މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކަރަންޓު ދިޔަ ސަރަހައްދުތަކުގެ ތެރޭގައި މައްޗަންގޯޅި ވެސް ހިމެނެއެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިކަމުގައި ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ.