އަވަށްޓެރި ގައުމުތަކާ ދިމާކޮށް ގައުމު ހަލަބޮލި ކުރަން ނޫޅުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ، އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ރާއީ އެގޮތަށް ގޮވާލެއްވީ، "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ޕީޕީއެމް/ޕީއެންސީން ސިލްސިލާ ބޮޑެތި މުޒާހަރާތަކެއް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލައެވެ. އިދިކޮޅު ފަރާތްތަކުގެ މައިގަނޑު އެއް ކަންބޮޑުވުމަކީ އަވަށްޓެރި އިންޑިއާގެ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބުމުންނެވެ.

ރާއީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިވަންކަމާއި ޑިމޮކްރަސީގެ ނަމުގައި ނުކުމެ އަވަށްޓެރި ގައުމުތަކާއި ދިމާކުރުމަކީ މި ގައުމަށް ހެޔޮ އެދޭނެ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ކަޅު ދެކޮޅަށް ކަޅު އައިނު އެޅި ބޭފުޅާއަށް ޕީޕީއެމް ޓިކެޓު ކަށަވަރުކޮށް ދިނުމަށް ކުރާކަން ކަމުގައި ގައުމު ހަލަބޮލި ކުރަން ނޫޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުސަތު ދޭތީއެވެ. އެއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިދިކޮޅުން ސިފަ ކުރެއެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުގެ ޑިމާންޑަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާ ސިފައިން މިހާރުން މިހާރަށް ރާއްޖެ އިން ބޭލުމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ، އެ ގައުމުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާށެވެ. އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ.

ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ.

އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ބެއްޔާ

    ކްލޭމެން މިރާއްޖެ ހަލަބިލިކުރަން މީހުންނަށް ހިތްވަރުދިނީ.
    އެހެން ނޫނަސް ކަލޭހުރޭ ބަލަން

    32
    1
    • Anonymous

      މި ރާއި މެންހަލަ ޖާހިލުންނަށް ކޯންޗެއް އެނގޭނީ.
      އަހަރެމެން ގައުމަކާދިމައެއް ނުކުރަން. ދިމާކުރަނީ އާރްއެސްއެސް މިހާރު މަޝްހޫރު ނަމުންނަމަ ބީޖޭޕީއާ. ޖަވާހިރުލާލު ނެހުރޫގެ ބަހުން ނަމަ ޖަރުމަނުގެ ހިޓްލަރުގެ ޕާޓީ ނާޒީންނާ. މިމީހުންނަކީ އިންސާނިއްޔަތުގެ ދުޝްމަނުން. ސީދާ ފިރުއައުނު. ﷲ މިގައުމާ މުސްލިމު އުއްމަތް ރައްކާތެރިކުރައްވާ ﷲ ގެ ދީނުގެ އަދުއްވުން ބަލިކުރައްވާށި. އާމީން.

