އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ އެންމެ ބޮޑު ފެންވާރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތުގެ 80 އިންސައްތަ ނިންމި ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަޝްރޫއު ރާވައި، ސޮއިކޮށް، އަދި އަމަލީ މަސައްކަތް 2017 ވަނަ އަހަރު ފެށިގެން ދިޔަ ކަމަށެވެ.

އަދި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އަމަލީ މަސައްކަތުގެ 80 އިންސައްތަ ނިމުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު ސަރުކާރު ބަދަލުވެ އެ މަސައްކަތް ވަރަށް ބޮޑު ތަނުން ލަސްވުމަށް ފަހު ހުޅުވޭ ވަރުވީ އަދި ކިރިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ލީޑާޝިޕަށް އަދި އެމަނިކުފާނުގެ ތަސައްވުރާއި ވިސްނުންފުޅަށް ޝުކުރިއްޔާ،" ހަތް އަހަރުގެ މުއްދަތަކަށް ދެ ސަރުކާރެއްގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒު ލިޔުއްވާފައިވެއެވެ.

މި ފެންވާރުގެ މަސައްކަތް ނިންމައި ހުޅުވީ ރޭގެ ވަގުތެއްގައެވެ. ރޭ އެ ކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ތަން ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ސުހެއިލް ވިދާޅުވެފައިވަނީ 20،021 އަކަފޫޓުގެ އެ ފެންވާރަކީ މިއުޒިކާއި ލައިޓާއޮ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިނގާ އިންޓަރެކްޓިން ވޯޓާ ފައުންޓެއިނެއް ކަމަށާއި 15 މީޓަރާއި ހަމައަށް ފެންގަނޑު ހިއްލޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޏބ

    ސްކްރިއްޔާ

    11
    1
  2. Anonymous

    އެހެންވިއްޔާ ބުނެބަލަ. ޚަޒާނާގެ ކިތައް ޕަސެންޓް ދަވާލި؟

    6
    13
    • Anonymous

      މިސަރުކާރުން އެންމެ ޕަސެންޓެއްވެސް ދަވާނުލައި. އެހެނަސް ކުރިއަށްވުރެ އެތަށް ގުނަ ބޮޑު ބަޖެއް ކޮންމެއަހަރަކު ފާސްކޮށް ޚަޒާނާއިން އެފައިސާ ނަގާ ހުސްކޮށް ކޮންމެ އަހަރަކު ސަޕްލިމެންޓްރީ ބަޖެޓްހަދައި އެފައިސާވެސް ހުސްކުރޭ. އަދި ކޮވިޑޭ ކިޔައިގެންވެސް ބޭރުންލިބުނު އެތަށް އެހީއެއްނަގާފައިވޭ. މިއިން އެއްވެސް ފައިސާއެއް ވީތަނެއް ނޭނގޭ. ކޮށްދިން ކަމެއްނެތް. އަނގައޮތީމަ ވާހަކަ ދެއްކޭނެ ކޮންމެ މީހަކަށްވެސް.

      4
      1
  3. ސާމީ

    ގަބޫލު ކުރަން. 80% ވަރު ނުނިންމާ އޮންނަ ކަމެއް މިސަރުކާރަކަށް ނުކުރެވޭނެ.

    15
    2
  4. Anonymous

    ޝުކުރިއްޔާ ރައީސް ޔާމީން

    7
    2
    • ޢަލީ

      ކޮއިފުޅާ ތީޔާމީން ވެރިކަމުގައި ހުރިނަމަ ތިކަހަލަ އެތަށް ތަނެއް ލޮލަށް ފެނުނީށް. ކާވަރު ފެންނާނީ ކަލްކިއުލޭޓަރ އިންބަލަން އެނގޭމީހަކަށް 12.85ލިބުނު ޑޮލަރަށް ވީގޮތާ މިހާރުލިބޭވަރުބަލާލަބަލަ އަދި ވެރިންނައްކުރާ ހަރަދު ބަލާލަބަލަ ނެންގާކާލާ މިލިއަން ޑޮލަރާ ބިލިއަން ރުފިޔާ.

  5. ޑައިވަރޭ

    މިއީ ސަރުކާރުން ކުރި މަސަތްކަތެއް ނޫން، ވަކި ސަރުކާރަކަށް ކުރެޑިޓެއް ނުނެގޭނެ

    2
    3
  6. ސްނޭޕް

    ށުކުރިއްޔާ މިނިސްޓަރ އަދީބް

  7. Anonymous

    އެހެރީ ޕޮލިސް ފުލެޓްތައް ރައީސް ޔާމީން /70 ނިންމާފައި ހުރި ތަންތަން.
    ކޮންކަމެއް ކުރެވޭ ބައެއް.
    ހަމަ ހައްޕުޑު.
    އަސްލަމް އިސްތިއުފާ