މާދަމާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް ވެރިކަން ލިބުނަސް އިންޑިއާއާ އެކީގައި އެއްބަސްވުންތައް ގާއިމް ކުރާނެ ކަމަށާއި އިންޑިއާއާ ދެކޮޅަށް ވާހަކަތައް ފަތުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް "މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި ކެމްޕޭން ހަރަކާތެއް ހިންގަމުންނެވެ. އެކަމަށް ޕެޓިޝަނެއް ތައްޔާރުކޮށް ސޮއި ހޯދަމުންދާއިރު، ހުކުރު ދުވަސްތަކުގައި ބާއްވާ ހިނގާލުންތަކުގައި ގިނަ އަދަދެއްގެ މީހުން ދަނީ ބައިވެރިވަމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗީފް ވިޕް ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީން "ރައްޔިތުން ގުނބޯ ހައްދައިގެން" އިންޑިއާ އައުޓް ގޮވި ނަމަވެސް ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ނުރައްކަލެއް ނެތް ކަން އެ ޕާޓީތަކުގެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މާދަމާ ވެރިކަން ލިބުނަސް ތި ޕީޕީއެމް މީހުން ތިބޭނީ ހަމަ އަނެއްކާ އިންޑިއާއާ އެކީގައި އަނެއް އެގްރިމެންޓެއް ހަދައިގެން. އުތުރުތިލަފަޅު އެގްރިމެންޓްއަކީ ވެސް ޕީޕީއެމް އިން ކުރިން ހެދި އެގްރިމެންޓްއެއް." ރޮޒެއިނާގެ ޓްވީޓްގައިވެއެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ ހިތުގައި އެކުވެރި ގައުމުތަކުގެ މެދުގައި އުފައްދާ ނަފުރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެނގިވަޑައިގެން ތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ގައުމުތަކާ މެދު ނަފުރަތު އުފެއްދުން ވަރަށް ދެރަވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ސިޔާސީ ނުކޮށް ހަމައެކަނި ކަމަކަށް އޮތީ ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ބޭރު ގައުމުތަކާ މެދު އޮތް ގުޅުން، މިހާރު އެންމެ ފަހުން އެ ކަން ވެސް މި ދަނީ ކުރަމުން،" ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ދަނީ ވެސް އިންޑިއާގެ އެހީ އަދި އިންޑިއާގެ ލޯނު މެދުވެރިކޮށެވެ.

މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ ޖާސޫސީ މީހުނާއި އިންޑިއާގެ ސިފައިން ތިބެވޭ ގޮތަށް "ސިއްރު" އަސްކަރީ މަރުކަޒެއް" ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ދަރަނި ދަންތުރަ

  މި މަންޖެ ގުރައިދޫ އަށް ގެންގޮސްދޭތީ ކޮންބައެއް އަގެއްކިޔާފަ ވިޔަސް މިކަން ކޮންދީބަލަ ...

  51
  3
  • ޙައްގުބަސް

   ރޮޒޭ ކަލޭތިހުންނަނީ ހަމަހޭގަތަ؟ ދިވެހިރާއްޖޭގެ ރައްޔިތުން އަވަށްޓެރި ގައުމުތަކާ ދިމާކޮށްގެން އެބައުޅޭތަ؟ ވެގެން އުޅޭގޮތް ކަލެއަށް ނޭނގިގެންތަ ތިއުޅެނީ؟ ދިވެހި ރައްޔިތުން އަވަށްޓެރި އެއްވެސް ގައުމަކާ ދިމާކޮށްގެން ނޫޅޭ! ވެގެން މިއުޅޭގޮތަކީ އިންޑިޔާއާއެކު ގާނޫނުތަކާ ޚިލާފަށް އަޑި ނޭނގޭ އެއްބަސްވުންތަކެއް މިސަރުކާރުން ހަދައިގެން އިންޑިޔާގެ ސިފައިން މިރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ބައިތިއްބައިގެން މިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނަގާލުމަށް މިސަރުކާރުން މަސައްކަތްކުރާތީ އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން އަޑުއުފުލަނީ!! އިންޑިޔާ ސިފައިން މިގައުމުން ބާލަން ގޮވަނީ! އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު މިގައުމުގައި ނުބައިތިއްބަން ގޮވަނީ! އިންޑިޔާއަކާ އަދި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް މިގައުމުގެ އެއްވެސް ބަޔަކު މަސައްކަތެއްނުކުރޭ!! ކަލޭމެން އިންޑިޔާގެ އެންބަސީން ކޮޅުގޮހޮރަށް “ލައްޑޫ” ކައިގެންތިބެ ގައުމުގެ ޣައްދާރުންނަށް ހިތްވަރުދީ ޣައްދާރުވުމަކީ މިރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމެއްނޫން!! ގާނޫނުތައް އަރާ ހަމަކުރާނެ!! މިރާއްޖޭގެ ރައްޔިތުން އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރާނެ! އަދި ގައުމުގެ ޣައްދާރުން ބާރުވެރިކަމުން ދުރުކުރާނެ! މިކަމާ ދެކޮޅުހަދާ މެމްބަރުންވެސް ބާރުވެރިކަމުން ރައްޔިތުން ދުރުކުރާނެ!! އިރާދަކުރެއްވިއްޔާ އެސުވަސް އޮތީ މާދުރަކުނޫން!! ގިނަވެގެން އޮތީ 20 މަސް ދުވަސް!!