      16
    • ޙައްގުބަސް

      ރާއީ ކަލޭތިހުންނަނީ ހަމަހޭގަތަ؟ ދިވެހިރާއްޖޭގެ ރައްޔިތުން އަވަށްޓެރި ގައުމުތަކާ ދިމާކޮށްގެން އެބައުޅޭތަ؟ ވެގެން އުޅޭގޮތް ކަލެއަށް ނޭނގިގެންތަ ތިއުޅެނީ؟ ދިވެހި ރައްޔިތުން އަވަށްޓެރި އެއްވެސް ގައުމަކާ ދިމާކޮށްގެން ނޫޅޭ! ވެގެން މިއުޅޭގޮތަކީ އިންޑިޔާއާއެކު ގާނޫނުތަކާ ޚިލާފަށް އަޑި ނޭނގޭ އެއްބަސްވުންތަކެއް މިސަރުކާރުން ހަދައިގެން އިންޑިޔާގެ ސިފައިން މިރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ބައިތިއްބައިގެން މިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނަގާލުމަށް މިސަރުކާރުން މަސައްކަތްކުރާތީ އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން އަޑުއުފުލަނީ!! އިންޑިޔާ ސިފައިން މިގައުމުން ބާލަން ގޮވަނީ! އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު މިގައުމުގައި ނުބައިތިއްބަން ގޮވަނީ! އިންޑިޔާއަކާ އަދި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް މިގައުމުގެ އެއްވެސް ބަޔަކު މަސައްކަތެއްނުކުރޭ!! ކަލޭމެން އިންޑިޔާގެ އެންބަސީން ކޮޅުގޮހޮރަށް “ލައްޑޫ” ކައިގެންތިބެ ގައުމުގެ ޣައްދާރުންނަށް ހިތްވަރުދީ ޣައްދާރުވުމަކީ މިރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމެއްނޫން!! ގާނޫނުތައް އަރާ ހަމަކުރާނެ!! މިރާއްޖޭގެ ރައްޔިތުން އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރާނެ! އަދި ގައުމުގެ ޣައްދާރުން ބާރުވެރިކަމުން ދުރުކުރާނެ! މިކަމާ ދެކޮޅުހަދާ މެމްބަރުންވެސް ބާރުވެރިކަމުން ރައްޔިތުން ދުރުކުރާނެ!! އިރާދަކުރެއްވިއްޔާ އެސުވަސް އޮތީ މާދުރަކުނޫން!! ގިނަވެގެން އޮތީ 20 މަސް ދުވަސް!!

  2. ލުޓޭރުންގެ ސަރުކާރު

    ރާއީ މަނިކުފާނުގެ އަވައްޓެރިން މަނިކުފާނުގެ ގޯތި ގެދޮރަށްވަދެ ބޭނުންތަނެއްގަ ނިދައިކައިބޮއި ކުޅެންތިބެ ގޭގަހުރި މުދާނަގާ ގޭގެ ކޮޓަރިތަކާ ބަދިގެއާ ތަންތަން ބޭނުންގޮތަކަށް ބޭނުން މުއްދަތަކަށް ދޫކޮއްގެންތޯ މަނިކުފާނު ތިހުންނަނީ..އަވައްޓެރިޔާގެ ކަނޑި ދިވެހިންގެ ކަނދުރާއި ހާކަމުންދާއިރު ރާއި ތިބުނަނީ ދިވެހިން ހެވިފަތިބޭށޭ..މަނިކުފާނުގެ ގާނޫނީ ހުވަޔާ ގާނޫނީ ޒިންމާ މަނިކުފާނަށް ފަހުމްނުވަމަކީ ދިވެހިންގެ މައްސަލައެއްނޫން..މަނިކުފާނު އި ސްތިއުފާދިނުން ދިިވެހިންނަ އެއްމެ ރަގަޅުގޮތަކީ..

    28
    1
  3. ާެްއަހުމަދު

    ގައުމަށް ހެޔޮ އެދޭތީދޯ މޑޕ އިން ޕޕމ ސަރުކާރުގަ މިގައުމުގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވަމުން އެކިގައުމުތަކަށްދިޔައީ، ކޮބާ ލަދުހަޔާތް،މުނާފިގުން

    42
  4. Anonymous

    ރާއީ ބޮލަށް ދަގަނޑެއް ވެއްޓިފަ ތިހިރީ، ބޮލަށް ބޭސްކުރޭ.

