަފްތަރު ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީހުން ވޯޓް ލާން ޖެހޭނީ ދަރުބާރުގޭގައި ބަހައްޓާ ފޮށި ތަކަށް އެކަނި ކަމަށް ހަދާ އަދި އެ ފޮށި ތަކަށް ވޯޓް ލާ އެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ދޭނެ ކަމުގެ ލިޔުން ހަވާލު ކޮށް ހަދާ އަދި އެމެން ވޯޓް ލާއިރު ކޮންމެ މީހަކު ލާ ވޯޓް ކަރުދާސް ކޮޅުގައި ވޯޓާރސް ލިސްޓް ގައި އިންނަ އެމީހެއް ގެ ސީރިއަލް ނަމްބަރު ލިޔެފައި ބޭއްވުން އެއީ މުހިއްމު ކަމެކޭ އެއިރުން މަމެންނަށް ޔަގީނޭ އެ އެންމެން ފްލެޓްސް ބޭނުން ނަމަ ޖެހޭނީ ވޯޓް ދޭން ނޫންތޭ. ދިސް އިޒް ލުކިންގް ގުޑް ސްޓްރެޓެޖީ އޭ މަމެން ބުނަން ނެތީމު ދޯ. ކޮން ސިއްރު ވޯޓެއްގޭ ސިއްރު ވޯޓް އޮޅާލަބަލަ ބަލާ އެއް ނޫންތޭ.

  3. ޖޮއްބެ

    ގައުމުގެ ހުރިހާ ނިޒާމެއް ފުނޑާލަން ބޭނުންވާމީހަކު ނޫނީ ރީނދޫ ޕާޓީއަކަށް ވޯޓެއް ނުދޭނެ.

  4. އަލްޖިބްރާ

    އިދިކޮޅު މީހެއްގެ ވޯޓެއްލިބޭނީ ، ފުރަތަމަ އާއިލާގެ މީހުންގެ ވޯޓެއް ލިބިގެނެއްނެ !

  5. ހަފްސާ

    ބިދޭސީންގެ ވޯޓުވެސް ލިބޭނެ

  6. ޒޫމްޒޫމް

    އަޅުގަނޑު އެމްޑީޕީ!! އަޅުގަނޑު އަދި އަޅުގަނޑުގެ ޢާއިލާގެ 9 މީހުންގެ ވޯޓް ރައީސް ޔާމީނަށް ! އިންޝާއަﷲ!

  7. ޝޮކޯ

    ތިޔަހެން ވިދާޅުވި އދ ގޮނޑިއަށް ދިވެހި ރާއްޖެ ހޮވޭނެވާހަކަ ނަމަވެސް ދިޔައީ ޗޮކުން! އިދިކޮޅު ފަރާތްތަކުގެ ވޯޓު އިބްރާން މުހައް މަދުސޯލިހު ކުރިމަތިލިޔަސް ނުލިބޭނެ،!

  8. ބޮކި

    ތިޔަހެން ވިދާޅުވި އދ ގޮނޑިއަށް ދިވެހި ރާއްޖެ ހޮވޭނެވާހަކަ ނަމަވެސް ދިޔައީ ޗޮކުން! އިދިކޮޅު ފަރާތްތަކުގެ ވޯޓު އިބްރާން މުހައް މަދުސޯލިހު ކުރިމަތިލިޔަސް ނުލިބޭނެ،!

  9. ސަމީނާ

    މަށަކީވެސް އެމްޑީޕީ މީހެއް މިގައުމުގެ ތަރައްގީ ފެނިފަ އަހަރުމެންވެސް ބޭނުމީ ރައީސް ޔާމީނައް ވޯޓު ދޭން އިންޝާ ﷲ