   24
  • ސްނޭޕް

   އެކަކު އަނެކަކަށް މޮޔައަށް ގޮވުމަކީ ތިމާގެ ފެންވަރު އިނގިގެންދާ ކަމެއް

   1
   4
 2. ޖާނޭ

  ހަދަންޖެހޭނެ. ޢެކަމަކު މުޅި ޤައުމު އިންޑިއާއަށް ވިއްކާލާތީއޭ މައްސަލަކީ. ޢިންޑިއާއަކާ ރުޅިއެއްވެސް ނޫނޭ. ބައިލެޓްރަލް ގުޅުންތައްވެސް ދަމަހައްޓާނެޔޭ. މިއަޑުފުލަނީ އިންޑިއަން މިލިޓަރީ ނެތަސް ދިވެހި ޤައުމު ހިމާޔަތް ކުރާނީ ދިވެހީންނޭ. ދިވެހިން ގޮއްމުށަކަށް ނުސިހޭނޭ. ޣެރިގުއި ބަސްތާއަކަށް ދިވެހިރާއްޖެ ވިއްކާނުލާށޭ. އެގޮތް ބޭނުމެއް ނޫނޭ.

  57
  2
 3. މަހާ

  ޕީޕީއެމް ވެރިކަމުގަ ލޯނުނަގައިގެން ކަންކަން ކުރާތީ އެމް ޑީ ޕީން ކަންބޮޑުވީ، އެމް ޑީ ޕީން ވެރިކަމަށްއަރާ ނެގި ލޯނުތައް މާގިނަ ، އަދި ކުރެވުބު ކަމެއްވެސް ނެތް،
  ހުރިހާ ފައިސާއެއް ދައުލަތުން ޚަރަދުކުރަނީ މި ރޮޒެއިނާއަށް،

  55
 4. އަލީ

  ތި ހީވަނީ ހަސަނައް ހީވާހެން ޑަކައިތުގަނޑާ!!!

  45
 5. Anonymous

  މީގެ ކުރީގައި ވެސް އިންޑިޔާއަކީ ރާއްޖޭގެ އެންމެ އެކުވެރިޔާ. އެހީތެރިޔާ
  ރާއްޖެއާއި އަވައްޓެރިންނާއި ރަނގަޅު ގުޅުން އޮވޭ
  އެކަމަކު މިހާރު ޤައުމުގެ މައި ދޮރުއަށީގެ އިސްމަޤާމު ތައްވެސް ބޭރު މީހުންނަށްނަށް
  ރޮޒޭނާ ދޮންކަނބުލޯ އިންޑިޔާގެ މައިދޮރުއަށީގެ އިސްމަޤާމު ތައް ދޭނެހެން ހީވޭތަ ދިވެހިންނަށް. އެޑޮލަރުކޮޅުވެސް ކީއްތަވާނީ ދިވެއްސަކަށް ދިނިއްޔާ.
  މިހުންނަނީ މިނިވަންކަމަށް ބުރޫއަރާކަހަލަ ކަންކަން. ކިޔައެއް ނޫންތަ މާގާތް ބޮޑު ކުރީމަ މަކުނު ވެސް އެރީ ބޮލަށޭ.
  ނުފެނޭތަ އަނެއްކޮޅުން އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ ދީނާއި ޚިލާފް ކަންކަން ކުރުން ގިނަކަން. ދާދި މިދާކަށްދުވަހު ﷲގެ ކަލާމް ފުޅަށް ކުޅު ޖެހީ . ބިންމަތީގައި ވާﷲގެ ގެކޮޅަށް ފަހަރުވަލީ. މިފަދަ ކަންކަން މުސްލިމުން ނަށް އޯކޭ ވެގެން ނުވާނެ. މިނިވަން މުސްތަޤިއްލު ޤައުމެއް.

  30
 6. އަނިލް

  ކޮޔާ، ކޮންމެ ބަޔަކަށްވެސް ވެރިކަން ލިބުނީމާ އިންޑިއާއިއެކުވެސް އެއްބަސްވުންތައް ހަދާނެ
  އެކަމަކު ޤައުމު ވިއްކާލާފައި، މިލިޓަރީމީހުންތައްގެނެސް ބުދުފައްލިއެލުމަކަށް މިފަސްގަޑަކު އެއްބަހެއް ނުވާނެ،

  35
 7. މުހައްމަަދު

  ކަމަނާ ޔަގީންކުރެއްވީ ދެއްތޯ މިހާރު މިވެރިކަމުގައި ސިއްކަ ޖެހިއްޖެކަނ. އިންސާﷲ މިވެރިކަން 2023 ގައި ނިއްމާނަން. އަދި ﷲގެ ވާގިފުލާއިއެކު ޕީ.ޕީ.އެމްގެ ވެރިކަމެއް ފެނިގެންދާނެ.

  35
 8. Anonymous

  އކޮންމެ ބަޔަކު ވިއަސް މިހާރު އޮތް އިންޑިޔާ ސަރުކާރާއެކު އެއްބަސްވުމެއް ވެއްޖެ ނަމަ އެވާނީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހެދޭ އެއްބަސްވުމަކަށް. އިންޑިޔާގެ ވެރިކަމުގައި މިހާރު އޮތް ސަރުކާރަކީ ހަމަ ސީދާ ހިޓްލަރުގެ ނާޒީންގެ އެޖެންޑާ ތަންފީޒުކުރަމުންދާ ނުލަފާ ޝައިޠާނީ ބައެއް. ހައްދުފަހަނައެޅި ހިންދޫއެއް ނޫން އެންމެންނަކީ އެމީހުންގެ ދުޝްމަނުންކަމުގައި ބީޖޭޕީ ކިޔާ ޖަމާއަތުން ދެކެނީ. ދިވެހިރާއްޖޭގައި ހަންފަތުރަނީ ވިޔަފާރިއަށާއި މިލިޓަރީ ބާރަށް. މިކަންކަން ހާސިލުވުމުން އިޒުރޭލާ އެއްގޮތަށް އާރްއެސްއެސް ނުވަތަ ބީޖޭޕީން އެމީހުންގެ އަސްލު ސިފަ ދައްކާލާނެ. މިވަރުގެ ބަޔަކަށް އެއްބާރުލުން ދީފަ ﷲ ތަޢާލާގެ ހަޟްރަތަށް ދާންކެރޭނެތަ؟

  27
 9. ހަވާސާ އިބޫ

  ރޮޒޭނޭ މޮޔަވީތޯ؟ އެހެން ސަރުކާރުތަކުން އިންޑިޔާ އާއެކު އެބަސްވުންހަދާނީ ގައުމު ނުވިއްކާގޮތަށް!

  25
 10. ނާދިރާ

  އަނގަ ފަޅައިގެން އުޅޭ ދައިތައެއް

  29
  1
 11. ޙަަަހަ

  ހަދާނެ ، އެކަމަކު ކަލޭމެން ހަދާހެނެއްނޫން.
  - ވެރިކަން ބަދަލުކުރާ ޚަރަދުކޮށްދޭމަތިން
  - މަޖިލިސްމެޖޯރިޓީ ނަގާން ޚަރަދުކޮަށްދޭމަތިން
  - އަދ.ގެ ގޮނޑި ނަގާން ޚަރަދުކޮށްދޭމަތިން
  - އިންޑިޔާއިން އަންނަ ފަތުރުވެރިން( އިންޑިޔާ މީހުން) ޑޮލަރުގެ ބަދަލުގައި އެޤައުމުގެ ފައިސާ ދިވެހި ފައިސާއަށް ބަދަލު ކުރާގޮތަށް

  23
 12. ސލ

  ހަދާނެ. ހަދަންވެސްވާނެ. އެކަމަކު ތަފާތުވާނެ. ހަރުމުދާ
  ނުވިއްކާނެ. ގައުމު އަޅުވެތި ނުވާނެ. އަމިއްލަ މިނިވަންކަން
  ދެމި އޮންނާނެ. ދޭދޭ ގުޅުންތައްވެސް ދެމިއޮންނާނެ.

