އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްގައި ވިހެއި ކުއްޖަކު އެ ހޮސްޕިޓަލްގެ އިހުމާލުން ރޭ ފަތިހު އަންހެނަކު ވިހެއުމުގެ ތެރޭގައި ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ގދ. ވާދޫ އަށް އުފަން ދެމަފިރިންގެ އަލަތު ދަރިފުޅެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ ވާދޫގައި ހުރެފައި ދެމަފިރިން އެންމެ ފުރަތަމަ ވިހަން ދިޔައީ ގއ. ވިލިނގިއްޔަށް ކަމަށެވެ. އެކަމަކު، ގއ. އަތޮޅު ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުން ނަރުހަކާއެކު އައްޑޫ އަށް ދިޔައީ ދެ ތިން ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުން އަންހެން މީހާ ވިހާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދިން ކަމަށެވެ. އެކަމަކު، ވިހެއުމުގެ ވަގުތު ޖެހުނު ގަޑީގައި ވެސް ޑޮކްޓަރެއް ނެތި ގިނަ އިރުވެގެން ދިޔަ ކަމަށް އޭނާ ކިޔައި ދިނެވެ.

"ސީދާ ގަޑިއެއް އެހެން ބުނާކަށް ނޭނގޭ. އެކަމަކު ޑޮކްޓަރެއް ނައިސް ވަރަށް ގިނަ އިރު ވި ކަމަށް ކުއްޖާގެ މަންމަ ކިޔައި ދިނީ." އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ވިހެއުމުގެ ތެރޭގައި ކުއްޖާ އަށް އަނިޔާތަކެއް ވެސް ލިބިފައިވެއެވެ. އަދި ކުއްޖާ ވިހެއުމުގެ ތެރޭގައި ނިޔާވި އިރު މިކަމުގައި ޑޮކްޓަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"އިހުމާލު އޮތީމަ ނޫންތޯ ޑޮކްޓަރުން އައުން ލަސްވާނީ؟ ވިހާނެ ކަމުގެ ޔަގީންކަމާއި ސިޒޭރިއަން ހައްދަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދީފައި އޮއްވައި މިކަން ހިނގީ. އެކަމަކު ވިހެއުމުގެ ވަގުތު ޖެހުނު އިރު ވެސް ޑޮކްޓަރުން ނައިސް ލަސް ކުރީ. ޑޮކްޓަރުން އައިސް ކުއްޖާ ނެގި އިރު ކުއްޖާގެ ހާލު ވަރަށް ގޯސް. އަނިޔާވެފައި ހުރީ." އެމީހާ ކިޔައި ދިނެވެ.

މިކަމާ ގުޅިގެން އައްޑޫ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުޙައްމަދު

    ޓާޝަރީ ހޮސްޕިޓަލް ތަކުގަ އެވަރުގެ ކަންކަން ހިނގާފާނެ. މައުސޫމް ދަރިފުޅު ސުވަރުގޭގަ ލައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

    15
    4
    • ނާރު

      އެކުދިންނަކީ ސުވަރުގޭގެ އަހުލުވެރިން ތިތަފަދަ ގޮތަކަށް އެކުދިންނަށް ދުއާ ކުރަން ނުޖެހޭނެ

  2. ދެންދޯ

    ޑަކްޓަރ ޑީޕޯޓް ކޮއްލީމަ އެކަން ނިމުނީ

    9
    1
  3. ބީރުމީހާ

    ޢިއްޔެ ބ އަތޮޅު އޭދަފުށިންވެސް ނުވިހާނެ ކަމުގެ ޔަގީންކަންދީފަ މާލެ ފޮނުވާލި މީހަކު ލޯންޗަށް ވިހެއީ އަދި އެއީ ހިތާދޫ ހޮސްޕިޓަލްގެ މެނޭޖަރުގެ އަންހެނުން މީހާލަކީ

  4. ސަހުލާ އަލީ

    އައްޑޫ މީހުންވެސް މިހާރު ތިތަނަކަށްނުދޭ. ކީއްވެ ހުވަދޫ މީހުން ތިހޮސްޕިޓަލަށް ދައްކަން އައީ ؟

  5. Anonymous

    ކުއްޖާ އިރާލީމަ ދޯ އަނިޔާ ވާނީ...އަދިވެސް އިންޑިޔާ ގެރިއަށް އަޅުކަންކުރާ ފޭކް ޓްރެއިނީ ޑޮކްޓަރުން ވީހާވެސް ގިނަކުރަންވީ...އެމީހުން ސާޖަރީ އާއި ޓްރެއިނިންގް ހަދަން އަންނަނީ ރާއްޖެއަށް އެއީ އެމީހުނަށްވެސް އެނގޭ ރާއްޖެ މީހުނަށް ރޭކާވެސް ލާނީ ހަދާ އެއްޗެއް ހަޑާ ފަހުންކަން...މަރުވާ ކޮންމެ މީހަކަށް 500-ރުޕީސް އިންޑިޔާ ސަރުކާރުން ދީ ޑޮކްޓަރު ޑީޕޯޓްކޮށްލީމަ އެނިމުނީ

  6. ާއައްޑު

    ކޮންމެ މީހަކަށް މާލެ ދިޔުމަކީ ފަސޭހަކަމެއްނޫން.
    ޜާއްޖޭގެ ހުރިހާ ހޮސްފިޓަލެއްގެވެސް ހާލުހުރިގޮތް.

  7. ހަސަނުގ

    ތިހޮސްޕިޓަލަކީ ތިކަމަށް ޙާއްސަ ތަނެއް. ފަސޭހަ ހާލަތަކު ޑަކްޓަރެއް ނުލިބޭނެ.