    33
  5. މާމީ

    ކަލޭމެނައް މުސާރަ ދެނީ އަވައްޓެރި ގައުމަކުން ވީމަ ތިހާ ފޯރިއަރަނީ

    31
  6. ދަރަނި ދަންތުރަ

    ކަލޭމެން ޔާމީނުގެ ވެރިކަމުގައި ކީކޭކީ ، ކެނެރީގޭ ނަސީދު ޗައިނާ ޖައްސާލައިގެން ގޮވި ގޮވެލިފަތި ރާއީ މެން ހަނދާންނެތުނީތަ ހޭދެބައިވެފަތަ ތި ތިބެނީ

    39
  7. އަޙްމަދު

    ކަލޭމެން ނުކުމެ ޓޫރިޒަމް ބޯއިކޮޓް ކުރުން އޯކޭ! އަވެއްޓެރި ޤައުމެއްގެ މިލިޓަރީ ރާއްޖެހިފުމަށް ގޮވުން އޯކޭ! ބޮޑެތި ބިޔަ މަޝްރޫއުތައް ހުއްޓުވުން އޯކޭ. ޗައިނާއޭ ކިޔައިގެން ދޮގު ބުހުތާނު ވާހަކަދައްކާ ނަފްރަތު އުފެއްދުން އޯކޭ! މިހާރު ކޮންކަމެއް އޯކޭ ނުވެގެން ތިއުޅެނީ! ކަލޭމެންނަށް ލިބޭއެތިކޮޅު މަދުވަނީތޯ!

    27
  8. މުޙައްމަދު

    ކަލޭ އުޅޭންވީނު އަވައްޓެރި ގައުމު އަންބޮނޑި ތެރެއަށް ލައިގެން.

    27
  9. އަލީ

    މިތިބީ ގޮހޮރު ފުލައްކައިގެން ސަލާމަތްނުވެވޭ ހިސާބައް ގޮއްސަ ތިބި މީހުން!!

    30
  10. ބޮޑުވަޒީރު

    ކަލޯ އިއްޒަތްތެރިޔާ ރާއްޖޭގެ އިގްތިސާދު ހަލާކުކުރަން ކަލޭމެން ގޮވީމާ އޯކޭ ޖޯކަކަށް ވެސއ ނުފުދޭ

    15
  11. Anonymous

    ކަލޭ ހޭބަލިނުވޭ!. މުސްލިމަކު ތި ބީޖޭޕީއަކަށް ސަޕޯޓެއް ނުކުރާނެ. އެއީ އިންސާނުންގެ ދުޝްމަނުން. އިނޑިޔާގެ އާއްމު ހިންދޫންނާ ސިކުންވެސް މަރަމުން ދަނީ "ހައްދުފަހަނައެޅި ހިންދޫން ކަމުގައިވާ "ހިންދިތްވާ" ނޫން އެންމެންނަކީ މި ޝައިޠާނީ ގުރޫޕު ގަބޫލުކުރާ ބަޔަކަށް ނުވާތީ.

    14
  12. ރަދީފް

    ރާއީ12 ދޯ ތިޔާއީ.ކޮބާ ރާއީ1 އިން 11 އާއި ދެމެދު ހިމެނޭ ރާއީތައް.ލަދު ކޮބާ؟؟

    13
  13. Anonymous

    މީނަ މިއީ ކާކު؟ މިއީ ދިވެހިރާއްޖެ. މިގައުމަށް ވެރިވެ ތިބި ބީޖޭޕީއާ ދެކޮޅަށް ދިވެހިން ނުކުންނާނެ. ހަލަބޮލިވިއަސް ހެޔޮ. ކޮންމެ ދައްޖާލަކާ ދެކޮޅަށް ތެދުވާނެ ހިތްވަރުގަދަ ދިވެހިން އެބަތިބި. ތިކަހަލަ ގައުމުގެ ދުޝްމަނުން އަނގަ މައިތިރިކޮށްގެން ތިބެވޭތޯ ބަލާ.

    13
  14. މުހައްމަދު

    ރާއީ މެން މިހާރު ޖެހިލުންވަނީ ދެއްތޯ އިދުކޮލު ހަރަކާތްތައް ފުލާވެ ރައްޔިތުން ނިކުއްނަޅެއް ގިނަކަމުން؟ މަނިކްފާނު ފާއިތވެދިޔަ 3 އަހަރު ތި ގޮނޑީގައި އިނދަ މަކުނުދޫ ބަލިއެނދުގަ އޮއްޏަ ނިކަމެތި ރައްޔިތުމީހާ އެޖެހެނީ ހޮސްޕިޓަލަށް ގެނދިއުމަށް އެމްބިއުލަންސްގެ ބަދަލުގަ ފަތްޖެހިއެނދު ބޭނުންކުރަން. ލަދުގަނެބަލަ

    13
  15. Anonymous

    މުސްލިނުންގެ ދުޝްމަނު ބީޖޭޕީގެ އެޖެންޓެއް ވައްޑެއަކީ. މަޖްލިހުން ބޭރުކުރެވެންޖެހޭ. މިކަލޭގެ މަޖްލިހުން ބޭރުކުރަން ސުޕްރީމް ކޯޓަށްލާ! އެހުރީ ގާއްނޫނު އަސާސީއާ ހިލާފުވެފައި. ރައްޔިތުންގެ ފަރާތުން ނުކުމެ ހުރި މީހެއް ރައްޔިތުން އެމީހުންނަށް ލިބިފައިވާ، ހިޔާލު ފާޅުކުރުމުގެ ބޭނުންކުރުމުން އެކަން ހުއްޓުވަން އުޅުނީމަ އެހުރީ ވަޒީފާ ބަޔާނާ ހިލާފުވެފައި. ރައްޔިތުންގެ މިނިވަން ކަމަށް އަރައިގަތުމުން ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއާ ހިލާފުވެފައި.

    13
  16. ނާގާބިލް

    އިންޑިއާ މިލިޓަރީ އައުޓް

    16
  17. Anonymous

    ވިރާޓް ކޯލީއާއިި އަނުޝްކާ ޝަރުމާގެ 9 މަހުގެ އަންހެން ދަރިފުޅު ރޭޕްކޮށް މަރާލާނެކަމަށް ގޮވާ ހިންދިތްވާ ޖަމާއަތުގެ ދިފާއުގައި ތިނުކުތީ! އާރްއެސްއެސްއަށް ތި ސަޕޯޓްކުރަނީ! ކަލޭމެން ތިތިބީ އަމިއްލަ ނަފުސު ޝައިތާނާއަށް ވިއްކާލައިގެން. ދެން ތީގެން ސަލާމަތްވާނެ ގޮތެއް ނޯންނާނެ.

    12
  18. ޙަަަހަ

    ހަމަތިބެފަ ދިމާކުރަނީކީނޫން ، އިންޑިއާއިން ހިންގާ އެއްވެސް ތަރައްޤީ މަސްރޫޢުއަކާއި ދެކޮޅުވޭތަބަޔަކަު ، އެކަމަކު އިންޑިޔާވިޔަސް ވަކި ލައިނެއްގައި ތިބެންވާނީ ރޯޔާ އަނެކެއްޗަކާއި މިތާއައިސް އުޅެން ފުރުޞަތު ނުދެވޭނެ

    12
  19. އިންޑިޔާއައުޓް

    އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް ކޮޅުގޮހޮރައް ލިބުނު އެއްޗެތި ކައިގެންދޯ ތިޔަހުރީ ހާސްނުވޭ ކިތަންމެދެރަވިޔަސް ގޮވާނަން އިންޑިޔާއައުޓް

  20. ޖަޒީރާ ވަންތަކެހެރި ނުފަޅާ ޖަނަވާރު

    ފިރުޢައުނު

  21. ރައްޔިތުމީހުން

    އެންމެ ގިނައިން އަވަށްޓެރި ގައުމުތަކާ ދިމާލައް އެއްޗިހިކީ އަދި ކިއަމުންދަނީ މުހައްމަދު ނަޝީދު

  22. ކެޔޮޅު

    އަވައްޓެރި ޤައުމަކައް ރާއްޖެ ވިއްކާލާ ދިވެހިން ޭ ރާއީ!!!