  19
 13. ހުސެން

  އޭ ނަލަ މޮޔާ މިކިޔަނީ އިންޑިއާ ސިފައިން ބޭރުކުރާށޭ.

  20
 14. އަބްދޫ

  ކިހާވަރެއް ދީގެން ތިޔަ އުލެނީ .ކޮންމެ ސަރުކާރެއް ވެރިކަމުގަ ތިއްބަސް ދޭދޭ ގައުމުތަކާ އެކު އެއްބަސް ވުންހަދާނެ. އެއީން އެއްވެސް އެއްބަސް ވުމެއްގަ ވަކިގައުމެއްގެ ސިފައިނަ ރާއްޖޭގަ ތިބުން ސަރުތު ކޮށްފިނަމަ ދެދޭ ގައުމުތަކާއެކު އޮތް ރަނގަޅު ގުޅުން ނެތިގެންދާނެ. ރާއްޖެއަކީ ވަކިފަރާތަކަށް ނުޖެހޭ ގައޔުމެއް. މާނަޔަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެތެރޭން ބާރެއްގެ ދަށުނުވެ އަމިއްލަފައިމަތީގަ އުޅޭ ގައުމެއް. ދިވެހިރާއްޖޭގެ ގާނޫނުއަސަސީގަ ބުނާގޮތުން ދުިވެހިގައުމުގެ އަސްކަރިއްޔާނޫންއަސްކަރީ ސިފައިންނަށް ރާއްޖެއަކު ނުތިބެވޭނެ. ރާއްޖޭގަ ބޭރުގައުމެއް އސްކަރީ މަރުކަޒެއް ނުހެދޭނެ. ވީމަ މިސަރުކާރުން އަސްކަރީ މީހުން ބޭތިއްބުމަށް މިހަދާގޮތަކީ ޓެކްނިކަލް މީހުންގެ ގޮތުގަ މީހުން ބައިތިއްބަނީ މިހިސާބަށް ދިޔައީމަ ވަކިފަރާތަކަށް ޖެހެވުނީ .މިހާރު ކަންއޮތްގޮތުން ދުނިޔޭގެ އެއްވެސް ބަޔަކު ރާއްޖެއަށް އެހީނުވާނެ. ރާއްޖެއަކީ މުހިންމު ސަރަހައްދެއްގަ އޮތް މުހިންމު ގައުމެއް އަރަބި އެފްރިކާ އޮތީ ރާއްޖޭގަ ހުލަނގުގަ އިރުމަތީގަ އޭސިޔާގެ ގައުމުތައް ރާއްޖެ މިއޮތީ މެދުގަ ނާލު ބޯޓް ފަހަރު ދަތުރުފަތުރު ކުރަނީ ރާއްޖޭގެ މެދުންނާއި ރާއްޖޭގެ ދެކޮޅުން މިސަބަބާހުރެ ހުރިހާގައުމަކަށް ވެސް ރާއްޖެ މުހިންމު. ހާއްސަކޮށް އިންޑިޔާ ލަންކާއަށް ރާއްޖެ މުހިންމު ސަބަބކީ ރާއްޖޭގެ ކޮންޓެއިނާ ބަނދަރެއް ހަދައިފިނަމަ ސްރީލަންކަގަ އާއި އިންޑިޔާގަ އޮތް ކޮންޓެއިނާ ބަނދަރުގެ ބަދަލުގަ ޓްރަންސިޓް ކުރާނީ ރާއްޖޭގެ ބަނދަރުން .ރާއްޖޭގަ ބަނދަރެއް ހެދިޔަ ޖުދިނުމަކީ އިންޑިޔާ ގެ ތަސައްވުރުގަ ހިމެނޭކަމެއް. ދިވެހިގައުމަށް އެންމެ ރަނގަޅުގޮތަކީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގަ ނުބައިތިއްބާ އެއްމެނާއެކު ރަހުމަތްތެރިކަމުގެ އެއްބަސްވުން ގާއިމްކުރުން، މިހާރުވެސް ދުނިޔާގަ ވަރަށްގިނަގައުމުތަކާއެކު ރާއްޖެއިން ވަނީ އެއްބަސްވުން ގާއިމްކޮށްފަ އެއްވެސްގައުމަކާއެކު އެގައުމުގެ އަސްކަރިއްޔާ ރާއްޖޭގަ ބޭތިއްބުމުގެ ވާހަކައެއް ނެތް. ވީއިރު ގާނޫނުއަސާސިއަށް އޮޅުވާލައިގެން ރާއްޖޭގަ އިންޑިޔާ ސިފައިން ބޭތިއްބުމަށްފަހު އެމީހުން ބޭރުކުރުން ވާނީ ދެގައުމުދެމެދުގަ އުދުވާނެއްފެށުމަށް ޖާގަދިނުންފަދަ ކަމަކަށް. މިސަރުކާއުން ނުވަތަ އެމްޑީޕީ ސަރުކާރުތަކުން ވަނީ ރާއްޖެއާއި އަދާވަތްތެރިވާނެ ގައުމެއް އުފައްދާ ވުޖޫދު ކޮށްފަ، އެއީ މުސަތަގުބަލް ގަ ވަރަށް ނުރައްކާތެއރި ކޮށް ކޮށާފަ އޮތް މަގެއް، މިފަދަ މީހުންރާއްޖޭގެ ހާއިނުން ކަމުގަ ބަލާ ސަރީއަތް ހިންގަން ޖެހޭނެ. ހަތިޔާއެކުއަރާ ބަގާވަތް ކޮށް ބޭރުސިފައިން ތިބުމެކޭ . ގާނޫނުއަސާސީއަށް އޮޅުވަލައިގެން ގެނެސް ބޭރުގެއަސްކަރީ ސިފައިން ބޭތިއްބުމެކޭ ތަފާތެއްނެތް.

