ޕީޕީއެމްގެ ކައުންސިލް މެންބަރު މުއާޒް ހަލީމް އެކްސިޑެންޓްވުމުން އެހީތެރިކަން ފޯރުކޮށްދިން އެމްޓީސީސީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފިއެވެ.

މުއާޒު، އަނބިކަނބަލުން އަރުވައިގެން ސައިކަލުގައި ދަނިކޮށް އެކްސިޑެންޓްވީ ބްރިޖުމަތިންނެވެ. މުއާޒް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ވިއްސާރަވެ ތެމިފައި ވަނިކޮށް ބުރަކި ޖެއްސުމުން ކަމަށެވެ. އެކްސިޑެންޓްވީ ވަގުތު އެންމެ ކައިރީގައި އޮތީ އެމްޓީސީސީގެ ބަހެކެވެ. ސައިލުން ވެއްޓުނުތަން ފެނުމާއެކެ ބަހުގައި ތިބި އެމްޓީސީސީގެ މުވައްޒަފުން ވަނީ އެ ދެމަފިރިންނަށް އެހީވެދީފައެވެ.

"ބަހުގެ ޑްރައިވަރާއި، ކޮންޑަކްޓަރު އަދި އެވަގުތު ބަހުގައި ތިބި ހުރިހާ މުވައްޒަފުން ބަހުގެ ފަސްޓްއެއިޑް ބޮކްސްއާއެކު ވަގުތުން އަޅުގަނޑުމެންނަށް އެހީތެރިވި" އެކަން ހިނގައި ދިޔަގޮތް ފޭސްބުކް ގައި ހިއްސާ ކުރައްވަމުން މުއާޒް ވިދާޅުވިއެވެ.

އެކްސިޑެންޓެގެ ސަބަބުން ދެމަފިރިންނަށް މާބޮޑު އަނިޔާއެއް ނުވެއެވެ. ދެ މީހުންގެވެސް ހާލު ރަނގަޅެވެ. މުއާޒް ވިދާޅުވީ ހޮސްޕިޓަލަށް ގެންގޮސްދިނީވެސް އެމްޓީސީސީގެ މުވައްޒަފުން ކަމަށެވެ.

"ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީވެސް ހަމަ އެކުންފުނީގެ ވޭނެއްގައި" ހޮސްޕިޓަލުން ދޫކުރުމާއި ހަމަޔަށް އެ ކުންފުނީގެ މުވައްޒަފުންވެސް އެތަނުގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހީތެރިކަމެއް ބޭނުންތޯ ބެއްލެވި. ކުންފުނީގެ ޖެނެރަލް މެނޭޖާ އާއި އެޗްއޯޑީއަކާއި ސުޕަވައިޒާ ލެވެލްގެ ބޭފުޅަކުވެސް ހޮސްޕިޓަލުގައި މަޑުކުރެއްވި"

އެމްޓީސީސީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަމުން މުއާޒް ވިދާޅުވީ ފެނިގެން ދިޔައީ އެމްޓީސީސީގެ މުވައްޒަފުންގެ އޯގާތެރިކަން ކަމަށެވެ.

"މިކަމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނަށް ހިތުގެއަޑިން ޝުކުރު ދަންނަވަން"

ޓްވިޓާގައި، މުއާޒުގެ ޓްވީޓަށް ރިޕްލައި ކުރައްވަމުން އެމްޓީސިސީގެ ސީއީއޯ އާދަމް އާޒިމް ދެއްވީ މުވައްޒަފުންނަށް ހިތްވަރެވެ. "އެމްޓީސީސީގެ ހީވާގި މުވައްޒަފުން ދިޔަ ދެއްކެވި އޯގާތެރިކަމާއި ލޯތްބަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން" އާޒިމް ވިދާޅުވިއެވެ.

އެގޮތުގައި މުވައްޒަފުން އަބަދުވެސް ތިބެން އާޒިމް އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަނގަޅަށް ތިހީކުރީ

    ނިކަމެއްޗެއްނަމަ އެއްވެސް މީހަކު އަޅައެއްވެސް އަދި އޮއްސައެއްވެސް ނުލާނެ

    35
    4
  2. ޢެމްއޭ

    މުއާއަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ޢެކްސިޑެންޓްވެ ކަހާލައިގެން އެމްޓީސީ ސީގެ ބަހުގައި ޖެހުމުން އެމީހުންނަށް ބަސްދޫކޮށް ދާކަށް ނުކެރުނެވެ. ޢެކަމުގައި އެންމެ ބޮޑަށް މުއާޔަށް އެހީވި ފުލުހުން އަޅުގަނޑަށް އެނގެއެވެ. ކަންހިނގި ވަގުތު އެއަރޕޯރޓައް ޑިއުޓީ އަށްދިޔަ ފުލުހުންވެސް އެތަނަށް ފައިބާ ތިކަނބަލުންނަށްއެހީވިއެވެ. ކުލައެއްޗެއްލައިގެން މުއާ ފައިގަ މަލަން އަޅަން އުޅުނީވެސް އެއަރޕޯރޓް އެކްސިޑެންޓް ތަކުގައި އަޅުގަނޑާ މީގެކުރިން ދިމާވި ފުލުހެކެވެ. ޢެހެންވީމަ މުއާއަށް ސުކުރު އަދާކޮށްލަމެވެ.

    26
  3. މަޒް

    އެވެސް ޔާމީނުގެ ހެޔޮފުޅުކަމޭ ވީދޭ..

    5
    2