  16
  1
 15. ހަދަންވީ

  ހަދާނެ ހަދާނެ މާގިނައިންވެސް ހަދާނެ ރޮޒޭނާއަށް އެނގޭނެ ހަދާނުލާ ކަމުނުދާނެކަން އަދި ނުހަދާ ހުރުމަކީ ކިހާ އުނދަގޫ ކަމެއް ކަން އެހެންވީމައި ރޮޒޭ ބުނީތީވެސް ހަދަންވީ ހަމަ

 16. ފާއިޒު

  އިންޑިޔާ އާއި އެކު އެއްބަސްވުންތައް ހެދުން މައްސަލައެއް ނޫން. މައްސލައަކީ ދިވެހި ރާއްޖެއަށް ގެއްލުންވާގޮތަށް އިންޑިއާއަށް މާލީ އެތައް ފައިދާއެއް ވާގޮތަށް ނުވަތަ ދިވެހި ރާއްޖެއަށްވުރެ އިންޑިޔާ އަތަށް ބުރަވެ އެއްބަސްވުންތައް ހެދޭތީދޯ

 17. Anonymous

  އެއްބަސް ވުން ހެދުމެއް ނޫނޭ މައްސަލަ އަކީ.
  ހެދުމުގަ ހައްދުފަހަނައަޅާ ދިއުން

 18. އިސްޢާފް ސަލީމް

  މިކޮއި މޮޅޯއްޓަކަށްލާފައި މޮޅޯށި އެލުވާފަ ބާންދަންވީ!

 19. ރޮޒޭ

  ބަލަ ރޮޒޭ ކަލެއަކަށް ނޭގޭތަ ބޭޏުންހާ އެއްޗެއް އެގްރިމަންޓުގައި ހިމަނަން އިންޑީއާއަށް ޕީޕީއެމް ސަރުކާރެއްގައި ފުރަސަތު ނުދޭނެކަމެއް؟ އެއީ ކަލޭމެންނާ ޕީޕީއެމްއާ ހުރި މައިގަޑު ތަފާތަކީ. އިންޑިއާއަށް ގައުމުވިއްކާތަން ބަލާކަށް ނުތިބޭނަން. އިްނޑިއާގެ ގޮހޮރަށް ރާއްޖެ ލާފަ އޮތަސް ދަމާނެރޭނަން 2023 ގައި.
  2023 ގައި ކަލޭމެން އައުޓް. މަޖލިހުންވެސް އައުޓް އިންޝާﷲ!! ބަލަން ތިބޭ.

 20. ޒޮޒޭ

  ތިބޭފުޅާގެ އައިނު ހަދައިދިނީ ތީމުގެއިން މައުމޫނު.